1997 ގައި ތަރައްގީކުރަން ފެށި ހުޅުމާލެއަކީ 4 އަކަކިލޯމީޓަރުގެ ރަށެއް. ހުޅުމާލެއަކީ މާލޭގެ އާބާދީ އިތުރުވުމުގެ މައްސަލަ ހައްލުކުރުމަށް ހިއްކާފައިވާ އަދި މިހާރުވެސް ތަރައްގީގެ މަސައްކަތް ހިނގަމުންދާ ރަށެއް، 29 މާރިޗް 2025. (ދައުރު ފޮޓޯ: އަލީ ރަފީގް)
ދިވެހިންގެ އުއްމީދުގެ ރަށް: މަތިން ބަލާލުމުން ފެންނަ ހުޅުމާލޭގެ ހިތްގައިމު މަންޒަރު
މާލެއާ އިރުއުތުރުން، ހުޅުމާލެ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ހުޅުމާލެއަކީ މާލޭގެ އާބާދީ އިތުރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަރައްގީކުރެވުނު ރަށެކެވެ. މި ރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 16 އޮކްޓޯބަރު 1997 ގައެވެ. ފުރަތަމަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ނިމުނީ 2002 ގައި ނިމުނުއިރު އޭރު 1.88 އަކަކިލޯމީޓަރުގެ ބިން ހިއްކާފައިވެ އެވެ. 2015 ގައި ފެށުނު ދެވަނަ ފިޔަވަހީގެ ތަރައްގީއާއެކު މިހާރު ހުޅުމާލެއަކީ ހަތަރު އަކަކިލޯމީޓަރުގެ ބޮޑުމިނުގެ ރަށެކެވެ.
2022 ގެ ނިޔަލަށް ހުޅުމާލޭގައި ގާތްގަޑަކަށް 65،000 މީހުން ހުޅުމާލޭގައި ދިރިއުޅެ އެވެ. މި ރަށަކީ 240,000 މީހުންގެ އާބާދީއަކަށް ފަރުމާކުރެވިފައިވާ ރަށެކެވެ.
2015 ގައި ފެށުނު ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ގާތްގަނޑަކަށް 244 ހެކްޓަރުގެ ބިން ހިއްކާ، އިތުރުވަމުންދާ އާބާދީއަށާއި، ދިރިއުޅުމަށާއި، ވިޔަފާރިއަށާއި އަދި ސިނާއީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ބިންތައް ވަނީ ކަނޑައަޅާފަ އެވެ.
ހުޅުމާލެ ހިއްކުމުގެ ފިޔަވަހިތައް
-
ފޭސް 1: 188 ހެކްޓްރުގެ ބިން ހިއްކުން؛ ފޭސް 1 ގައި ދިރިއުޅޭނެ ކަމަށް ޕްލޭންކުރި އާބަދީއަކީ 8،925 ގޭބިސީގައި 53،000 މީހުން
-
ހުޅުމާލޭ ފުރަތަމަ ފިވަހި ހިއްކުމަށް މުޅިއެކު 22 މިލިއަން ޑޮލަރު (މިހާރުގެ އަގުން ނަމަ 340 މިލިއަން ރުފިޔާ) ޚަރަދުވި
-
ފޭސް 2: 244 ހެކްޓްރުގެ ބިން ހިއްކުން؛ ފޭސް 2 ގައި ދިރިއުޅޭނެ ކަމަށް ޕްލޭންކުރި އާބަދީއަކީ 100،000 މީހުން. ފޭސް 2 ހިއްކުމުގެ މަސައްކަތް ނިމުނީ 2015ގައި
ކޮމެންޓް (1)
ހުޅުމާލެ