ޔާމީންގެ ގޭގެ ދޮރަށް ސްޕްރޭ ޖަހައި މަގުމައްޗަށް ކަރުދާސްތަކެއް އަޅާފައި. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ޔާމީންގެ ގެއަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެ އާއި ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމްގެ އޮފީހުގެ ދޮރަށް ސްޕްރޭ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި ޔާމީންގެ ފޮޓޯ ހިމެނޭ ކުރެހުމެއް ސްޕްރޭކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރެ އެވެ. އެގޮތުން:
-
އެ ކުރެހުން ޔާމީންގެ ގޭގެ މައި ދޮރަށާއި ގަރާޖުގެ ގޭޓަށް ވެސް ސްޕްރޭކޮށްފައި ހުރި
-
އެ ދެ ތަނުގެ ކުރިމައްޗަށް ކަރުދާސްތަކެއް ވެސް އަޅާފައި ހުރި
-
އެ ކަރުދާސްތަކުގައި ވެސް ޔާމީނަށް ވައްކަމުގެ ތުހުމަތުކޮށް، އެ މަނިކުފާނު ހައްޔަރުކުރުމަށް ވެސް ގޮވާލާފައި ހުރި
ތަފްސީލް - ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބުނީ ކީކޭ؟ - ތަރުޖަމާނު ވިދާޅުވީ ހައްޔަރުކުރި މީހާގެ ބަންދާމެ ދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޔާމީންގެ ގެއަށާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިނީ، ޔާމީން ހައްޔަރުކުރުމަށް ގޮަވާލައި ޔާމީންގެ ގެ ކުރިމަތީގައި މުޒާހަރާ ކުރި ފަހުންނެވެ.