ހައިޓީ ކޮޅަށް ދެ ލަނޑު ޖެހި ބްރެޒިލްގެ ފޯވަޑް މެތެއަސް ކޫނާ އުފާ ފާޅުކުރަނީ

ފަސޭހަ މޮޅަކާ އެކު ބްރެޒިލް ގްރޫޕްގެ އެއްވަނައަށް

މޮރޮކޯ ވެސް މޮޅުވެ ހަތަރު ޕޮއިންޓުން އެއްވަރުވެފައި ވުމާ އެކު ގްރޫޕްގެ ފަހު ދެ މެޗުގެ ވާދަވެރިކަން މި ވަނީ ބޮޑުވެފައި
1 ގަޑިއިރު ކުރިން

މެތެއަސް ކޫނާގެ ދެ ލަނޑާއި ވިނީޝިއަސް ޖޫނިއާގެ ލަނޑުން ފުރަތަމަ ހާފުގައި ހޯދި ލީޑު ދަމަހައްޓައި، 3-0އިން ހައިޓީ ބަލިކޮށް ގްރޫޕް ސީގެ އެއްވަނައަށް ބްރެޒިލް މިއަދު އަރައިފި އެވެ.

ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ނުކުޅެވި މޮރޮކޯއާ އެއްވަރުވުމުން މި މެޗާ މެދު ބްރެޒިލްގެ އުއްމީދު އޮތީ ބޮޑުވެފަ އެވެ. އެހެންކަމުން މިއީ މި ވަގުތު ބްރެޒިލްއަށް ހިތްހަމަޖައްސާލެވެން އޮތް ނަތީޖާއެކެވެ.

ރޭ ސްކޮޓްލެންޑް އަތުން 1-0 އިން މޮރޮކޯ މޮޅުވުމާ އެކު ބްރެޒިލް އާއި މޮރޮކޯ ވަނީ ހަތަރު ޕޮއިންޓުން އެއްވަރުވެފަ އެވެ. އެކަމަކު ފައިދާ ތިން ގޯލާ އެކު އެއްވަނާގައި އޮތީ ބްރެޒިލް އެވެ.

ގްރޫޕްގެ ފަހު ދެ މެޗު އެއްވަގުތެއްގައި ކުޅޭ އިރު މިއީ ވަރަށް ވާދަވެރި ހިފުމަކަށް ވާނެ އެވެ. ސްކޮޓްލެންޑް ވެސް ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާފައި ވުމާ އެކު ގަދަ 32ގެ ޖާގަ އަދި ނުގެއްލެ އެވެ.

ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ސްކޮޑްލެންޑާ ދެކޮޅަށެވެ. މޮރޮކޯ ކުޅޭނީ މިހާރު މުބާރާތުން ކަޓާފައިވާ ހައިޓީއާ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް