ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންނަށް ރަސްމީ ހިތާބެއް ދެއްވަނީ: ވެރިކަން ދޫކުރައްވަނީ ހިޔާނާތާ އެއްކޮޅު ބޭފުޅެއްގެ ގޮތުގައި (ފޮޓޯ/ރައީސް އޮފީސް)

ރައީސް ސޯލިހު އެ ޖެއްސެވީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ތިއްބެވި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތަށް ރައީސް ސޯލިހު ދެއްވި މައާފަކީ، އަމިއްލަ ނަންފުޅު ހަރާބުކުރެއްވުން
14 ނޮވެމްބަރު 2023
32

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު އެ ހުންނެވީ މިނިވަންވެވަޑައިގެންފަ އެވެ. 

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ފަޅާއެރި އެންމެ ބޮޑު ހިޔާނާތުގެ މައި މުގޫ، އެންމެ އަށް އަހަރުގެ ތެރޭގައި މިނިވަންވެ، މުޖުތަމައުގެ ތެރެއަށް ނުކުންނެވޭނެ ގޮތް ވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިއްޔެ ދިވެހިންގެ މޫނުމަތީގައި ޖެއްސެވި އެތިފަހަރާ އެކުގަ އެވެ؛ އަދީބަށާއި އޭނާއާ އެކު ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ފޭރިގަތް އަނެއް ބައިވެރިވާ އަބްދުﷲ ޒިޔަތަށް މައާފު ދެއްވީ އެވެ.

ހިތްހެޔޮ ރައީސެއްގެ ގޮތުގައި ގިނަ ބަޔަކު ދުށް ރައީސް ސޯލިހުގެ ނަންފުޅު ހަރާބުވީ އެވެ. އަމާނާތްތެރިއެއްގެ ގޮތުގައި ދައްކަވަން މަސައްކަތްކުރެއްވި ރައީސެއްގެ ޝަހުސިއްޔަތު ކިލަނބުކޮށްލެއްވީ އެވެ. 

ރައީސް ސޯލިހު ތާރީހަށް، އަމިއްލަފުޅަށް އެ ވެންނެވީ، ދިވެހި ރައްޔިތުންގެ ފައިސާ ފޭރުމަކީ މައްސަލައެއް ނޫން ކަން ގަބޫލުކުރެއްވި ރައީސެއްގެ ގޮތުގަ އެވެ.

މިއީ ކުށްވެރިންނަށް މައާފު ދެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތަސް، އެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ނަމޫނާ މިސާލެކެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ކޯޓުން ނުކުންނެވި ވަގުތެއްގައި: މިހާރު އެއީ މިނިވަނެއް

އަދީބާއި ޒިޔަތު ކުރެއްވި ވައްކަމަކީ، ނުވަތަ އެއަށް ވުރެ ގޯސްކޮށް ސިފަކުރާ ނަމަ ފޭރުމަކީ ދުނިޔޭގައި އެހާ ތަނަށް ވެސް، އަދި މިހާތަނަށް ވެސް ނުހިންގާ ވަރުގެ ކުށުގެ އަމަލެކެވެ. އެއީ އެއްވެސް ގައުމެއްގައި އެ ގައުމުގެ އާމްދަނީއަށް ވަންނަން ޖެހޭ އެއްޗެއް އެ ހުރި ގޮތަށް ފޭރިގެންފައެއް ނުވެ އެވެ. އާންމު ކޮރަޕްޝަނަކީ، ދިވެހިންގެ ބަހުން ނަމަ، ކަޓު ނެގުމެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތް މުޅި ދުނިޔެއަށް ވެސް އާ ކަމަކަށް ވަނީ، ދައުލަތަށް ވަން އާމްދަނީ ވެސް އަމިއްލައަށް ބޭނުންކުރުމެވެ. އޭގެ އިތުރުން އެ ރަށްރަށާއި ފަޅުތައް ކުއްޔަށް ދީގެން ފަހަތުން ހިންގެވި ކަޓް ނެގުން ވެސް ހަމަ އޮތީ އެވެ.

މިއީ ކުޑަކުޑަ ކުށްތަކެއް ނޫންކަން، ނުވަތަ ރައީސަށް އެހާ ފަސޭހައިން މައާފު ދެއްވޭނެ ކުށެއް ވެސް ނޫންކަން، ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމް، 14 ޖުލައި 2020ގައި ދެއްކެވި ވާހަކައިން އެކަނި ފުދެ އެވެ. އަދީބުގެ މައްޗަށް އޭރު އުފުލި ހިޔާނާތުގެ ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން ބޭރުކޮށް އޭނާ މިނިވަންކުރުމުން، ވަގުތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ، އަޅުގަނޑުގެ ސިފަކުރުމުން ނަމަ، 'ދިވެހި ރައްޔިތުން އަދި ހާސްވާނެ ކަމެއް ނެތެވެ، 800 އަހަރުގެ ހުކުމެއް އަންނަ ވަރުގެ ހެކި ވެސް އަދީބާ ދެކޮޅަށް އެބަ ހުއްޓެވެ'، މިހެންނެވެ.

ޝަމީމްގެ އަސްލު ވާހަކައަށް ޖެހިލަމާ ހިނގާށެވެ:

"އަދީބުގެ އިއުތިރާފު ބަޔާނާ ނުލައި ކުރިއަށް ގެންގޮސްގެން ކުރާނެ 150 އަށް ވުރެ ގިނަ ދައުވާ އެބަ ހުއްޓޭ. މިއީ ޑޮކިއުމެންޓްރީ އެވިޑެންސްގެ ވާހަކަ. އެ ދައުވާތައް ސާބިތުކޮށް ދެވިއްޖެއްޔާ 800 އަހަރުގެ ހުކުމް އަންނަ ވަރުގެ ލިޔެ ކިޔުން އަޅުގަނޑުމެންގެ އަތުގައި އެބަހުރި."

ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އަދީބުގެ މައްޗަށް ގިނަ ހެކިތަކެއް ހުރި ކަމަށް އޭރު ވިދާޅުވި (ފައިލް ފޮޓޯ/ ޕީއެސްއެމް)

ކްރިމިނަލް ކޯޓުން އަދީބުގެ ދައުވާތައް ބޭރުކުރި އިރު، ދައުލަތާ އެކު އޭނާ އޮތީ އިއުތިރާފްގެ އެއްބަސްވުމެއް ހައްދަވައިފަ އެވެ. ކުށްތަކަށް އެއްބަސްވުމުން އަންނާނެ ހުކުމް ކުޑަކުރުމުގެ އެއްބަސްވުމެކެވެ. އެންމެ ފަހުން އޭނާއަށް އައީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި ހުކުމެއްގެ ތިން ބައިކުޅަ އެއްބައި ފުރިހަމަވެފައިވާ މީހުންނަށް މައާފު ދެއްވިދާނެ އެވެ. އަދީބު 2015ގައި ހައްޔަރުކުރި ގޮތަށް ބަންދުގައި ހުންނަވާތާ އަށް އަހަރު ވެއްޖެ އެވެ. އެހެންކަމުން މައާފު ދިނުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ބަލަމާ ހިނގާށެވެ.

އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ އަމަލެއް ގާނޫނެއްގެ ތެރެއިން ބަނދެފައި އޮންނާކަށް ނުޖެހެ އެވެ. އޭގައި އެތިކްސް އާއި މޯރަލް އަގުތަކެއް ވެސް އެހާމެ ބޮޑުކޮށް އޮވެ އެވެ. އެއީ ލިއެފައި ނެތް ސިފަތަކެއް ނަމަވެސް، ރައީސެއްގެ ނަމުގެ ބަރުދަން ބަލާ ނަމަ، އެންމެ ބޮޑަށް ނެގޭނީ ވެސް އެ ސިފަތަކެވެ.

އަދީބާއި ޒިޔަތަށް ރައީސް ސޯލިހު މައާފު ދެއްވި ހަބަރާ އެކު، އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅަކަށް އަޅުގަނޑު މެސެޖްކުރީމެވެ؛ އަދީބުގެ މައްސަލާގައި ރައީސް މި ޖެހީ ކޮން ސަކަރާތެއް ހެއްޔެވެ؟ އޭނާގެ ފުރަތަމަ ޖަވާބަކީ 'ނޭނގެ އެވެ." ދެން ލިއުއްވީ 'ބަލާއެއް' ކަމަށެވެ.

އަޅުގަނޑު ބުނީ "ނަންފުޅު ހުތުރުވީ އިނގޭ އެވެ'، 'ދެން އެޔަކުން، ތާރީހުން ނުނައްޓާނެ' ކަމަށެވެ.

"އެއްބަސްވަމެވެ،" އޭނާ ލިއުއްވި އެވެ.

ވެރިކަން ނިންމަވާފައި ގެއަށް ވަޑައިގަންނަވާ އިރު ދިވެހި ރައްޔިތުން ރުޅިއެރުވުމަށް ވުރެ ރީތި ގޮތެއް ރައީސް ސޯލިހަށް ފެނިވަޑައިނުގަތީ ހެއްޔެވެ؟

އަދީބު (ވ) އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު: މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައި ދެ ބައިވެރިން

ދިވެހި ރައްޔިތުންގެ ހައްގުން 1.4 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހިޔާނާތެއް ހިންގުމުގެ އެންމެ އިސް ދެ ބައިވެރިން، އެންމެ އަށް އަހަރުގެ ތެރޭގައި މިނިވަންކުރައްވައިގެން، ވެރިކަމުގެ ފަހު ހަތަރު ދުވަހު، ރައްޔިތުންގެ މޫނުމަތީގައި އެތިފަހަރެއް ޖެއްސެވުމަށް ވުރެ ރަނގަޅު ހަދިޔާއެއް އަތްޕުޅުގައި ނެތީ ހެއްޔެވެ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، އެކަން ނުކުރެއްވުނު ތަނުގައި، އޭގެ މައި ދެ ހިޔާނާތްތެރިންނާ މެދު ރައީސްގެ ހިތްޕުޅުގައި ހަމްދަރުދީ އުފެއްދީ ކޮން ސަބަބެއް/ސަބަބުތަކެއް އޮވެގެން ހެއްޔެވެ؟

އެތައް ސުވާލެކެވެ. އެތައް ހިޔާލެކެވެ. އެތައް އިހުސާސްއެކެވެ.

ނަމަވެސް ރައީސް ސޯލިހުގެ ހިތްޕުޅުގައި، މި މައްސަލާގައި، ރައްޔިތުންނާ މެދު ލޯތްބެއް ނެތެވެ. އެއާ އެކު، އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރައްޔިތުންގެ ހައްގެއް ސީދާ ފޭރިގަތުން ކަމަށް ދެކޭ ދިވެހިންނަށް މި ވަގުތު ރައީސް ސޯލިހަށް ވުރެ ބޮޑު ދުޝްމަނެއް ވެސް ނުހުންނާނެ އެވެ.

ރިިޔާސީ އިންތިހާބުން ބަލިވެވަޑައިގަތަސް، ވަރަށް ގިނަ ބައެއްގެ ހިތުގައި ރައީސް ސޯލިހާ މެދު އޮތީ ލޯތްބެވެ. އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ހިތްތިރިކަމާއި ސިޔާސީ ރުޅި ދެއްކެވުން ނެތުމަކީ، ބަލައިގަތް ސިފަތަކެކެވެ.

ނަމަވެސް އިއްޔެއާ ހަމައަށެވެ.

މިއަދު އެއްބަސްވާން ޖެހެނީ ރައީސް ސޯލިހަކީ ހިޔާނާތާ ދެކޮޅު ބޭފުޅެއް ނޫން ކަމަށެވެ. ހިޔާނާތުން ދައުލަތް ސަލާމަތްކުރަން މަސައްކަތްކުރެއްވި ބޭފުޅެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއްބަސްވާން މިޖެހެނީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަދީބުގެ ރިޝްވަތުގެ ދާ ފަތުރާލާފައި އޮތް އިރު، އެމްޑީޕީގެ ތެރޭގައި އެ ފައިސާ އަނބުރަން އޭރު ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ބޭނުންކުރެއްވިކަމުގެ އަޑުތައް ރަނގަޅުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ރެހެންދި އިމާރާތުގައި އަދީބު އުޅުއްވި އެޕާޓްމަންޓަށް މެމްބަރުންނާއި ފަނޑިޔާރުންނާއި ދައުލަތުގެ އެހެން ބައެއް ވެރިން އާންމުކޮށް ވަޑައިގަންނަވަ އެވެ. ޖީބަށް ނޭޅޭވަރުގެ ފައިސާ ބޮނޑިތައް ހިފައިގެން އެ އެޕާޓްމަންޓުން ބައެއް މީހުން ނުކުންނަނީ ދަބަހަށް އަޅައިގެންނެވެ.

ރައީސް ސޯލިހުގެ ފޮޓޯ ނެންގެވުން:  ހިތްހެޔޮކަމާއި މަޑުމައިތިރިކަމާ ހެދި ގިނަ ބަޔަކު ވީ ލޯތްބަށް، އިއްޔެގެ މައާފުން އަސަރުކުރާނެ (ފޮޓޯ/އެމްޑީޕީ)

ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް 2015ގައި އިތުރުކުރި ބާބު ފާސްކުރަން، އެމްޑީޕީގެ އޭރުގެ ބައެއް މެމްބަރުންނަށް އަދީބު ފައިސާ ދެއްވިކަމުގެ އަޑުތައް ވަރަށް ބޮޑަށް އެރި އެވެ. އެފައިސާ ބަހަން ހަވާލުކުރީ އޭރު އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫއަށޭ ކިޔައިގެން އެރި އަޑުތައް ވެސް ރައްޔިތުންނާ ހަމައަށް ފޯރި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ، ރައްޔިތުންނަށް އިންސާފެއް ލިބެން ނެތް، އެކަމަކު ރާއްޖެ ދުށް އެންމެ ބޮޑު ހިޔާނާތެވެ. ގެއްލުނު ފައިސާ، ގައުމީ ބޭންކް ބީއެމްއެލްގެ އަތުންނާއި، ރަށްރަށާއި ފަޅުތައް ގަތް ވިޔަފާރިވެރިންގެ އަތުން ނޫން ގޮތަކަށް ހޯދޭކަށް ވެސް ނެތެވެ. އެކަމަކު އެކަން ކުރެވޭ ވަރުގެ ހިތްވަރުހުރި ވެރިއެއް ރާއްޖެއަކުން ނުފެނެ އެވެ. ދެން ވެރިކަމާ ހަވާލުވާން އެ އުޅެނީ، އެ ހިޔާނާތް ހިންގި ޕާޓީ އެވެ. އެ ހިޔާނާތް ފުރަތަމަ ދުވަހުން ފެށިގެން ދިފާއުކުރެއްވި ބޭފުޅުން އަނެއްކާ އެ އަންނަނީ ސަރުކާރު ހިންގަވާށެވެ. ކުޑަމިނުން އެކަމަށް މިހާތަނަށް މައާފަށް ވެސް އެދިފައެއް ނުވެ އެވެ.

ކިއުންތެރިން ގަބޫލުކުރުން ހުއްޓެވެ؛ އަޅުގަނޑު ކަހަލަ މީހުން އުޅޭނެ އެވެ. އެކަމަކު ހަގީގަތާ އެއްގޮތަށް އެއްޗެއް ލިއުން ފިޔަވައި ކުރެވޭނެ ކަމެއް، އަޅުގަނޑުމެންގެ ނެތެވެ. ޕީޕީއެމްގެ އެ ވެރިކަމުގައި ލިއުނު ލިއުންތައް ދެކެ ރުޅިއައި ބޭފުޅުންގެ އަތްޕުޅަށް ރާއްޖޭގެ ވެރިކަން އަރާ އެ ނިމެނީ އެވެ. އެ ހިޔާނާތަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ރައީސް، ވެރިކަމުން ފައިބައި އެ ވަޑައިގަންނަވަނީ، 'މައި ދެ ވަގުން' މިނިވަންކުރައްވައިފަ އެވެ.

މިއީ ދިވެހިރާއްޖެ އޮތް ހާލަތެވެ. މިއީ ޒަމާނީ ޑިމޮކްރަސީގައި ރާއްޖެ ދަތުރުކުރާ މިސްރާބެވެ.

ރައްޔިތުންނަށް އޮތީ ބަލަން ތިބުމެވެ. މޫނުމަތީގައި އަޅާ ވިހެލިޔަސް، ތަދުނުވާ ކަމަށް ހަދައިގެންނެވެ. އެކަމަކު އަޅުގަނޑަށް ވީ ތަދު ދުވަހަކު ވެސް ފިލައިގެން ނުދާނެ އެވެ. 

އެ ވާހަކަ، އިހުތިރާމާ އެކު، ރައީސް ސޯލިހަށް ދަންނަވަމެވެ.

ކޮމެންޓް (32)

ރައުނާ

15 ނޮވެމްބަރު 2023
ކުލެމެންސީ ބޯރޑުން ނިންމިއަސް، ހަފްތާއަކަށް ދިގު ދަންމާލި ނަމަ ދޯ.
0 0

ޢިންޑިޔާ އައުޓް

15 ނޮވެމްބަރު 2023
@ރައުނާ އެމް،ޑީ،ޕީ،ހީކުރަނީ ޑރ،މުއިޒް އަކީ އިބްރާހިމްކަހަލަ މީހެއް ކަމައްތޯ، އެއް ހަފްތާފަހުން ނަމަ އަދީބް އޮންނަން ޖެހޭނީ ހަމަ ޖަލުގައި.
0 0

މަންނަ

15 ނޮވެމްބަރު 2023
މިގައުމުގަ ރައީސް ބޭނު ވެއްޖެއްޔާ މިނިވަން ނުކުރެވޭނެ މީހަކު ނުހުން ނާެ ކަމުގެ ރީތި މިސާލެއް. އެކަމަކު ނިކަމެތިން އިސްތިސް ނާ ވާނެ އަދި ތިމާ އަށް ނުރައްކާ ވާނެ މީހުން ވެސް އިސްތިސް ނާވާނެެ.އެކަހަ ރީތި މިސާލެއް މިއީ.މިއީ އަހަރެން ދުވަހަކު ހީނުކުރަ ވަރުގެ ކަމެއް.
0 0

ޢަބްދޫ

15 ނޮވެމްބަރު 2023
37 މިލިަނ ގެ ޖަލހު ދގަވަސ ފްރީ ވިމަ ނަފާ ލިބި އަދީބު މިނިވަން.
0 0

ކޮބާ

15 ނޮވެމްބަރު 2023
އެހެންވީމާ މިއަދުން ފެށިގެން އަންނިއަށް ތާއީދު ކުރަން ނިންމައިފިން. އެމަނިކުފާނު މުޅި އުމުރު ހޭދަކޮށް ހެދި އެމްޑީޕީ އާއި ދެކޮޅަށް އަމިއްލައަށް ގިނިކަންޏާ ނިކުތީ ވެސް ތިޔަ ހިޔާނާތް ނުބަލައިގެން. އަހަރެމެން އޭރު ހީކުރީ އިބޫ އޭ ރަނގަޅީ. މަޑުން ހުރެ އެ ކޮށްލި ކަންތައް ބަލާ.
3 0

މަދީހާ ހަލީމަތު

14 ނޮވެމްބަރު 2023
ތި ރިޕޯޓު ކިޔާލުމުން އެގެނއޮތީ ޝައްކު ހަގީގަތަކަށް ވީކަން. ދެން އެމައްސަލަ ވުޖޫދުންވެސް ފޮހެލާފަ ވެރިކަމުން ފައިބާފަ ބުނާނެތާ ވެރިކަން ކޮށްފަ ނޯންނާނެއޭ ތިމަންނާނޫނީ ރައްޔިތުންގެ ފައސާގަ ނުޖެހި ފޭބި މީހެއް. ނުމޮށޭގުރާ ބާރަށް ދައިގަންނާނެ އޭ މުސްކުޅިން މުނެ އެޅެނީ ދިރާސާ ތަކެއްކުރުމަށްފަހު.
2 0

އިންޑިޔާ އައުޓް

15 ނޮވެމްބަރު 2023
@މަދީހާ ހަލީމަތު ފިނިފެންމާ ލޯންޗްގައި ބޮންގޮއްލި މައްސަލަ ބަލަންޖެހޭ.
0 0

އަސްލަމް ޝާކިރު

14 ނޮވެމްބަރު 2023
އަދުލުވެރިކަން ކުރިއަށް ނެރެ ލިޔުނު ލިޔުމެކޭ ހީވިއަސް، އެ ވަގުތެއްގެ ސިޔާސީ ހަގީގަތް އެ އަދުލުވެރިކަމަށްވުރެ މުހިއްމު ވާނެ. ބައްލަވާ، ސިޔާސީ މައިދާނުގައި ފިތުނަ އުފައްދާ މީހުން ގިނަވީމަ އުނދަގޫވާނީ ސަރުކާރަށް. އަދީބަކީ މި އެންމެންގެވެސް ހަތުރެއް. މިއީ އެމްޑީޕީއަށްވެސް، އިބޫ ސޯލިހަށް ވެސް ސިޔާސީ ގޮތުން މިވަގުތު އެންމެ ފައިދާބޮޑު ގޮތް. މި ރުޅިގަނޑަކީ މާ ކައިރިއަށް ވިސްނައިގެން ނެރެން މަސައްކަތްކުރާ ޖަޒުބާތީ ރުޅިގަނޑެއް.
0 2

އިންޑީއާ އައުޓް.

15 ނޮވެމްބަރު 2023
@އަސްލަމް ޝާކިރު ޤައްދާރު އަދީބަކީ ފިނިފެންމާ ލޯންޗް ގޮއްވާލާ ރައީސް ޔާމީން އާއި އާއިލާ އަވަހާރަ ކޮއްލަން އުޅުނު މީހާ އިބްރާހިމް އަށް ބަލާކައް ނުކެރުނު، މިވެސް ތިބުނާ އިންސާފުތޯ.؟
0 0

ހޮހަޅަ

14 ނޮވެމްބަރު 2023
ބަލަ ތިޔަ އަކީ މައްސަލައެއް ނުން، ޔާމީން ވެރިކަމުގަ އެންމެ ބޮޑަށް ޕޮރޮޖެކްޓްން ކަޓްނަގާ އަމިއްލަ ހަވޭލި ހަދާ އަދި ޕާޓީ ކުދިންނަށް ވެރިކަމުގެ ފްހުދުވަހުވެސް ފުލެޓް ލިޔުން ބެހި މީހާޔައް ނުންތޯ ވެރިކަން އަހަރުމެން ދިވެހިން ދޭން ބޭނުންވެ މި ދިނީ
3 2

މުއަަައްޒާ

14 ނޮވެމްބަރު 2023
ބަލަ ދިވެހި ރައްޔިތުން އެދެނީ ކުއްވެރީން މިނިވަންކުރަންކަން އިންތިޙާބުން ސާފުވެއްޖެ
4 1

އިންޑިޔާ އައުޓް

15 ނޮވެމްބަރު 2023
@މުއަަައްޒާ ރައީސް ޔާމީން ކުއްވެރިވީ އިބޫއާއި، އިންޑިޔާ އިން ފައިސާދިން ފަނޑިޔާރުން ކުރި މަތީގައި، ދިވެހި ރައްޔަތުންނައް އެނގޭ ރައީސް ޔާމީންގެ މައުސޫމް ކަން.
0 0

މުޙައްމަދު ޚަލީލު

14 ނޮވެމްބަރު 2023
ޤާނޫނުން ހުއްދަކަމެއް ކުރުމަކީ އެކަމާ އެހެން މީހަކު ބުނާނެ ވާހަކައެއް އޮތަސް ނުބައި ތަސައްވުރެއް ކުރެވެންޖެހޭ ކަމެއް ނޫނެވެ. އެމްއެމްޕީއާރުސީގެ މައްސަލައަކީ މައްސަލައެއް ނޫންކަމަށް ނިންމީ އިބޫއެއް ނޫނެވެ. ރައްޔިތުންނެވެ. ރައަިސް ޔާމީންގެ ކުށެއް ނެތްކަމަށް ބުނާ މީހަކު އަދި އެމަނިކުފާނުގެ ފޮޓޯ ދައްކަވަމުން ރައީސްކަމަށް ކުރިމަތިލީ ބޭފުޅަކު ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ހޮވައިފިއެވެ. ރައީސް ޔާމީން މިނިވަންކުރަން ގޮވާލައިފިއެވެ. އެމަނިކުފާނު ޖަލުހުކުމެއްގައި ހުރެގެން މާލޭގައި ފުޓްބޯޅަ ކުޅުއްވާ އެހެރަ އުޅުއްވަނީއެވެ. މާދަމާ މިނިވަން ވެސް ވާނެއެވެ. އޭރުން އަދީބުއާއި ޒިޔަތާ ތިބޭނީ ޖަލުގައެވެ. އެއީ ކޮން އިންސާފެެއް ހެއްޔެވެ.
5 5

ސަޅިމީހާ

14 ނޮވެމްބަރު 2023
@މުޙައްމަދު ޚަލީލު ތިޔަ ކަންތަކަށް ސަޕޯޓްކުރަނީ ތިޔަ ފައިސާގަ ޖެހިފަ ތިބި މީހުން
0 1

އަހުމަދު އިސްމާއިލް

14 ނޮވެމްބަރު 2023
ޖެހިކަން ރައްޔިތުން ހަނދާނެއް ނުހުންނާނެ. މާދަމާ ނުކުތަސް ވޯޓުވެސް ދޭނެ. މިކަމުން ވިޔަސް ވަނީ ސޯލިހަށް ފައިދާ. މިއީ ރާއްޖޭގައި ސިޔާސީ ކުޅިގަނޑު ކުޅޭ މީހުންގެ ނުފޫޒާއި ރައްޔިތުންގެ އެދޭ ގޮތާ ދެމެދު ހުރި ފަރަގު.
6 0

އަބުޅޯ

14 ނޮވެމްބަރު 2023
އެމް. އެމް. ޕީ. އާރު. ސީ ގެ އެއްވެސް މައްސަލަ އެއް ދެން ބަލައިގެން ނުވާނެ..... ހަމަ ބޮޑެތި، ބާރު އަދި އެކަމުން އެންމެ ބޮޑު މަންފާއެއް ލިބުނު އެކަންކަމުގެ މޭސްތިރިން އަރާމާއި މޮޅެތި ގޮތްތައް....ނިކަމެތި މީހާ ޖަލުގަ!!! މީ ކޮންކަހަލް އިންސާފެއްތޯ؟؟؟
8 0

އިންޑީޔާ އައުޓް

15 ނޮވެމްބަރު 2023
@އަބުޅޯ ބަލަ އެއްމެ މީހަކައްބާ އެމް،އެމް،ޕީ،އާރު،ސީ، ގެ މައްސަލާގެ ދައުވާކުރަންވީ، ކޮބާތޯ 37 މިލިޔަން rufiyaa ނެގި
0 0

ާާަްްއަބުދު ﷲ

14 ނޮވެމްބަރު 2023
ވެރިކަމަށް އަންނަނީ ޕީ އެން ސީ ކަން ރިި ޕޯޓަރައް ހަނދާން ކޮއްލަދެން ހިޔާނާތް ހިނގީ ޕީ ޕީ އެމް ގ ެ ވެރިކަމުގައި..
7 2

ޕޮޓޭޓޯ

14 ނޮވެމްބަރު 2023
@ާާަްްއަބުދު ﷲ ޕޮޓޭޓޯ ޕަޓާޓޯ! ވެރިކަމަށް އައީ ޕީޕީއެމްގެ ބޮޑުމީހާ، ޔާމީންގެ ފޮޓޯ ދައްކައިގެން. މަގު ދައްކައިދޭން ތިބީ އެއްބައެއް. ދެ ޕާޓީގައި އޮތީ އެއް ފިކުރެއް. ސޯ؟
6 1

ވަގުގެ ވަގު

14 ނޮވެމްބަރު 2023
@ާާަްްއަބުދު ﷲ ހިންޏަށް ހަކުރު އޮޅުވާލެވޭނެތަ؟ ހުސް ވަގުން
0 1

ބިސް

14 ނޮވެމްބަރު 2023
އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސޯލިހަށް ވޯޓު ނުދެވުނު ކަމުގެ ހިތް ހަމަ ޖެހުން.
14 3

މެކޭ

14 ނޮވެމްބަރު 2023
މޫސަމެން އުޅުނީ އިބޫ ވަރެއް ނެތިގެން. އަހަރުންނަށް މާކުރިންވެސް އިނގޭ އޭނާއަކީ ކޯޓް ފަޓުލޫނުގަ ހުރި ޣައްދާރެއްކަން. މައުސޫމްކަން ދައްކައިގެން އުޅުނު މަކަރުވެރިއެއްކަން.
13 6

އަލީ

14 ނޮވެމްބަރު 2023
ޔާމީނު ދޫކޮށްލުމަކީ ދިވެހި ރައްޔިތުންގެ މޫނުގަ ފިރުމުންތޯ؟
7 4

ސަނައްޓޭ

14 ނޮވެމްބަރު 2023
@އަލީ ކަލޯ ލޯ އަނދިރީތަ. ޔާމީނު ދޫކޮށްލައިފިތަ، ތިޔަ ބޮޑު ވަގު އަދީބު ހުރީ ހުކުމް ކުރީއްސުރެ ގޭގަ އިނގޭތޯ. ޔާމީނުވާ 5 އަހަރު ޖަލުގަ އޮވެފި.
10 1

ބަލީ

14 ނޮވެމްބަރު 2023
@އަލީ ހުސް ޣައްދާރުން.
2 1

އަލީ

14 ނޮވެމްބަރު 2023
@ސަނައްޓޭ ގަމާރު ވިޔަސް ބޮޑުވަރު. މުއިއްޒު ވެރިކަމަށް އައީ ހުސް ގޮނޑިއެއްގަ ޔާމީނު ޖަހައިގެން. ފުރަތަމަ އެދުނީ ގެއަށް ބަދަލުކުރަން. ނުބުނޭތަ ދޫކޮށްލާނަމެކޭވެސް. ވާނުވާ ކަލެޔަށް އެނގޭތަ. ބޮސް ދޫކޮށްލާ ވާހަކަ ދޯ މިކިޔަނީ
2 1

އަލީ

14 ނޮވެމްބަރު 2023
@ސަނައްޓޭ ސިކުނޑިއަށް ބޭސް ކުރަން ފެންނަނީ. އަދީބު އާ ޒިޔަތު އިއުތިރާފުގެ އެއްބަސްވުން ހަދާ ލާރި ހޯދަން އެއްބަސްވި. ޔާމީނު އެއްބަސްވިތަ. މިހާުރުވެސް އުޅެނީ ދައުލަތުން ބަދަލެއް ވިޔަސް ލިބޭތޯ
2 1

އަލީބަލީތަލީ

14 ނޮވެމްބަރު 2023
@އަލީ އަދީބު ލޯ ލާރިއެއް ވެސް ދެއްކިތަ.
1 0

އަލީ

14 ނޮވެމްބަރު 2023
@އަލީބަލީތަލީ ކަލެޔަށް ނޭނގިދާނެ އަދީބު ލާިރި ދައްކަން އެދިފަ އޮތްގޮތެއް. ކޮމެންޓު ކުރަން އިނަކަސް ނުވާނެ. ބަލާ ހޯދީމަ އެނގޭނީ
0 0

އިންޑިޔާ އައުޓް

15 ނޮވެމްބަރު 2023
@އަލީ ކޮބާތޯ ސޯރު އިބްރާހިމް ނެގި 35 މިލިޔަން ރުފިޔާ. ހަމަ ޔާމީން ގެ މައްސަލަތޯ .ބަލަން ޖެހެނީ.
1 0

ސަނައްޓޭ

14 ނޮވެމްބަރު 2023
ގައުމު ނުދެކޭ ވަރުގެ ބޮޑު ގައްދާރެއް މީ.
12 1

އަލީ

14 ނޮވެމްބަރު 2023
@ސަނައްޓޭ މުއިއްޒު ވާހަކަ ދޯ. އޭނަ ބުނި ދޯ ހަވާލުވެފަ ބޮސް ދޫކޮށްލާނަމޭ
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް