ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހު، މަޖިލިހުގެ ކޮމިޓީއެއްގައި

ފަލާހުގެ ފަރާތުން ފެންނާނީ ފަލާހުގެ ފެންވަރުގެ ކަންކަން

ރާއްޖޭގެ މީޑިއާގެ ކޮންޓްރޯލް ސަރުކާރުގެ ބާރުގެ ދަށަށް ގެންދާ ގޮތަށް ފަރުމާކުރި ބިލާ ބެހޭ ގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކުން އެނގެނީ އެއީ އެ ފެންވަރުގެ މަގާމަކަށް ވެސް އެކަށީގެންވާ ބޭފުޅެއް ނޫންކަން
28 އޯގަސްޓު 2025
22

"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން، އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި،" ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، އިއްޔެ އޮތް މަޖިލިހުގެ ޖަލްސާގައި ވިދާޅުވި އެވެ. އޭގެ ފަހުން ދެން އަންނަނީ މި ބަސްކޮޅެވެ. ނުވަތަ އިންޒާރެވެ.

"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން."

ފަލާހުގެ ބަހުސް ބިނާކުރެއްވީ ރާއްޖޭގެ މިނިވަން މީޑިއާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްދޭނެ އެތައް މާއްދާއެއް ހިމެނޭ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެކަމަކު އޭނާގެ ޒާތީ ކަމެއްގެ މައްސަލަ ބިނާކުރެއްވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއިން ކުރި ކަމަކަށް ބައްލަވާފައެއް ނޫނެވެ. މިހާރު އެއްވެސް މީހެއްގެ ކޮންޓްރޯލް ނެތް ސޯޝަލް މީޑިއާގައި، އެއީ ކާކުކަން ނޭނގޭ، އެކައުންޓަކުން އެ ދުވަސްވަރު ފެތުރި ދޮގަކަށް ބިނާކުރައްވަ އެވެ.

ފަލާހުގެ ވާހަކަތަކުން އެނގެނީ އޭނާ އިސްކޮށް ހުންނަވައިގެން ފާސްކުރަން މިހާރު އެ އުޅުއްވާ ބިލްގައި އޮތް މައިގަނޑު މައްސަލަތައް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމެވެ. އެ ބިލް ވިދާޅުވެފައި އޮވެދާނެ އެވެ. އެކަމަކު އެއްޗެއް ކިޔުމާއި އޭގައި ބުނާ ވާހަކަ ފަހުމްވުމާއި އެ ފަހުމްވާ ކަމެއް އެއަށް ވުރެ ފުޅާކޮށް ވިސްނުމުގެ ތެރޭގައި ފުރާނާލުމަކީ، މިހާރު މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންގެ ގާބިލްކަމަށް ވުރެ މާ މަތީ ފެންވަރެކެވެ.

މިހާރު އޮތް ބިލާ މެދު ނޫސްވެރިންގެ މެދުގައި އޮތް ކަންބޮޑުވުންތަކާ ބެހޭ ގޮތުން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް (ކ) އާއި ޔޫތު އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުރީގެ ދުވަހު ނޫސް 'ހަވީރު'ގެ އެޑިޓަރަކަށް އަޅުގަނޑު ހުރި އިރު، އާންމު މީހަކު، 'ހަވީރު'ގެ ރިޕޯޓަރަކަށް ގުޅާފައި، ފަލާހާ ގުޅޭ ކަމެއް ކިޔައިދިނެވެ. އެކަމަކު އެ ދުވަހު އެ ވާހަކަ 'ހަވީރު'ގައި ނުޖަހަމެވެ. އެއީ ކޮން ކަމެއްކަން ފަލާހުއަށް އެނގިވަޑައިގަންނަވާނެ އެވެ.

މިއަދުގެ ހާލަތުގައި ނަމަ ފުރަތަމަ ވެސް އެފަދަ ކަމެއް ފަތުރާލާނީ ސޯޝަލް މީޑިއާގަ އެވެ. އޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުން ކުރާނެ ކަމެއް ނެތެވެ. ފަލާހުއަށް ފަހުން އެ ތަޖުރިބާކުރެއްވުނީ ކޮންޓްރޯލެއް ނެތް ސޯޝަލް މީޑިއާގެ ބަ އެވެ. އެކަމަކު އެއީ ރަޖިސްޓްރީކޮށްގެން، ގާނޫނީ ގޮތުން ޒިންމާތަކެއް އުފުލަން ޖެހޭ ހާލަތެއްގައި ހިންގާ މީޑިއާއެއް ނޫނެވެ.

ފަލާހުގެ ޒާތީ ކަންބޮޑުވުން ނޫސްވެރިންނަށް އަމާޒުކުރެއްވި އިރު މިހާރު އޮތް ބިލުގެ ބޮޑު ސަރަހައްދު ފެނިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ފަލާހު ކަހަލަ މެމްބަރުންނަކީ  ވަރަށް ކައިރިން މަންޒަރު ފެންނަ، ދުރު ނުފެންނަ ދުރުމީ އަޅުއްވައިގެން އުޅުއްވާ ބޭފުޅުންކަން އެނގެ އެވެ. ތިމާއަށް ކަމެއް ދިމާވީމާ މުޅި ނިޒާމް ހުއްޓުވާލަން މަސައްކަތްކުރާނީ، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ފުޅާކޮށް ކަންކަން ފުރާނާލަން ނޭނގޭ މީހުންނެވެ. އެ ބައިގައި ހިމެނެނީ ފަލާހު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ވެސް ހިމެނެ އެވެ. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް (ނާޒިމުގެ މާޒީއާ ބެހޭ ވާހަކަތައް ލިއާ ނަމަ އެހެން ކަމަކާ ގުޅޭ އެއްޗެއް ލިޔާކަށް ސިކުނޑި ޖާގައެއް ނުދޭނެ އެވެ. އެހާ ވެސް އެ މާޒީގައި ހުރި ބޮޑެތި ކަންކަން ގިނަ އެވެ. އެހެންކަމުން އެ ވާހަކަތަކާ ދުރަށް ޖެހިލަމެވެ.) ފައްތަން ޖެހެނީ އެ ބައިގަނޑުގެ ތެރެއަށެވެ. މިހާރު އޮތް ބިލްގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ ނާޒިމްކަން، ނޫސްވެރިން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: ބިލްގެ ހުރިހާ ކަމެއްގައި ފަހަތުގައި ހުންނެވި - (ފޮޓޯ/ މަޖިލީސް)

ޖިންސީ ގުޅުންތަކާ ބެހޭ ޒާތީ ވާހަކަތައް އެއްވެސް މީޑިއާއެއްގައި ދެއްކުން މަނާކުރަން އަޅުގަނޑު ތާއީދުކުރަމެވެ. އެކަމަކު އާންމު މިންގަނޑާ ހިލާފު އަހުލާގީ އެފަދަ މައްސަލަތަކުގެ ތުހުމަތު ސިޔާސީ މީހުންނާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ މީހުންނަށް ކުރެވޭ ނަމަ އެކަން ތަހުގީގުކުރަން، އެފަދަ ގާނޫނެއްގައި، ފުލުހުންނަށް މަޖުބޫރުވާންވާނެ އެވެ. އެފަދަ ވާހަކައެއް މީޑިއާގައި ހާމަކުރެވޭނީ ކޯޓެއްގައި ސާބިތުވުމުންނެވެ. ނޫސްވެރިއެއްގެ ގޮތުން އެފަދަ ބަދަލަކަށް އަޅުގަނޑު ތާއީދުކުރަމެވެ.

ނަމަވެސް މިހާރު ބިލް އެ އޮތީ ފަލާހު އެ ނެންގެވި މައްސަލަ ހައްލުކުރުމަށް ވުރެ ގާނޫނުއަސާސީގެ މުހިންމު ރުކުނެއް ކަފުންކުރާ ގޮތަށެވެ. އެހެންކަމުން ފަލާހުގެ ޒާތީ ކަންބޮޑުވުން ގާނޫނުއަސާސީގެ ފުޅާ ސަރަހައްދަށް ފަތުރާލައިގެން ނުވާނެ އެވެ.

އަޅުގަނޑަށް ވެސް އެނގެ އެވެ. ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ހޯދަން އުޅޭ އެއްޗެކެވެ. މިހާރު މި ފެންނަނީ ދިވެހި ގިނަ ރައްޔިތުން ހޯދަން ބޭނުންވި ރައްޔިތުންގެ މަޖިލިހެކެވެ. އެ މަޖިލިހުގެ ފެންވަރާ މެދު ވާހަކަ ދެއްކުމުގެ ބޭނުމެއް އަސްލު ނެތެވެ. އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަނީ މިއީ ގޮނޑިކޮއްކޮ މަޖިލިހެކޭ އެވެ. ގާނޫނުއަސާސީން މަޖިލިހަށް ހަވާލުކުރި ބާރުތައް ދޫކޮށްލަން ވެސް ދެވަނަ ވިސްނުމަކަށް ނުގޮސް، ފެހި ފިތަށް ފިތާލައިގެން، އެތިބީ ހަގީގަތުގައި ފިތިފަ އެވެ. އަމިއްލައަށް ދެން ނުނިކުމެވޭނެ ފިތުމަކުންނެވެ.

ހުޅުމާލޭގައި ސަފާރީ އުޅަނދުތައް އަޅާފައި އޮންނަ ސަރަހައްދަށް މަޑުކޮށްލާފައި، އިބްރާހިމް ފަލާހުގެ ސަފާރީތަކަކީ ކޮބައިތޯ މީހެއް ކައިރީގައި އަހާލާށެވެ. މައުލޫމާތު ހުރި މީހަކާ ދިމާވެއްޖެ ނަމަ އަދި އެ ސަފާރީތައް ފަޅުގައި އޮތް ވަގުތެއް ނަމަ، ދައްކާނެ އެވެ. އެ އުޅަނދުތަކަށް ނަޒަރު ހިންގާލުމުން ފަލާހުގެ އަސްލު ފެންވަރާއި އޭނާގެ ހުނަރު އެ އޮތީ އެންމެންނަށް ވެސް ރީތިކޮށް ފެންނާށެވެ. އާއެނކެވެ. ފަލާހަކީ ސަފާރީ އުޅަނދުތައް ބަންނަން ކުޅަދާނަ ބޭފުޅެކެވެ. އެކަމުގެ މޮޅު ހިންގުންތެރިއެކެވެ. އެ ދާއިރާއިން ހިޔާލު ތަނަވަސް ބޭފުޅެކެވެ.

ނޫސްވެރިންގެ ޝަކުވާތައް އިއްވަނީ: މިއަދު އެ ބިލާ ދެކޮޅަށް ނުކުތީ ހަމައެކަނި ނޫސްވެރިން ކަމަށް ވިޔަސް މިއީ ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަކާ ގުޅިފައި އޮތް ބޮޑު މައްސަލައެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ނަމަވެސް ރައްޔިތުންގެ މަޖިލިހަށް ވަދެ ފަލާހު އިންނަވާ ގޮނޑިއަށް ބަލާލައިފި ނަމަ ފެންނާނީ އަދި އެހެން ބޭފުޅެކެވެ. އެއީ އެ ގޮނޑިއަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ. ސަބަބަކީ މަޖިލިހުގެ މަސައްކަތަކީ ސަފާރީ ބަނުން ކަމަށް ނުވާތީ އެވެ. ސަބަބަކީ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ހަވާލުކޮށްފައި އޮތް ބޮޑު ޒިންމާ އެނގިވަޑައިގަންނާ ބޭފުޅަކަށް އޭނާ ނުވާ ކަމެވެ. އެ ގޮނޑިއަށް އޭނާ ހޮވުނު ގޮތް ވެސް ކުރިން އޮތީ ވިދާޅުވެފަ އެވެ.

"އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ،" މިއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި އެލަވަންސްތައް ކުޑަކުރަން ޕެޓިޝަނެއް ހިންގަން ފެށުމުން، މި އަހަރުގެ އެޕްރީލް މަހު، އޭނާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ލިއުއްވި ވާހަކަ އެވެ.

ކުރިން ބުނިހެން ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ބޭނުންވި އެއްޗެކެވެ. މިއަދު ނޫސްވެރިން އެ މީހުންގެ ހައްގުގައި ނުވަތަ ގާނޫނުއަސާސީގެ ހައްގުގައި އަޑު އުފުލަފާނެ އެވެ. އެކަމަކު އެ އަޑު އިވޭ ފެންވަރުގެ ރައްޔިތުންގެ މަޖިލިހެއް ނެތެވެ. ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ އެހާ ބޮޑު ޒިންމާއެއް ހަވާލުވެފައި އޮވެމެ އެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެ ތިބީ، އަނެއްހެން ބުނާ ނަމަ، 'ހޭށެ'ވެ.

މިއަދު ހެނދުނު އަޅުގަނޑުގެ ވަރަށް ގާތް ދެ މެމްބަރުންނަށް ގުޅާލީމެވެ. ފޯނެއް ނުނަންގަވަ އެވެ. އެކަމަކު އަޅުގަނޑު ގުޅީ މިއަދު ކޮމިޓީގައި ބަހުސް ފަށާ ބިލާ ބެހޭ ގޮތުން އެއްޗެއް ބުނާކަށެއް ނޫނެވެ. އަޅުގަނޑަށް އެ ބޭފުޅުންގެ ވިސްނުން އެނގެ އެވެ. މަޖިލިހުގައި އެ ބޭފުޅުންގެ ލީޑަރަކީ ފަލާހެވެ.

އެކަމަކު ހިތާމައާ އެކު ބުނެލަން ޖެހެނީ ފަލާހުގެ ފަރާތުން ފެންނާނީ ފަލާހުގެ ފެންވަރުކަމެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއަކުން ޖާގަ ދޭން ރައްޔިތުންނަށް ފެނުނު ފެންވަރެވެ.

ކޮމެންޓް (22)

ކަމަނަ

28 އޯގަސްޓު 2025
ޔެސްސް މޫސަ ކްލޮކް ދެޓް ޓީ 🔥🔥
13 1

އިބޫޖޭ

28 އޯގަސްޓު 2025
ފަލާހެއ ްއަދުރޭ އެއް ޖ.ނާޒިމެއް ކިޔާނެ ކަމެއް ނެތް.. އޭގައި ހުރި އެއވޗެއ ނުކުންނާނީ... ކިޔަވައިގެނ ްތިބ މީހުނާއި ހޭކިފަ ތިބި މީހުނާއި، ކަނިންނގ މައިންޑްޝިޕް ގެ ވެރިންގެ ހައްދުންް ނެއޓިފައިވާ އަމަލު ތައް މިފެންނނަނީ ... މޫސާ ހަވީރު ތޮޔ ަބުނީ ހަމަ ރަނގަޅަށް -- ފަލާހަށް ފެންނާނ/ި ފަލާހު ފެންވަރުގ ެކަންތައް
15 1

ކޮސް

28 އޯގަސްޓު 2025
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެޖޯރިޓީ ލީޑަރު ، ނޫސްވެރިންނަށް މިފަދަ މޭރުމަކުން ގޯނާ ކުރީމަ ، ގޯހެއްނޫން ފެންވަރު ހާމަކުރުމެއް. މޫސަ ގެ ލިޔުމަށް ސެލިއުޓު ކުރަން. ފަލާހުގެ ސުޓައިލް މޫސަ ނުގެންގުޅެ ، ފެންވަރު ނެތް މަޤާމަކަށް އިސްކުރީމަ ވާނެ ގޮތްކަން އެވިސްނާދިނީ.
18 1

ހިމާރުލްގައުމު

28 އޯގަސްޓު 2025
މާ މިނިވަންކަމަށް ހެދިގެން އުޅުނަސް ކަލޭ ތިއީ މުޅި ގައިގަ ރީނދޫ ވަށައިގެން އުޅޭ އެމީހުންގެ އެކްޓިވިސްޓެއް، އަމިއްލައަށް އެއްމެ މޮޅު ނޫސްވެރިޔާ ކަމަށް ހެދިގެން އުޅޭ މީހެއް. ވެންޓިލޭޓަރު ވައްކަން، މުއިއްޒު ހޮވުމާ ސާލިހު ވަކިވުމާ ދޭތެރޭ އޭނަ ފޭސް 2 އިން ނުއަގުގަ ވިއްކިހާ ބިން. މިއިން އެއްވެސް ކަމަކަށް ކަލެއަށް ކެރުނުތަ ރިޕޯޓެއް ލިޔަން ކަލޭގެ މިނިވަން ގަލަމުން.
7 24

ޖޫންޖުލައި

28 އޯގަސްޓު 2025
ފަލާޙުމެން އެ ބުނަނީ ރިޝްވަތުގެ ފައިސާއިން ގޮނޑި ގަތީއޭ. އެކަން ބެލޭނެ މީހަކު ނެތް. ދެން އެބުނީ އުލަށް އަމުނާފަ، މަރާފަ އިރަށް ދޮންކުރާށޭ. އެކަމާ ކަންބޮޑުވާ ސިޔާސީ ލީޑަރެއް ނެތް. އެވަރު އެއްޗެއް ބުނެގެން ފަލާޙް ހާޒިރުކުރެވޭނެ ފުލުހުންގެ އިދާރާއެއް ނެތް. މާދަމާ މޫސަ ޕޮލިހަށް ދަމާ ކޯޓަށް ދަމާނީ ފަލާޙުގެ އަބުރު ގެއްލިގެން!
18 1

އަފުން

28 އޯގަސްޓު 2025
ފަލާހަށް މަލާމަތް ކުރާއިރު މިއަދު އޭޖީއާ ނުސްވެރިންނޭ ކިޔާ "ގޭންގް" ކުދިން ބައްދަލުކުރި އިރު "އަޅުގަނޑު ވިދާޅުވީއޭ"، އަޅުގަނޑު ވިދާޅެއްނުވަމޭ" ކިޔާގެންވެސް ވާހަކަދައްކާ އަޑު އިވޭ، ކޮން ފެންވަރެއްބާ ހުރީ. މޫސަމެންގެ ޒާތީ ހަސަދަ ފިލުވަން ބޭނުންކުރާ ޓެގް "ނޫސްވެރިން".
4 20

ތަލަ މޫސަ

28 އޯގަސްޓު 2025
މޫސަމެން ހީ ކުރަނީ މީ ބޭނުންހާ ގޮތަކަށް އުޅެވެން ޖެހޭނެއޭތަ؟ ދޮންއަމައޭ / ދޮންދަރިއޭ ކިޔާފަ ބޭނުންހާ ގޮތަކަށް ޑޮކިއުމެންޓްރީ ހެދިއިރު ތި އަމިއްލަ އަށް ރޭގިއުލޭޓްވެގެން ކުރީ ކޮންކަމެއް. ޢެހެންވީމަ ރަގަޅަށް ރެގިއުލޭޓް ކުރަންޖެހެނީ
11 28

ތަލަަ އީސަަ

28 އޯގަސްޓު 2025
@ތަލަ މޫސަ ބަލަަ، ރައީސަށްް ލިބިގެންވާާ ހައްގެއްް އެއީީ އެފަދަަ ތުހުމަތަކަށްް ޖަވާބުު ދިނުންް. އެދުވަހުު އެއަަށްް ޖަވާބުު ދިންނަމަަ ޑޮކިއުމަންޓްރީގެެ ހުރި ކިހާާ ހަގީގީީ ވާހަކަަ ތަކެއްކަންް އެނގޭނެެ. އެކަމަކު، ކޮމިއުކޭޝަންް "ސްޓްރެޓަޖިސްޓް" ގެ ލަފާގެެ މަތިންް އެކަންް ނުކުރިި. އަސްލުު ހަގީގަތަކީީ މުޅިި ސަރުކާރުގެެ ފޭލިއާާ އަކިި މިބުނާާ ސްޓްރެޓަޖިސްޓްގެެ ލަފާކަން.
16 4

ބޯފަން މޫސަ

28 އޯގަސްޓު 2025
@ތަލަ މޫސަ ބުަނން ވަހަކ އެް، ތިޔަ ބުނަ ވަހަކ ތަކެއް ލިޔުނީކީ ރެޖިސްޓަރޑް ނޫސް ތަކަކު ނޫން ދީ ...
8 3

ތަލަ މޫސަ

30 އޯގަސްޓު 2025
@ބޯފަން މޫސަ ތި ބޭފުޅާ އަށް ހަމަ ނޭގެނީތޯ ނޫނީ ގަސްެުތުގައި އޮޅުވާލަނީ ތޯ. ދޮން އަމާ ހެދީ އަދަދު ނޫސް އިން ދޮންދަރި ހެދީ ޗެނަލް 13 އިން.ގަބޫލް ކުރެވޭ ގޮތުގައި މީ ރަޖިސްޓަރޑް ތަންތަން.
3 0

ތަލަވަމުންދާ އިސްމާލު

30 އޯގަސްޓު 2025
@ތަލަަ އީސަަ ތިޔަ ބުނީ ވަރަށް ބޮޑު ތެދެއް. މި ސަރުކާރުގެ އެންމެ ބޮޑު ބަލިފަޔަކީ ތިޔަބުނާ އިސްތިރާޖިސްޓު ޑައިނަސޯ. މި ޒަމާނުގެ ޕީއާރު ނޭނގޭ ފަންކާ ޑައިނަސޯއާ ކުޑަ ޑައިނަސޯއާ ލައިގެން މުއިއްޓެ ވެރިކަން ކުރަން އުޅޭތީ ހަފްތާއެއް ވަންދެން ނޫސްވެރިން ކައިރިން އަނދާފަ ވީކެނޑުގަ މަތި އޮމާންކުރަން ހުކުރު ދުވަހުގޮސް ސިޓްރަން ކުރިމަތީ ޕާކުގަ އުޅެންޖެހެނީ.
1 0

ހިމާރުލްގައުމު

28 އޯގަސްޓު 2025
ކަލޯ މިނިވަން ނޫސްވެރިޔާ މޫސާ ލަތީފޫ. ނެތްތަ ޔާމީންއާ ބެހޭގޮތުން ލިޔަލާނެ އެއްޗެއް ނެތްތަ ކަލޭގެ މިނިވަން ގަލަމުން
5 28

ކިނަރަން

28 އޯގަސްޓު 2025
މިވަގުތު މިއޮތީ ރާއްޖޭގެ މަޖިލިސް ތާރީޚުގައި އައި އެންމެ ފެންވަރުދަށް މަޖިލިސް. ވަކިވަކިން މެމްބަރުން ޗެކްކުރައްވާ. އޭރުން ޔަގީން ކުރެވޭނެ
33 2

ހުވަދޫ އަހައްމަދޭ

28 އޯގަސްޓު 2025
މި ލޔުން ކިޔާލީމަ މިއެނގުނީ ފަލާހުއާ ތިބޭފުޅާއާ އެއްވެސް ތަފާތެއް ނެތްކަން. ފަލާހުގެ ލެވެލްއަށް ތިބޭފުޅާވެސް ޖަޒުބާތީވެ ވެއްޓިވަޑައިގެންފިކަން. އެހެންވީމަ ކޮން ޕްރޮފެޝަނަލް ނޫސްވެރިކަމެއްތޯ ކުރެވޭނީ.
9 35

ހިމާރުލްގައުމު

28 އޯގަސްޓު 2025
މޫސާ ލަތީފަކީވެސް މާ ޕްރޮފެޝަނަލް ނޫސްވެރިއެއް ނޫން، މިދިޔަ ވެރިކަމުގަ ރަނގަޅު ނޫން އެއްވެސް ކަމެއް ނެތީމަތޯ މިދިޔަ ވެރިކަމުގަ ހިންގި އެއްވެސް ނުރަނގަޅު ކަމަކަށް ރިޕޯޓެއް ނުލިޔުނީ. ތިމާ ރުހޭ ވެރިކަމެއް ވީމާ ލޯ މަރައިގެން. ނުުރުހޭ ވެރިކަމައެއް ވީމަ ރަނގަޅު އެއްވެސް ކަމެއް ނޯވޭ. ނޫސްވެރިކަމުގެ މިނިވަންކަންވެސް އޮންނަން ވާނެ. ހަމަ އެއާއެކު މީހުންގެ އަބުރަށް އަރައިގަނެވިގެންވެސް ނުވާނެ.
9 26

ތެފައާސާ.

28 އޯގަސްޓު 2025
މި ޚަބަރާއި އެއްވެސް ގުޅުމެއް ނެތަސް، ހަދާނަށް އައި ވާހަކައެއް ވީމާ ބުނެލާނަން. އަހަރެމެން ކުޑައިރު ކިޔައިއުޅޭނެ، ރަށުގައި އޮންނަ އަލަ އޮޅުތަކަށް ހަމަލާދޭ ކާޅުތަކުން ސަލާމަތްކުރަން އޮޅުގައި ޖަހާފައިހުން "ކާމާ" (މީހެއް ސިފަވާގޮތަށް، ދަނޑިޖަހައި އޭގެ ބޭރުން ހެދުމެއް ލައްވައި ބޮލަކަށް މީދާ ކޭ އުނބެއް ޖަހައި އޭގައި ތޮއްޕެއް އަޅުވާފައި ހުންނަ އެއްޗެއް) މީގެ އެއްޗެއް ކިތަންމެ ރީތިކޮށްގެން އުނބުގައި އައިނު އަޅުވައި ހެދުމުން ބެގީ ޖަހައި އަތަރު ޖަހައިގެން ގެންގޮސް އެދުރުގޭގައި އެ ބޭންދިޔަކަސް އެއަކަށް އަކުރު އަޅާކަށް ނޭގޭނެއޭ، އެއަށް ވާނޭކަމަކީ އޮޅުގައި ހުރެގެން ކާޅު ފެއްސުމޭ.
27 1

ސަނައްޓޭ

28 އޯގަސްޓު 2025
މި އާރޓިކަލް.ކިޔާލީމާ މޫސާ.ލަތީފެކޭ ފަލާހެކޭ ނެތް ހަމަ އެއްވެސް ތަފާތެއް.
8 31

މޫސަ

28 އޯގަސްޓު 2025
ފަލާހަކީ ހަގީގަތުގަވެސް އެތެރޭގަ އެއްވެސް އެއްޗެއް ނެތްމީހެއްކަން ދައްކާ ވާހަކަތަކުން އެނގޭ. ފައިސާގެ ނުފޫޒުން ގޮނޑި ހޯދައިގެން ފަޟީހަތް ވުމަށް ވުރެ ސަފާރީ ވިޔަފާރީގަ ކުރިއަށް ދާން ދުރުގަ ހުރުމަށް ފަލާހަށް ނަސޭހަތްތެރިވަން. ފަލާހު ޕީޖީ ލީޑަރަކަށް ހެދި ސަބަބު ވަރަށް ރަގަޅަށް އެނގޭ މީހެއް މަށަކީ
29 3

މުޙައްމަދު ބިން ޢާދިލް

28 އޯގަސްޓު 2025
ޤާނޫނުގެ ފުރިހަމަ މަފްހޫމެއް ފަހުމު ނުވާކަމަށް ބުނެ ފަލާހުގެ ޒާތަށް (ކުޅަނދުހަމަނުވާކަމަށް) މޭރުމަކުން ލިޔެފައިވާ އިރު ލިޔުންތެރިޔާއަކަށް ނޭގެ!މިބިލަކީ ނޫންވެރިކަމުގެ ބިލެއް ނޫން، މިބިލަކީ މީޑިއާއި ބެހޭ ބިލެއް، މީގެ ތެރޭގައި ސޯޝަލް މީޑިއާވެސް ހިމެނޭ! ރަޖިސްޓަރީކޮށް ހިންގާ ރަނގަޅު މީޑިއާއެއްގެ ގޮތުގައި ދައުރު ހިމެނޭ. ދައުރުން މިބިލާއި މެދު ޒާތީ ނުވުމަށް ގޮވާލަން، ފަލާހު ޒާތޯ ނުވުމަށް ގޮވާއިރު ނޫސްވެރިންވެސް މިކުރެވެނީ އެއްކަމެއް. ގުދޯ ގުދޯ ގޮވުން. ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުން އެއީ މިބިލުގެ އެއް މަޤްޞަދު. ފަލާހު ވިޔަސް އެއީ އިންސާނެއް. އޭނާވެސް ޖަޒުބާތުގަ ޖެހުން އެއީ މައްސަލައެއް ނޫން! ދެންވެސް މިބިލު އަނބުރާ ނެގުމުގެ ބަދަލުގައި ފަސްކުޅަނދު ހަމަވާ މީހުން ކުރަންވީ ކަމަކީ ބިލުގެ މައްސަލަތައް ކިޔައިދީ އެކަމަށް އެކަށޭނެ ޙައްލު ހޯދުން. ޤާނޫނުލް އުޤޫބާތު ފާސްކުރަން އުޅުނީމާ ޢިލްމުވެރިން އުޅޭހެން ނޫސްވެރިން ތިއުޅެނީ. އެހެންޏާ! ބޭރުކުރަން ގޮވުން ފަސޭހަތާ. ކޮބާބާ ކިޔަވައިގެން ތިބިމުގެ ބޭނުން. ޢިލްމެއް ނެތްތާ ޙިލްމެއްވެސް ނެތް
7 26

ގަދަ

28 އޯގަސްޓު 2025
ރީތިކޮށް އަަޅާލާފައި މިއޮތީ. ހެހެހެ ގުޑް.
26 5

ފީލިންފ

28 އޯގަސްޓު 2025
@ގަދަ ހަހަހަ އެބުނާހެން، މޫސަ މީ ގަދަ ގޮލައެއް
17 5

އަފުން

28 އޯގަސްޓު 2025
@ފީލިންފ މޫސައަކީ މީހުންނާ ޒާތީކޮށް ވިއްދާލާ، ޒާތީ ނޫސްވެރިއެއް، އެތިކްސް ހިފެހެއްޓޭ މީހެއް ނޫން.
4 14

އިތުރު އާޓިކަލް

އިތުރު އާޓިކަލް