ހޯދަން އިއުލާން ކުރި ހަތް މީހުންގެ ތެރެއިން ދެ މީހަކު: އެމީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައި

ގޭންގު ކުށްތައް

ހޯދަން އިއުލާން ކުރި 2 މީހަކު ހައްޔަރުކޮށްފި؛ ފަސް މީހަކު އަދިވެސް ހޯދަނީ

އެ ދެމީހުންވެސް މާރާމާރީ ހިންގިތަން ފެންނަ ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތައް ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި

އީދު ބަންދު ތެރޭގައި މާލޭގައި ހިންގި ސިލްސިލާ ގުރޫޕް މާރާމާރީތަކާ ގުޅިގެން މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުން ހޯދަން އިއުލާން ކުރި ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު އިއްޔެ ކޯޓުން ޖަހައިފި އެވެ. އަދި ބާކީ ތިބި ފަސް މީހުން އަދިވެސް އަންނަނީ ހޯދަމުންނެވެ.

މައްސަލައިގެ ފެށުން - ކުޑަ އީދު ދުވަހުގެ ރެއިން ފެށިގެން ހިންގި ސިލްސިލާ މާރާމާރީތަކުގައި ވަޅި ހަރައި ފަސް މީހުންނަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެ އެވެ. އެ މާރާމާރީތައް ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގައި ތޫނު ހަތިޔާރާއެކު ބައެއް މީހުން ހައްޔަރުކޮށްފައިވެސް ވެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ، ހޯދަން އިއުލާން ކުރި މީހުންގެ ތެރެއިން ދެ މީހަކު މިިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި ފަސް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލު - ހައްޔަރު ކުރި ދެމީހުންނަކީ:

  • 1-

    އަޙްމަދު ޝިމްހާޒު، 22، ތ. ތިމަރަފުށި/ ސީނުގެ

  • 2-

    ލޫތު އަހްމަދު އާސިދް،18 ، މ. ލޮނުމިދިލިގެ

އެ ދެ މީހުންގެ ބަންދަށްވެސް އިއްޔެ ކޯޓުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފަ އެވެ. ފުލުހުން އެ ދެމީހުންނަށް ކުރާ ތުހުމަތަކީ:

  • ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން

  • މުޖުތަމައުގެ އަމަން ނަގާލުން

ކޯޓު އަމުރުން އެނގޭ ގޮތުގައި ކުށުގެ ރިކޯޑު އޮންނަ އެ ދެމީހުން މަރާމާރީ ހިންގިތަން ފެންނަ ސީސީޓީވީ ފޫޓޭޖުތަކެއް ފުލުހުންނަށް ވަނީ ލިބިފަ އެވެ. އަދި އެ ވީޑިއޯތަކުގެ ސްނެޕްޝޮޓްތަކެއް ފުލުހުންގެ ހެކީގެ ގޮތުގައި ކޯޓަށް ވެސް ހުށަހެޅި އެވެ.

ހޯދަން އިއުލާން ކުރި މީހުންގެ ތެރެއިން ހައްޔަރު ނުކުރެވޭ މީހުން:

1. މައުސޫމް މުހައްމަދުދީދީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، (27އ)

2. އަހުމަދު ރަބީއު، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ (24އ)

3. އަހުމަދު ނާޒިހު، ގއ. ގެމަނަފުށި/ ކެނެރީގެ(27އ)

4. މުނާދު ޖައުފަރު، ސ. ހުޅުދޫ/ ނާދީ (20އ)

5. އަހުމަދު ސާތިއު، ސ. މަރަދޫ/ ކޮރަލް(21އ)

މާރާމާރީތަކާ ގުޅިގެން ފުލުހުންނަށް ފިލައިގެން އުޅޭ ފަސް މީހުން

ފުލުހުން އެދުނީ، އެ މީހުންނާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ:

  • ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް

  • ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް

އެނގުން މުހިންމު - މި ހަތް މީހުންނަކީވެސް ހޯމަ ދުވަހު ޖަނަވަރީ މަގުގައި ހިނގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާން ކުރި ހަތް މީހުންނެވެ. އެ މަރާމާރީއާ ގުޅިގެން ފަހުން ހައްޔަރު ކުރި ޝިމްހާޒް އާއި ލޫތާއެކު ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް