ދުވުން

ޓީއެފްޖީގެ އެމްވީ ރަންގެ ވާދަވެރިކަމާއި އުފާ

ހަމައެކަނި 5ކިލޯމީޓަރަށް ހާއްސަ ރޭހުގައި ގިނަ ބައިތަކެއް ހިމަނައި އެ ހުރިހާ ބަޔަކުން ވެސް ވަނަ ހޮވައި ފައިސާގެ އިނާމު ދިން
  • ޓީއެފްޖީގެ 5ކިލޯމީޓަރު ރޭސް 'އެމްވީރަން' ފަށަން ދުވުންތެރިން ތައްޔާރުވެގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • މި ރޭހުގައި ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިންގެ އިތުރުން އާންމުކޮށް ދުވަން ޝައުގުވެރިކަން ހުންނަ އެތައް ސަތޭކަ ބަޔަކު ދުވި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީ ރަންގެ ދުވުންތެރިން ރޭސް ފަށައިގެން ސެންޓްރަލް ޕާކުން ބޭރަށް ނުކުންނަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ރޭހުގެ ކުރީ ސަފުގައި ތިބި ދުވުންތެރިން ރޭހުގެ ވާދަވެރިކަމުގައި ބާރަށް ދުވަން ފަށަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • މިހާރު ރާއްޖޭގައި ބާއްވާ ރޭސްތަކަށް އެކި އުމުރުގެ ކުދިންނާއި މީހުންގެ ޝައުގުވެރިކަން ބޮޑު. އެމްވީ ރަންގެ ކުޑަ ދެ ކުދިން ދުވުމުގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދިގު ދުވުމަށް ބަލާ ނަމަ 5 ކިލޯމީޓަރަކީ އެންމެ ގިނަ މީހުން ފަސޭހަކަމާ އެކު ދުވެލަން ހިޔާރުކުރާ ރޭހެއް. ތިމާގެ ދުވުމުގެ ފެންވަރު މި ރޭހުން ވަޒަންކޮށްލެވޭނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
  • ގިނަ ދުވުންތެރިން ޓީވީއެފްޖީ އެމްވީ ރޭސް ނެގީ ދުވުމުގެ ފެންވަރު ދެނެގަތުމުގެ ޗެލެންޖެއްގެ ގޮތަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
  • ރޭހުގެ ބައެއް ބައިވެރިން ރޭސް ނިންމަން ސެންޓްރަލް ޕާކަށް ވަންނަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެއް ބަޔަކު ސެންޓްރަލް ޕާކަށް ދިޔައީ އާއިލާގެ މީހުންނާއި ރައްޓެހިންނަށް ސަޕޯޓްކޮށް، ރޭ ބަލައިލަން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
  • ޓީއެފްޖީއަކީ ރާއްޖޭގައި އަހަރު ތެރެއަށް ބަހާލައިގެން އެންމެ ގިނަ ރޭސްތައް ބާއްވާ އެއް ފަރާތް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
  • އާންމުކޮށް ދުވަން ނުކުންނަ މީހުން އެއް ރޭހަށް ވުރެ އަނެއް ރޭހުގައި ދުވެ ނިންމާ ވަގުތު އަވަސްކުރަން ހިތްވަރުކުރޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ޓީއެފްޖީގެ އޮފިޝަލުންނާއި ރޭހުގެ އެކި ކަންކަމުގައި އެހީތެރިވި މީހުން ވެސް ދުވުންތެރިންނަށް ހިތްވަރުދިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުމުގެ ފޯރި އާއި ވާދަވެރިކަން މިހާރު އަންނަނީ ބޮޑުވަމުން. ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ދިގު ރޭސްތަކުގައި ދުވޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ޓީއެފްޖީ ކަހަލަ ބްރޭންޑްތަކުން މިފަދަ ރޭސްތައް އިންތިޒާމްކޮށްގެން އެތައް ބަޔަކަށް ހޯދައިދެނީ ފުރުސަތުތަކެއް. ދުވުމުގެ ރޭސްތަމުގެ މަގުބޫލުކަން ބޮޑުވަނީ މިފަދަ ފުރުސަތުތަކުގެ ސަބަބުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުންތެރިޔަކު ދުވަމުން ފޮޓޯގްރާފަރުންނަށް އިޝާރަތްކޮށްލަނީ: ތަފާތު ފެންވަރުގެ އެތައް ބަޔަކު ޓީއެފްޖީ އެމްވީރަންގައި ފެނުނު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދިގު ދުވުމުގެ ރޭސްތަކުގައި ބައެއް ދުވުންތެރިން ބައިވެރިވަނީ އެތައް މަހެއްގެ ތަމްރީންތަކަށް ފަހު ރަނގަޅަށް ތައްޔާރުވެގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުންތެރިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަނގަޅު ވަގުތެއްގައި ރޭސް ނިންމާލުން. އަންހެން ދުވުންތެރިޔަކު އެމްވީރަން ނިންމަން އަންނަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ރޭސް ނިންމުމަށް ފަހު އަމިއްލަ ގަޑިއަށް ބަލައިލަނީ: ރޭހުގެ ކުރިން ކަނޑައެޅި ގަޑިއަށް ދުވެވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ކޮންމެ ދުވުންތެެރިޔަކަށް ވެސް ރޭހުގެ ނިންމާ ރޮނގު ހުރަސްކޮށްލުމަކީ ވަރަށް ބޮޑު އުފަލެއް. އެކަން މި ދުވުންތެރިޔާގެ ހަރަކާތުން ވެސް އެނގޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • "މި އޮތީ ނިންމާފައި" މި ދުވުންތެރިޔާ މިހެން ބުނެލާ ފަދަ: އެމްވީ ރަން ނިންމި ބަޔަކު ރޮނގު ހުރަސްކޮށްލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުމުގެ ބައިވެރިން ސެލްފީއެއް ނަގަނީ: މިއީ ރޭހުގެ މެޑެއްޔާ އެކު ރައްކާކޮށްލާ ހަނދާނެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީރަން ކުރިއަށް ދިޔައިރު ބޮޑުބެރުގެ ހަރަކާތްތައް ވެސް އޮތް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ބޮޑު ބެރަށް ނަށާލުމަކީ ވެސް މިކަހަލަ ގަޑިއެއްގައި ބައެއް މީހުންނަށް ހަމަ ވަރަށް ވެސް އުފާވެރި ވަގުތުކޮޅެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީރަންގެ ބައެއް ބައިވެރިން ރޭހުގެ މެޑެއްޔާ އެކު ފޮޓޯއަށް ހުއްޓިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ޓީއެފްޖީގެ ހާއްސަ މެޑެލް: ރޭސްތަކުގެ ބައިވެރިންނަށް މެޑެއްޔަކީ ވަރަށް މުހިންމު ހަނދާނަކާއި ހިތްވަރެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • 20 ޖޫން 2025: "އެމްވީ ރަން" ގައި ވަނަ ހޯދި ފަރާތްތަކަށް މެޑަލް ހަވާލުކުރުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • 20 ޖޫން 2025: ޓީއެފްޖީގެ "އެމްވީ ރަން" ގައި ވަނަ ހޯދި ފަރާތްތަކަށް މެޑަލް ހަވާލުކުރުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީ ރަންގެ އޯޕަން ކެޓެގަރީގެ އެއްވަނަ ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫނު އޭނާގެ ޓީމާ އެކު އުފާ ފާޅުކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުންތެރިޔަކު ރޭސް ނިންމުމަށް ފަހު ސެލްފީއެއް ނަގަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީރަންގެ އެކި ކެޓެގަރީތަކުން ވަނަ ހޮވައި ފައިސާގެ އިނާމު ދިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ޖޫނިއަ ދުވުންތެރިންތަކެއް ރޭސް ކާމިޔާބު ކުރުމަސް ފަހު އިނާމާ އެކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • 20 ޖޫން 2025: ޓީއެފްޖީގެ "އެމްވީ ރަން" ގައި ވަނަ ހޯދި ފަރާތްތަކަށް މެޑަލް ހަވާލުކުރުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އަންހެން ކެޓެގަރީއެއްގެ ދުވުންތެރިންތަކެއް ސްޓޭޖްގައި އިނާމާ ހަވާލުވެގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުންތެރިޔަކު އޭނާގެ ދެވަނަ މަގާމުގެ އިނާމާ އެކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އަންހެން ކެޓެގަރީއެއްގެ ދުވުންތެރިޔަކު އިނާމާ ހަވާލުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ފިރިހެން ކެޓެގަރީއަކުން އެއްވަނަ ހޯދި ދުވުންތެރިޔަކު އޭނާއަށް ލިބުނު ފައިސާގެ އިނާމުގެ ރަސްމީ ޗެކާ ހަވާލުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ރާއްޖޭގައި މިވަގުތު ހުރި 5ކިލޯމީޓަރުގެ އެންމެ ބާރު ދުވުންތެރިޔާ ހުސެން ފަޒީލް ސްޓޭޖްގައި އޭނާގެ ކާމިޔާބު ފާހަގަކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ފަޒީލް ރޭހުގެ އެއްވަނަ އިނާމާ ހަވާލުވި އިރު އޭނާއާ ވާދަކުރި އަނެއް ދެ ދުވުންތެރިން ސްޓޭޖަކަށް ނާރާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
  • 20 ޖޫން 2025: ޓީއެފްޖީގެ "އެމްވީ ރަން" ގައި ވަނަ ހޯދި ފަރާތްތަކަށް މެޑަލް ހަވާލުކުރުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީރަންގައި ހިމެނޭ 50 އަހަރުން މަތީ ފިރިހެނުން ބައިގެ އެއްވަނަ ދުވުންތެރިޔާ އިނާމާ. ހަވާލުވި އިރު ދެވަނަ އާއި ތިންވަނަ ދުވުންތެރިޔާ ސްޓޭޖް މަތީގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އަންހެން ތިން ދުވުންތެރިޔަކު އިނާމާ އެކު ފޮޓޯއަށް ހިނިތުންވެގެން: ގިނަ ކެޓެގަރީތަކެއް ހިމެނުމަކީ އެމްވީރަންގެ ފޯރި އާއި ވާދަވެރިކަން ގަދަވި އެއް ސަބަބު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ދުވުންތެރިޔަކު ރޭސް ނިންމުމަށް ފަހު އޭނާގެ ވަނަ އާއި ރޭސް ނިންމި މެޑެލް ދައްކާލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • އެމްވީރަން ފަސް ކިލޯ މީޓަރުގެ ދުވުން ނިންމާލުމަށް ފަހު، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް (ވ) އާއި ބައެއް ރައްޓެހިން މަޑުކޮށްލައިގެން: މިއީ ރަހުމަތްތެރިންނާ ވެސް ދިމާވާން ލިބޭ ފުރުސަތެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް