ފައްޔާޒު މީގެ ކުރިން ކެމްޕެއިން ދަތުރެއްގައި ލ.އަށް ކުރެއްވި ދަތުރެއްގެ ތެރެއިން: ގަމު ދާއިރާގެ އެމްޑީޕީ ރައީސަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި (ފައިލް ފޮޓޯ/ ވިސާމް)

ފައްޔާޒު ރައިސަކަށް ހުންނެވި ގަމު ދާއިރާގެ ބައި-އިލެކްޝަން ބާއްވަނީ

މި އިންތިހާބަށް ކުރިމަތިލުމަށް މިއަދު އެމްޑީޕީން ވަނީ ހުޅުވާލާފައި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން އެ ޕާޓީގެ ގައުމީ މަޖިލީހުގައި އޭނާ ފުރުައްވަމުންދިޔަ ގަމު ދާއިރާގެ ރައީސްކަން ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިއަދު ކުރި އިއުލާންގައި ބުނީ، މިއަދުން ފެށިގެން މިމަހު25އަށް ގަމުދާއިރާގެ ރައީސަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ތަފްސީލު - އިއުލާންގައިވާ ގޮތުން މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، މިމަހު 25 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިންނެވެ. މަގާމަށް ކުރިމަތިލައްވަން ޖެހެނީ، 50 މީހުންގެ ތާއީދާއެކު އެވެ.

އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު މިއަދު 'ދައުރު'އަށް ވިދާޅުވީ، މި އިންތިހާބުގެ ވޯޓުލުން އޮންނަނީ، އަންނަ މަހު ދެ ވަނަ ދުވަހު ކަމަށެވެ.

އިންތިހާބުގެ މުހިންމު ތާރީހްތައް:

  • ޖޫން 20: ބައި- އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލުން

  • ޖޫން 22: ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުންކުރި

  • ޖޫން 25: ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މެންދުރު12 އަށް ހަމަވުން

  • ޖޫން 25: ކުރިމަތިލުމުގެ ސުންގަޑި މެންދުރު 12 އަށް ހަމަވުން

  • ޖޫން 26: ކެންޑިޑޭޓުންގެ ލިސްޓް އާންމުކުރުން

  • ޖޫން 27: ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކުރުން

  • ޖުލައި 2: ވޯޓުލުން ކުރިއަށް ގެންދިޔުން

އެނގުން މުހިންމު - އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ފައްޔާޒަކީ، މިދިޔަ ދެ ދައުރުގައިވެސް އެ ދާއިރާގެ އެމްޑީޕީ ރައީސް އެވެ. އެންމެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ މަޖިލިސް އިންތިހާބުގައި ފައްޔާޒު އެ މަގާމު ދިފާއު ކުރެއްވީ، 723 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ %70 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް