މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މައި އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެންޔޫން އެކައުންޓިން ދާއިރާގެ ކޯސްތަކެއް ހިލޭ ހިންގަނީ

މި ކޯސްތަކުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް 5،000ރ.ގެ އެލެވަންސެއް ކޮންމެ މަހަކު ލިބޭނެ

އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ)އާ ގުޅިގެން އެއްވެސް ފީ އަކާ ނުލާ، އެކައުންޓިން އާއި ފިނޭންސްގެ ދާއިރާގެ ޕްރޮގްރާމްތަކެއް ހިންގަން ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)އިން ތައްޔާރު ވެއްޖެ އެވެ.

ބުނީ ކީކޭ؟ - އެމްއެންޔޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ކޯސްތަކެއް ހިންގަން ނިންމީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ކުރިއެރުވުމަށް ކަމަށެވެ.

މި ކޯސްތައް ހިންގަނީ، އެމްއެންޔޫން ބުނި ގޮތުގައި، ވޯލްޑް ބޭންކުގެ އެހީގެ ދަށުން، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. އެގޮތުން ހިންގާ ކޯސްތަކަކީ:

  • ގައުމީ ސަނަދުގެ އޮނިގަނޑުން ބަލާއިރު ލެވެލް ހަތަރެއްގެ ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތަކެއް؛ އެއީ އޭއޭޓީގެ ސެޓްފިކެޓް ތިނެއް އަދި ހަތަރެއް

  • ގްރޭޑް 10 ނިންމާފައިވާ ނަމަ ނުވަތަ ދާއިރާއާ ގުޅޭ ތަޖުރިބާ ހުރި ކޮންމެ ފަރާތަކަށް ބައިވެރިވެވޭ

  • އަށް މަސްދުވަހުގެ ކޯސްތަކެއް

  • ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 22ގައި؛ އޮންލައިންކޮށް ފޯމު ހުށަހެޅޭނެ

  • ކިޔެވުން ފަށާނީ މި މަހުގެ 29ގައި

  • ބައިވެރިވާ ކޮންމެ ދަރިވަރަކަށް 5،000ރ.ގެ އެލެވަންސެއް ކޮންމެ މަހަކު ލިބޭނެ

އެމްއެންޔޫން ބުނީ މިއީ އެއްވެސް ފީ އަކާ ނުލާ ހިންގާ ޕްރޮގްރާމަކަށް ވާތީ، އިމްތިހާނުތަކުގައި ބައިވެރިވުމަށް ހިނގާނެ ހުރިހާ ހަރަދަކާއި އެ ނޫން ވެސް ހަރަދުތައް ކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. 

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް