ސްޕޯޓްސް ކޮމިޝަނަރު ތޮލާލް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)
އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން ކޮމިޝަނަރު އަންގައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު ހުއްޓާލަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - އެފްއޭއެމްގެ ހިނގާ ކޮމެޓީގެ ގިނަ މެންބަރުންތަކެއް އިސްތިއުފާދީ، އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދަނިކޮށް އިންތިހާބު ހުއްޓާލަން ސްޕޯޓްސް ކޮމިޝަނަރު އަންގަވާފައިމިވަނީ އެ އިދާރާގެ ހިންގުމުގެ ކަންތަކާ ގުޅޭ މައުލޫމާތު ސްޕޯޓްސް ކޮމިޝަނަރާ ހިއްސާ ކުރަން އެދުމުން ވެސް އެ މައުލޫމާތު ހިއްސާ ނުކޮށް އޮއްވަ އެވެ.
ތަފްސީލް - އެމަކާ ގުޅޭގޮތުން ސްޕޯޓްސް ކޮމިޝަނަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެފްއޭއެމްގެ ފަސް މެންބަރަކު އިސްތިއުފާ ދީ ފޮނުވާފައިވާ ސިޓީތަކުގެ ކޮޕީ ލިބިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ؛
-
އޭގެތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނީ މި މަހުގެ 15ގައި ކަމަށް
-
އަނެއް ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކު އިސްތިއުފާ ދިނީ ސެޕްޓެމްބަރު 16ގައި އަދި އަނެއް މެންބަރަކު އިސްތިއުފާ ދިނީ އޮކްޓޯބަރު ފަސް ގައި ކަމަށް
-
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވެސް ނޮވެމްބަރު 24ގައި އިސްތިއުފާ ދީފައިވާ ކަމަށް
އެފްއޭއެމްގެ ހިންގާ ގަވައިދުގެ ދަށުން އެ މަގާމަށް މެންބަރަކު އައްޔަނު ކޮށްފައި ނުވާ ކަމަށާއި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިހާބު އިއުލާނު ކޮށްފައިވާ ތާރީހާއި މެންބަރުން އިސްތިއުފާ ދީފައިވާ ތާރީހުތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކޯރަމް ގެއްލިފައިވާތީ އެ އެސޯސިއޭޝަނުން ކަންކަން ކުރިއަށް ގެންދަނީ ހިންގާ ގަވައިދާ ހިލާފަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސްޕޯޓްސް ކޮމިޝަނަރު އަންގަވާފައިވަނީ، އެފްއޭއެމްގެ ކަންތައް އިތުރަށް ކުރިއަށް ގެންދިޔުމަށް ފީފާ އާއި އޭއެފްސީ އަދި ރާއްޖޭގެ އޮލިމްޕިކް ކޮމެޓީއާ މަޝްވަރާކޮށް ގޮތެއް ނިމެންދެން އިންތިހާބުގެ ކަންތައް ހުއްޓާލުމަށެވެ.
ފާހަގަ ކުރެވޭ - އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު އެ އިދާރާގެ ރައީސް ކަމަށް ކުރިމަތިލާ އިދާރާގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާއި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) ވެސް ވަނީ ފޯމު ހުށަހަޅައިފަ އެވެ.
ކޮމެންޓް (1)
ޝިނޯ