ޒުވާނުންގެ މުޒާހަރާ ރޫޅާލުން

މަޖީދީ މަގުގެ ބައެއް ބަންދުކޮށްފައި ބޭއްވުމުން އާންމުންނަށް އުނދަގޫތައް ދިމާވާ ކަމަށް ބުނެ ފުލުހުން ޒުވާނުންގެ މުޒާހަރާ ރޫޅާލީ 11 ވަނަ ރޭ
  • މުޒާހަރާގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ފުލުހުން ބުނާ ގޮތުގައި މުޒާހަރާ ރޫޅާލީ އާންމުންނަށް ކުރިމަތިވާ ދަތިތަކާ ހެދި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާގެ ބައިވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ވައްޓާލާފައި ބިޑި އަޅުވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ޒުވާނުންގެ މުޒާހަރާ ރޫޅާލިއިރު އެތައް ކަަމަކަށް އޮތީ ގޮވާލާފައި: އޭގެ ތެރޭގައި ބައެއް މިނިސްޓަރުން އިސްތިއުފާ ދިނުން ވެސް ހިމެނޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ޒުވާނުންގެ މުޒާހަރާއިން ބައެއް މީހުން ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފައި: މިއީ ޒުވާނުންގެ މުޒާހަރާ ކުރާތާ 11 ވަނަ ރޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ޒުވާނުންގެ މުޒާހަރާއިން ބައެއް މީހުން ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފައި: މިއީ ޒުވާނުންގެ މުޒާހަރާ ކުރާތާ 11 ވަނަ ރޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ރޭގެ މުޒާހަރާ ރޫޅާލުމާ އެކު ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލި: ޒުވާނުން އަޑުއިއްވީ ދައުލަތުގެ ނިޒާމުގައި ހުރި މައްސަލަތަކާ ދެކޮޅަށް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މިދިއަ 10 ރޭ ފުލުހުން ތިބީ މުޒާހަރާއަށް ހުރަސްނާޅާ. އެކަމަކު ރޭ ފުލުހުންގެ ހާއްސަ ޓީމެއް ނުކުމެ މުޒާހަރާ ރޫޅާލި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މަރިޔަމް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން މުޒާހަރާއަށް ނުކުތީ ތަހުގީގުގައި ވަކި ބަޔަކު ހިމާޔަތްކުރަން އުޅޭކަމުގެ ތުހުމަތުތަކާ އެކު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާގައި ބައިވެރިވި ބައެއް ޒުވާނުން ގޮވާލީ ފުލުހުންގެ އިދާރާ ވެސް އުވާލަން: ރޭ މުޒާހަރާގެ ބައިވެރިން މަގުމަތީގައި ޓީޓީ ވެސް ކުޅުނު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާގައި ބައިވެރިވި ބައެއް ޒުވާނުންގެ ނަޒަރުގައި ރާއްޖޭގައި އަދިވެސް އޮތީ ބާރުގަދަ މީހުން ހިމާޔަތްކުރުމުގެ ސަގާފަތެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ރޭ މަދީޖީ މަގުގައި ޓީޓީ މޭޒު ބަހައްޓައިގެން ޓީޓީ ކުޅުމުގެ އިތުރުން ކެރެމް ވެސް ކުޅުނު: ފުލުހުން ބުނާ ގޮތުގައި މާލޭގެ އެންމެ ބިޒީ މަގު މި ގޮތަށް ބަންދުކުރުމުން އެތައް ބަޔަކަށް އުނދަގޫތައް ކުރިމަތިވޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރައިގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާ ރޫޅާލަން ނުކުތް ފުލުހުން އެތުރިގެން އަދި މުޒާހަރައިގެ ބައިވެރިޔަކު ބެރިކޭޑްގެ ފަހަތުގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާގައި ޝުއޫރު ފާޅުކުރަން ބައިވެރިޔަކު އެއްޗެއް ލިޔަނީ: މުޒާހަރާގެ 11 ވަނަ ރޭ ފުލުހުން ރޭ ވަނީ މުޒާހަރާ ރޫޅާލާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާ ރޫޅާލަން ފުލުހުން ތައްޔާރުވެފައި: ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ ތެރޭގައި އޮތީ ކަންބޮޑުވުން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތްކުރަނީ: ފުލުހުން ބުނަނީ މަޖީދީ މަގު ބަންދުކޮށްގެން އެގޮތަށް ތިބުމުން އެތައް ބަޔަކަށް އުނދަގޫވާ ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ޒުވާނުން މުޒާހަރާކުރި ސަރަހައްދުގައި ފުލުހުން: ޒުވާނުން އަޑުއިއްވަން ފެށީ ފުލުހުންގެ ތަހުގީގަށް ސިޔާސީ ނުފޫޒު ވަނުމުގެ ތުހުމަތުތަކާ އެކު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް