ޖާބިރު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އެނާ ވަނީ ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލައްވާފައި
ރާއްޖޭގައި ދީނީ މިނިވަންކަން ދޭން މަޖިލީހުގައި ޖާބިރު ގޮވާލައްވައިފި
ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތުދީ، ދިނީ މިނިވަންކަން ވެސް ދޭން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިސް ތަޅުމުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލައްވައިފި އެވެ.
ބުނީ ކީކޭ - މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވީ މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ވެސް ބުނެ އޭނާ ވަކާލާތުކުރެއްވި އެވެ.
ޖާބިރު އެގޮތަށް ވިދާޅުވީ ގުރުއާންގެ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ. ޖާބިރު ވިދާޅުވި އާޔަތުގެ މާނައަކީ "ތިޔަ ބައި މީހުންނަށް ތިޔަ ބައި މީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެ ފާނަށް ތިމަން ކަލޭގެ ފާނުގެ ދީނެ"ވެ.
"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދުކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެއޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ:
-
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާ މަޖިލީހުން ތަހުގީގުކުރަން ޖެހޭ
-
ޖާބިރަށް މަތިވެރިން ހަމަލާ ދިން މައްސަލަ ވެސް މަޖިލީހުން ބަލަން ޖެހޭ
-
ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލަ ވެސް މަޖިލީހުން ބަލަން ޖެހޭ
އެނގުން މުހިންމު - ދީނީ މިނިވަންކަމަށް ޖާބިރު ގޮވާލެއްވި ނަމަވެސް، އެއީ ރާއްޖޭގެ ގާނޫނުއަސަސީއާ ހިލާފު ކަމެކެވެ. އަދި މީގެ ކުރިން މަޖިލިސް ތަޅުމުގައި މިހާތަނަށް އެއްވެސް މެންބަރަކު ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލިކަމެއް އެނގިފައެއް ނުވެ އެވެ. އަދި ރާއްޖޭގައި ދީނީ މިނިވަންކަން އޮތުމަކީ ގިނަ ދިވެހިން ރުހޭ ކަމެއް ވެސް ނޫނެވެ.
ގާނޫނުއަސާސީގެ 10 ވަނަ މާއްދާ:
-
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން އަދި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ އެންމެ މައިގަނޑު މަސްދަރު
-
އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނެހެދޭނެ
މިފަހަކަށް އައިސް ޖާބިރު ގެންދަނީ އަހުލާގީ އާންމު މިންގަނޑާ ހިލާފު ކަންކަން ކުރައްވަމުންނެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (2)
އިބްރާހިމް
ކަލޭ