ސްޓެލްކޯގެ މައި އިމާރާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވީ ޑިސްކައުންޓް ނެތީމާ: ޔުޓިލިޓީ އޮތޯރިޓީ

ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވޭ
28 ސެޕްޓެމްބަރު 2021

މިދިޔަ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ދެއްކީ އޭގެ ކުރީ މަހުގެ ބިލުގައި ހިމެނި ޑިސްކައުންޓު ޖުލައި މަހުގެ ބިލުގައި ހިމަނާފައި ނުވާތީ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވަނިކޮށް އެކަން ބެލުމަށް ފަހު އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ:

  • ސްޓެލްކޯ އިން ޖުލައި މަހު ފޮނުވި ބިލުތަކަކީ ޖޫން 10 އިން ޖުލައި 10އާ ދެމެދު ކަރަންޓް ބޭނުންކޮށްފައިވާ ވަރަށް ބަލައިގެން ހަދާފައިވާ ބިލުތަކަކަށް ވިޔަސް އެ ބިލު ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުކަން

  • އެ ބިލުގައި އީދު ބަންދުގެ މުއްދަތު (ޖުލައި 19 އިން 30 އަށް) ބިލުކުރި މުއްދަތު ނުހިމަނާ

  • އީދު ބަންދުގައި ކަރަންޓު ބޭނުންކުރި ވަރު ޖުލައި މަހުގެ ބިލުތަކުގައި ހިމަނާފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީ

  • އީދު ބަންދުގައި ކަރަންޓު ބޭނުންކުރި މިންވަރު ފެންނާނީ އޮގަސްޓު މަހު ފޮނުވި ބިލުތަކުން

އެނގުން މުހިންމު - ޖޫން މަހު ފޮނުވި ބިލުތަކަށް، ކޮވިޑާ ގުޅިގެން ސަރުކާރުން %40ގެ ޑިސްކައުންޓެއް ދިނެވެ. އެހެންވެ، ޖުލައި މަހު ކަސްޓަމަރުންނަށް ފޮނުވި ބިލުތަކުގައި ޑިސްކައުންޓް ހިމަނާފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީ ކަމަށް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ.

ސްޓެލްކޯ އިން ވެސް ކުރިން ބުނެފައިވަނީ އެހެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް