12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތްގައި: އެ އޮޕަރޭޝަނުގައި 119 ކިލޯ އަތުލައިގަތް
119 ކިލޯގެ ޑްރަގު މައްސަލައިގައި އެކަކު ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލުކޮށްފި
މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އެކަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިދިޔަ ނޮވެމްބަރުގައި ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލީ، އަހްމަދު މުޖާހިދު، ގދ. ހޯނޑެއްދޫ/އަލޯރާ އެވެ. ކޯޓުން އޭނާ ދޫކޮށްލީ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވެ، މައްސަލަ އެހެން ފަނޑިޔާރަކާ ހަވާލުނުކުރެވި ގިނަ ދުވަސްތަކެއް ވާތީ ކަމަށް ބުނެ އެވެ.
-
އިތުރު ތަފްސީލް - 119 ކިލޯގެ ޑްރަގް: އެކަކު ދޫކޮށްލި މައްސަލަ ހައި ކޯޓަށް
ތަފްސީލް - މުޖާހިދު ދޫކޮށްލި އަމުރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ހުކުމްކުރީ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުން ގޯސް ކަމަށެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ކުރެއްވި ހުކުމުގައި ލިޔުއްވި ގޮތުގައި:
-
ފަނޑިޔާރަކު ނެތް ކަމަށް ބުނެ އަމުރު ނެރުނީ މައްސަލަ ބަލަން ގާޒީއާ ހަވާލުކޮށްފައި ވަނިކޮށް
-
ކުރިން ބަންދުކުރަން އަމުރުކުރި ހާލަތު ބަދަލުވި ގޮތެއް ނޭނގޭ
-
މުޖާހިދާ ދެކޮޅަށް ގިނަ ހެކި ހުއްޓާ، ހެކިބަސް ނަގާ ނުނިމެނީސް ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް ނެތޭ ބުނާ މާނައެއް ނޭނގޭ
އެނގުން މުހިންމު - މި މައްސަލައިގައި ދެން ހައްޔަރުުގައި ތިބި ދެ މީހުންނަކީ:
-
އަލީ ޒުބައިރު (52އ) - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ
-
އަހްމަދު ސުނައިނު (25އ) - ގދ. ހޯޑެއްދޫ/އިރުމަތީގެ
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ:
-
މަސްތުވާތަކެތީ ގެނައީ 12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް
-
އެއީ މީގެ ކުރިން ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާކުރި އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ/އަލޯރާ، އިސްވެ ހިންގާ ޑްރަގް ނެޓްވޯކުން އެތެރެކުރި ތަކެތި ކަމަށް ތުހުމަތުކުރެވޭ
-
މި މައްސަލައިގައި ފުލުހުންނަށް ހައްޔަރުނުކުރެވުނު ދެ މީހުންނަކީ އަރުޝަދު ހާލިދުގެ އިތުރުން، މުހައްމަދު އަކްރަމް އަބްދުލްހަންނާން، ގދ. ހޯނޑެއްދޫ/ދޯދި؛ އެ ދެ މީހުން ވަނީ ޑްރަގް އެތެރެކުރި ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި
ކޮމެންޓް (3)
އެދުރުބޭ
ކަޅު ހުއްތު
އަގުލީމް