ފުވައްމުލަކު ތުނޑި (ކ) އަދި އައްޑު އަތޮޅު ހިތަދޫ އީދިގަލި ކިޅި: މި ފޮޓޯތަކުން ފެންނަނީ ގުދުރަތީ މާހައުލެއްގެ ހެކިތަކެވެ. މިއީ ރާއްޖޭގެ ރަށްރަށުން އާންމުކޮށް ފެންނަ ގުދުރަތީ ސިފަތައް ކަމުން، 'ސިޓީ' ގެ ބަދަލުގައި 'އަތޮޅު' ނުވަތަ 'ރަށް' ބޭނުންކުރުން ރާއްޖޭގެ ވެށްޓާ މާގުޅެ އެވެ. (ފޮޓޯ/ އަލީ ރަފީގް)

ކިޔުންތެރިންގެ ހިޔާލު

ސިޓީ ކައުންސިލްތަކާ އެކު ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ނަމަށް މިއަންނަ ބަދަލާމެދު ބުނަނީ ކީކޭ؟

21 އޮކްޓޯބަރު 2025
6
'އަތޮޅު' މިއީ އިނގިރޭސި ބަހަށް ވަދެފައިވާ އެންމެ މަޝްހޫރު ދިވެހި ބަސް ނަމަވެސް، ސިޔާސީ ބޭނުމަށް ރަށްތަކާއި އަތޮޅުތައް 'ސިޓީ' ތަކަށް ބަދަލުކުރަމުން ދިއުމުން މި ތާރީޚީ ލަފުޒު ބޭނުން ކުރުން މަދުވެ، ދިވެހިރާއްޖެ ގުދުރަތީ ރީތިކަމާއި ޖަޒީރާ ގައުމެއްގެ ސިފަ ލިޔެ ކިއުމުން ގެއްލިގެންދިއުމުގެ ފުރުސަތު ބޮޑު

ސިޓީ ކައުންސިލްގެ ވާހަކައަކީ މިހާރު ގިނަ ބަހުސްތަކެއް ކުރެވެމުންދާ މައުލޫއަކަށް ވެފައިވާއިރު، ބައެއް އަތޮޅުތަކާއި ރަށްތައް 'ސިޓީ'ގެ ގޮތުގައި ގިންތިކޮށް ނުވަތަ ނަން ބަދަލުކުރަން ޖެހޭތޯ މިއީ ސުވާލުކޮށްލަން ރަނގަޅު ވަގުތެކެވެ.

ދުނިޔޭގައި މަޝްހޫރުވެފައިވާ 'އަތޮޅު' މި ލަފްޒަކީ، އިނގިރޭސި ބަހުގައި ހިމެނޭ ހަމައެކަނި ދިވެހި ލަފުޒެވެ. 

  •  1625 ވަނަ އަހަރު  އިނގިރޭސި ބަހުގައި 'އަތޮޅު' ފުރަތަމަ ބޭނުންކުރެވުނު ކަމަށް އޮކްސްފޯޑް ޑިކްޝަނަރީގައި ފާހަގަކޮށްފައިވެ އެވެ.

  • އަތޮޅަކީ ދިވެހިރާއްޖެ ފަދަ އަތޮޅުތަކުން އެކުލެވިފައިވާ ޖަޒީރާ ގައުމުތަކުގެ ގުދުރަތީ ސިފަ ދުނިޔެއަށް ތައާރަފުކޮށްދިން ލަފުޒެކެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު 'އަތޮޅު' ލަފުޒަކީ ދުނިޔޭގެ ހުރިހާ ސައިންސް ފޮތްތަކާއި ޖިއޮގްރަފީ ދިރާސާތަކުގައި ބޭނުންކުރާ ބަހެކެވެ. މިއީ ދިވެހިރާއްޖެއިން ދުނިޔެއަށް  ދީފައިވާ އެންމެ ފާހަގަކޮށްލެވޭ ހަދިޔާ އެވެ.

ނަމަވެސް ސިޔާސީ ސަބަބުތަކަށްޓަކައި، ބައެއް ރަށްރަށާއި އަތޮޅުތައް ސިޓީގެ ގޮތުގައި 2011 ގައި ކަނޑައަޅަން ފެށި ފަހުން މިހާރު އަތޮޅާއި ރަށްރަށުގެ އާންމު ނަން ވެސް މިވަނީ ބަދަލުވެފަ އެވެ. މިހާރު އުފައްދާފައިވާ މަޝްހޫރު ސިޓީތަކަކީ އައްޑޫ ސިޓީ (2011)، ފުވައްމުލައް ސިޓީ (2016)، ކުޅުދުއްފުށި ސިޓީ (2020) އަދި މި ސަރުކާރުގައި ކަނޑައެޅި ތިނަދޫ ސިޓީ އެވެ.

ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކަށް 'ސިޓީ' ކިއުމުގެ ބަދަލުގައި 'އަތޮޅު' ނުވަތަ 'ރަށް' ބޭނުންކުރުމާމެދު ދެކޭގޮތް؟

Thank you for voting Poll closes on 26 Oct 2025 12:00 AM Final Results

އައްޑު އަތޮޅަށް މިހާރު އާންމުކޮށް އައްޑޫ ސިޓީއޭ ކިޔާއިރު، ކުޅުދުއްފުއްޓަށް ކުޅުދުއްފުށި ސިޓީއޭ ކިޔަމުން ގެންދެ އެވެ. ފުވައްމުލަކަކީ ވެސް މިހާރު އާދައިގެ ވާހަކަތަކުގައި ވެސް ފުވައްމުލަކު ސިޓީއޭ ކިޔާ ތަނަކަށް ވަނީ ވެފައި އެވެ.

  • އާންމު ގޮތެއްގައި ސިޓީތަކާ ގުޅިފައިވަނީ ބޮޑު އާބާދީ އާއި އުސް އިމާރާތްތަކާއި ޕޮލިއުޝަން އަދި ބޮޑެތި ރަށްރަށުގެ ސިފަތަކެވެ. އިނގިރޭސިވިލާތުގެ ލަންޑަނަކީ 9 މިލިއަން މީހުން ދިރިއުޅޭ ކާރޫބާރު ބޮޑު ތަނެކެވެ. ހަމަ އެގޮތަށް ކޮލަމްބޯ، ކުއާލަލަމްޕޫރު ނުވަތަ ޓޯކިޔޯއަކީ ވެސް ސިޓީތަކެވެ. ނަމަވެސް އާންމުކޮށް ވާހަކަ ދައްކާއިރު ނުވަތަ ލިޔާއިރު ކޮންމެ ރަށެއްގެ ނަމުގެ ފަހަތުގައި 'ސިޓީ' މި ލަފުޒު ނުހިމަނަ އެވެ. ހިމަނާކަށް ނުވެސް ޖެހެ އެވެ.

ރާއްޖެއަށް ބަލާއިރު، ރަށްރަށާއި އަތޮޅުގެ ނަމަށް ސިޓީ އިތުރުކުރުމުން  ސިފަކުރެވޭ މަންޒަރު ރީއްޗެއް ނޫނެވެ.

އެއް ސަބަބަކީ ސިޓީ ކިޔުމުގެ މަފްހޫމުގައި ގުދުރަތީ ރީތިކަމާއި ޖަޒީރާ ވަންތަކަމުގެ މާނަ ނެތުމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރަށްތަކާއި އަތޮޅުތަކަށް ސިޓީއޭ ކިޔަންވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އިދާރީ އަދި މުނިިސިޕަލް ބޭނުމަކަށްޓަކައި އަތޮޅާއި ރަށްތައް ބައިކުރާ ނަމަ އަތޮޅު ނުވަތަ ރަށު ކައުންސިލް ކިއުން ވެސް މާ ރަނގަޅެވެ.

  • އަޅުގަނޑުމެން ރަށްތަކާއި އަތޮޅުތައް، ސިޓީތައް ކަމަށް ލޭބަލްކޮށް ކުރިއަރުވާ ނަމަ، 'އަތޮޅު' ލަފުޒު ގެއްލިގެންދާނެކަމުގެ ބިރު ބޮޑެވެ. 'އަތޮޅު' މިއީ ދިވެހި ތަރިކައެކެވެ. މީގެ އިތުރަށް، ދިވެހިރާއްޖެ ގުދުރަތީ އަދި ރީތި ޖަޒީރާ ގައުމެއްގެ ގޮތުގައި ދުނިޔޭގައި ޕްރޮމޯޓްކޮށް މާކެޓްކުރާއިރު، އަތޮޅުތަކާއި ރަށްތަކަށް ސިޓީއޭ ކިޔުމުން  އަތޮޅާއި  ޖަޒީރާގެ ބްރޭންޑަށް ނޭދެވޭ އަސަރުކުރާނެ އެވެ. 

ސިޓީއެއްގެ ދަރަޖަ ބައެއް އަތޮޅާއި ރަށްރަށަށް ދީފައިވީ ނަމަވެސް އާންމުކޮށް ވާހަކަ ދައްކާއިރު އަދި ލިއުމުގައި ވެސް ބޭނުންކުރަންވީ އެންމެ ރީތީ، ޒަމާންވީ އަދި ދިވެހި ތާރީޚާއި ސަގާފަތާ ގުޅިފައިވާ އަތޮޅު ނުވަތަ ރަށް ނޫން ބާވަ އެވެ؟ މިކަމާ މެދު ދެކޭ ގޮތް މި ފޯރަމުގައި ހިއްސާ ކުރެއްވުމަށް ފުރުސަތު ހުޅުވާލަމެވެ.

ހިޔާލު ފޮނުވުމަށް ބާކީ

ދުވަސް

:

ގަޑި

:

މިނެޓު

ހިޔާލުތައް

ސިޓީބިޓީ

22 އޮކްޓޯބަރު 2025

17:20

ސިޓީ އަކަށް ސިޓީ އެއް

ސިޓީއެއް މިލިޔަނީ ކުދި ޖަޒީރާ ރަށްރަށަށް، އަދި އަތޮޅަކަށް ސިޓީ އޭ ކިޔާތީ އެވެ. އައްޑޫ ސިޓީ ނުވަތަ ކުޅުދުއްފުށި ސިޓީ ނުވަތަ މާލެ ސިޓީ ކިޔާކަށް ނުފެނެ އެވެ. އައްޑޫ ނުވަތަ އައްޑު އަތޮޅު ކިއުން މާ އައުލާކަން ބޮޑެވެ. ކުޅުދުއްފުށި ސިޓީ ގެ ބަދަލުގައި ކުޅުދުއްފުށި އެވެ. އެހެން ރަށްތައްވެސް އެގޮތަށެވެ. މައްސަލައަކީ ސިޓީ އަކީ އަހަރެމެންގެ ވެއްޓާ ، ސަގާފަތާ ގުޅުމެއް ނެތް އެއްޗެކެވެ. ސިޓީއަކީ ސިޔާސީ ބަޔަކު އާންމުންގެ ބޮލަށް ޗިޕް ޖަހަންވެގެން އުފަންކުރުވި ނަންފިލާ ގަނޑެކެވެ. ވަރަށް ބޮޑަށް 'ތަރައްގީ' ވެފައިވާކަން ދެއްކުމަށް އުފެއްދި ނަންފިލާގަނޑެކެވެ. 

މީގެ އިތުރަށް އިދާރީ ބޭނުމަކު ސިޓީ ކައުންސިލެއް އުފެއްދިޔަސް އެ ކައުންސިލް ނިސްބަތްވާ ރަށަށް ނުވަތަ އަތޮޅަށް ސިޓީ ކިޔާކަށް ނުޖެހެ އެވެ. މިއީ އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ. ސިޓީ މި ބަސް ބޭނުންކޮށްގެން އެ ރަށެއްގެ އަސްލު ނަން ކިލަނބު ނުކުރާށެވެ.

0 0

ކުޅުދުއްފުށީ ކުއްޖެއް

22 އޮކްޓޯބަރު 2025

02:03

ރަނގަޅު ވާހަކަ އެއް. އެފަދަ ތާރީޚީ ބަސްތައް ނެތިގެއްލެމުން ދާތީ އަޅުގަނޑުވެސް ދެރަވޭ!
އެކަމަކު ކުޅުދުއްފުށި ސިޓީގެ ބަދަލަށް ކުޅުދުއްފުށި އަތޮޅެކޭ ނުކިޔޭނެދޯ؟ އެހެންނެއް ނޫން، "ހދ. ކުޅުދުއްފުށި ސިޓީ" ކީދާނެ ކަންނޭނގެ؟ ނޫންތަ؟

0 0

މާހިރު

21 އޮކްޓޯބަރު 2025

14:32

ކޮބާ މާލެ ސިޓީ؟

ސިޓީ ތަކާއި ބެހޭ ގޮތުން މޮޅު ލިޔުމެއް ނިންމާލި އިރު ވެސް މާލެ ސިޓީގެ ނަން ވެސް ގެންނާކަށް ނުކެރުނު......
ވެގެން އުޅޭ ގޮތް އެބަ ސާފުވޭ އެހިސާބުން....

0 0

ސކ.މާލެ

21 އޮކްޓޯބަރު 2025

12:17

ސިޓީ ކީމާ ދިވެހިވަންތަ ކަން ގެއްލޭ

މީން ޒަމާނަކު ނުދެކެން މިހާ މޮޅު ވިސްނުން ތަނަވަސް އިންޓެލިޖެންޓްލީ ލިޔެފަ އޮތް އާޓިކަލްއެއް. އަހަރުމެން ދިވެހިން ވިސްނާލަން މުހިންމު ވަރަށް ގިނަ ޕޮއިންޓްސް އެބަހުރި. ސިޓީއަކި ހަގީގަތުގަ ވެސް އެހެން ބުނީމާވެސް މީހުން ފޫހިވާ ނަމެއް. ކާރޫބާރޫ ބޮޑު ޕޮލިއުޝަން ކްރައިމް ރޭޓް ޓްރެފިކް ކޮންޖެޝަން މިކަހަލަ ހުރިހާ ނެގަޓިވް ކަންތައްތައް އެސޯސިއޭޓް ކުރެވޭ ނަމެއް. ރާއްޖެކަހަލަ ހަމަ ހިމޭން ރީތި ގޮނޑުދޮއް ތަކާ މޫދާ ކަނޑުތައް ޕްރޯމޯޓް ކުރަން އެއްގޮތަކަށްވެސް ކަމުދާ ނަމެއް ނޫން. އަތޮޅު ނުވަތަ އެޓޯލް ކިހާ ރީތި. އަދި ރާއްޖެއަށް ކިހާ ޔުނީކް ފަހުރުވެރި ބަހެއް؟ ސިޓީ ގެ ދަރަޖަ ދިނަސް ލިޔުންތެރިޔާ ބުނާހެން ކޮންމެ ނަމެއްގެ ފަހަތަށް ސިޓީލާފަ ކިޔާކަށް ނުވެސް ޖެހޭ. އައްޑޫ އަތޮޅ، ކުޅުދުއްފުށި، ތިނަދޫ ފުއައްމުލަކު މިހެން ކިޔަންވީ. ސިޓީގެ ދަރަޖަ އޮވެދާނު ގާނޫނުގަ! 

0 0

ދުވީޕު

21 އޮކްޓޯބަރު 2025

07:14

ތިޔައީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް ނަސްލާއި ތާރީހު އޮޅުވާލާ ތަންތަނުގައި ހިނގާނީ ތިޔަކަހަލަ ކަންކަމެވެ. މިއިން ރަށަކަށް ކިޔާ އެއްވެސް ނަމެއްގެ މާނަ އެނގޭ މީހަކު އުޅޭ ބާވައެވެ؟ ރަށްރަށުގެ ނަމުގެ ފަހަތަށް މިއަންނަ ދޫ މިއީ ކޯޗެއް ކަން އިނގޭ މީހަކު އުޅޭ ބާވައެވެ؟ ހުވަދޫ، ނޮޅިވަރަމް، ހުޅުދޫ މިއިން އެއްވެސް ބަހަކީ ކޯޗެއްކަން އިނގޭ މީހަކު އުޅޭ ބާވައެވެ؟ ދިވެހި، މި ލަފުޒުގެ މާނައަކީ ކޮބާ ހެއްޔެވެ؟ މޯލްޑިވްސް (މަލަ ޑުވީޕު) އަކީ ކޯޗެއްކަން އެނގޭ މީހަކުވެސް އުޅޭ ބާވައެވެ؟ ނޭނގޭ އެއްޗެއް ދިރުވައި ހިފަހައްޓައި އަޅާލައި ހަދާނެ މީހަކު އުޅޭނެ ބާވައެވެ؟ ތިކި ތަޅާފައި ކޮންމެވެސް އަރަބި ލަފުޒެއް ކިޔައިފިއްޔާ އެކަމާއި އެހާ ހާސްވާނެ މީހަކު ނޫޅޭނެ ދޯއެވެ؟ ސިޓީ ނުކިޔައި އައްޑޫ މަދީނާ އޭ ކިއި ނަމަ ވެސް މިކަހަލަ ވާހަކަ ދައްކާނެ ބާވައެވެ؟

0 0

ގެނަން

21 އޮކްޓޯބަރު 2025

06:47

އާޓިކަލް

ތީ ނަޝީދު ކޮށްފަ ހުރި ކޮަސްތައް. މިޖެހެނީ ފަނަރަ އަހަރު ފަހުން ވެސް އޭގެން ސަލާމަތްނުވެގެން އުޅެން. (ރަނގަޅެއް ނެތް ވާހަކައެއްވެސް ނޫން)

0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް