އެމްއެންޔޫން ބާއްވާ ފުރަތަމަ ޖޮބް ފެސްޓިވަލް 'ފަހި ފުރުސަތު' މިއަދު ފަށަައިގެން ކުރިއަށްދަނީ. (ދައުރު ފޮޓޯ)

އެމްއެންޔޫ 'ފަހި ފުރުސަތު' ޖޮބް ފެސްޓިވަލްގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް

މި ފެސްޓިވަލްގައި އެކި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ރިސޯޓުތައް ހިމެނޭ ގޮތަށް ޖުމުލަ 30 އެގްޒިބިޓަރުން ބައިވެރިވޭ

'ފަހި ފުރުސަތު'ގެ ނަމުގައި ކުރިއަށްގެންދާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފުރަތަމަ ޖޮބް ފެސްޓިވަލް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްގެންދާ އެ ޖޮބް ފެސްޓިވަލް އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްއެންޔޫގެ 'ފަހި ފުރުސަތު' ޖޮބް ފެސްޓިވަލް އިފްތިތާހުކޮށްދެއްވަނީ. (ދައުރު ފޮޓޯ)

ތަފްސީލު - މި ފެސްޓިވަލްގެ މައިގަނޑު މަގްސަދަކީ، އެމްއެންޔޫން ބުނި ގޮތުގައި، އެ ޔުނިވާސިޓީން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ވަޒީފާ ހޯދަން އެހީވެެދީ، އެކި ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އާންމުންނާއި ދަރިވަރުންނަށް ބަލައިލެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ.

ފަހި ފުރުސަތު ޖޮބް ފެސްޓިވަލް

  • އެ ފެސްޓިވަލުގައި 30 އެގްޒިބިޓަރުން ބައިވެރިވި

  • ފެއާ ކުރިއަށްދާނީ މިރޭ 10 ޖެހުމާ ހަމައަށް

  • އޭގެ ތެރޭގައި އެކި މިނިސްޓްރީތައް، ރިސޯޓުތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭ

  • ސްޓޯލްތަކަށް ޒިޔާރަތްކޮށް، އެކި ދާއިރާތަކުން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ލިބޭނެ

  • ފެސްޓިވަލްގެ ތެރެއިން ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނެ

އެނގުން މުހިންމު - އެމްއެންޔޫން 'ފަހި ފުރުސަތު'ގެ ނަމުގައި މުޅިން އަލަށް ފެށި މި ޖޮބް ފެސްޓިވަލް ތާވަލުކޮށްފައިވަނީ އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް