ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު. (ފޮޓޯ/ ރައީސް އޮފީސް)

ގާޒީ އަލީ ނަސީރަށް އަދަބު ދޭން ފޮނުވާލީ ފެލިދޫ ކޯޓަށް

ސުލޫކީ މައްސަލައެއް ސާބިތުވެ އަލީ ނަސީރު މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކުރަން ނިންމީ ސެޕްޓެމްބަރު 22 ގައި
30 ސެޕްޓެމްބަރު 2021

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަލީ ނަސީރާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ހުރި މަގާމަށް ވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރަން އެ ކޮމިޝަނުން ނިންމީ ސެޕްޓެމްބަރު 22 ގަ އެވެ.

ތަފްސީލް - އެ ނިންމުމާއެކު، އަލީ ނަސީރު ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ސިވިލް ކޯޓުގެ ދެ މައްސަލައެއްގައި ހިމެނޭ މީހުން، އެ ދެ މައްސަލަ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ސަބަބެއް އެ ވަގުތު ނެތް ކަމަށް ކަނޑައަޅައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރުމުންނެވެ.

ޖޭއެސްސީން ބުނީ ދައުވާ ފޯމު ބާތިލުކުރަން އަލީ ނަސީރު ނިންމެވީ، އެ މައްސަލައިގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން، އަލީ ނަސީރު ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ޖޭއެސްސީން ނިންމީ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް