ސްޓެލްކޯ ކުރިމަތި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ގަޑިއެއްހާއިރު ފަހުން މާލެއަށް ކަރަންޓް ދީފި

ކަރަންޓް ކެނޑެން ފެށީ ފަތިހު 4 ޖަހާ އެހާއިރުލ މުޅި މާލެއިން ކަރަންޓް ކެނޑުނީ 7:15 އެހާއިރު

ޓެކްނިކަލް މައްސަލައެއް ދިމާވެ، މިއަދު ހެނދުނު މުޅި މާލެ އިން ކަރަންޓު ކެނޑިފައި އޮންނަތާ ގަޑިއެއްހާއިރު ފަހުން މާލެއަށް އަލުން ކަރަންޓް ދީފި އެވެ.

ވީ ކިހިނެއް؟ - އެންމެ ފުރަތަމަ މާލެއިން ކަރަންޓު ކެނޑެން ފެށީ ފަތިހު ހަތަރެއް ޖެހި ފަހުންނެވެ. އެގޮތުން:

  • އޭރު ކަރަންޓު ދިޔައީ މާލޭގެ ބައެއް ހިސާބުތަކުން 

  • އޭގެ ގަޑިއެއްހާ އިރު ފަހުން، ފަތިހު 5:30ގައި ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދިން 

  • އަނެއްކާ ވެސް ހެނދުނު 7:10 އެހާއިރު މުޅި މާލެ އިން ކަރަންޓް ދިޔަ

ބުނީ ކީކޭ؟ - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މާލެ އިން ކުއްލިއަކަށް ކަރަންޓު ކެނޑުނީ ދިމާވި "އާތު ފޯލްޓަކުން" ކަމަށެވެ. އެ މައްސަލަ ކުރިމަތިވީ، އޭނާ ވިދާޅުވި ގޮތުގައި، ކަރަންޓް ދޭން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ފީޑަރުތަކުގެ ތެރެއިން އަށް ވަނަ ފީޑަރުގެ ސްވިޗު ގިޔަރުގެ މައްސަލައެއް ޖެހިގެންނެވެ.

ތަފްސީލް - އެ ފީޑަރު ހިމެނޭ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކަށް ހެނދުނު 8 ޖަހާ އެހާއިރު ސްޓެލްކޯ އިން ވަނީ އަނބުރާ ކަރަންޓް ދީފަ އެވެ. 

ޝަރީފް ފާހަގަކުރެއްވި ގޮތުގައި:

  • އަށް ވަނަ ފީޑަރު ހިމެނޭ ސަރަހައްދަށް ކަރަންޓް ދެވުނީ އާ ކޭބަލެއް އަޅައިގެން ކަމަށް ވާތީ، އެ ކަމަށް ގަޑިއެއް ހާއިރު ނެގި

ފާހަގަކޮށްލެވޭ ކަމެއް - މުޅި މާލެ އިން ކަރަންޓު ދިޔައީ އޮފީސްތަކާއި ސްކޫލުތަކަށް ދާން މީހުން ތައްޔާރުވާ ގަޑީގަ އެވެ. އެކަމާ ގުޅިގެން ފިހާރަތަކާއި ކެފޭތައް ވެސް އެ ވަގުތު ބަންދުކުރި އެވެ. އަދި އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއެރި އެވެ.

ސްޓެލްކޯ އިން ބުނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް