ފުޓްބޯޅަ ތަރި މުހައްމަދު އާރިފްގެ ޖަނާޒާ: ގައުމީ ބޮޑު ހިތާމައެއް

  • ހައްޖުގެ އަޅުކަމަށް ފަހު އައިތަނާހެން ބަލިވެ އިއްޔެ ނިިޔާވި މުހައްމަދު އާރިފް (ބަކާ)ގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރަނީ(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ކަށުނަމާދުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި. އާރިފްގެ ކުއްލި ވަކިވުމަކީ މުޅި ގައުމަށް ޝޮކެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އާރިފްގެ މަރުގެ ހިތާމައިގައި ކަށުނަމާދަށް ދިޔަ ހެޔޮއެދޭ އެންމެންގެ އިތުރުން މިއަދު މުޅި ގައުމުގައި އޮތީ ހިތާމަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އުމުރުން 38 އަހަރުގައި ނިޔާވި އާރިފްގެ ސަންދޯއް އިސްލާމީ މަރުކަޒުން ނެރެނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އާރިފްގެ ކަށުނަމާދަށް ފަހު އެތައް ސަތޭކަ ބަޔަކު ގަލޮޅު ސަހަރާއަށް ދިޔަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ފުރާއުރުމުން ފެށިގެން ރާއްޖެއިން ފެނުނު ހުނަރުވެރި ކުޅުންތެރިޔާގެ އާއިލާގެ ބައެއް މެމްބަރުން ސަންދޯކާ އެކު އެމްބިއުލެންސްގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އާރިފްގެ ސަންދޯއް ހިފައިގެން އެމްބިއުލެންސް ގަލޮޅު ސަހަރާއަށް ވަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • މި ފަހުން ރާއްޖެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ސައްދޯން ވަޅުލަނީ: މުޅި ގައުމަށް މިއީ ހިތާމަވެރި މަންޒަރެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އާރިފަށްޓަކައި ދުއާކުރުމުގައި: ކުޅިވަރުގެ ތަރިން ޒުވާން އުމުރުގައި މަރުވުމަކީ މުޅި ދުނިޔޭގައި ވެސް އެހާ އާންމު ކަމެއް ނޫން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • އަހަރެމެން އެންމެންގެ ލޯބި ހޯދި، އެތައް ހާސް ބަޔަކަށް އުފާވެރިކަން ގެނެސްދިން ހުނަރުވެރި ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ)ގެ މަހާނަ: ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް