މާރާމާރީގެ މައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކުރި ހަތް މީހުން

ގޭންގު ކުށްތައް

ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން 7 މީހަކު ހޯދަނީ

ފުލުހުން އެދުނީ، އެ މީހުންނާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް
5 މޭ 2022

އީދު ބަންދު ތެރޭގައި މާލޭގައި ފެށިގެން ކުރިއަށް ދާ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން ހޯމަ ދުވަހު މާލޭގައި ހިންގި މާރާމާރީތަކާ ގުޅޭ ހަތް މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ. 

ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު މާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި ދެ މާރާމާރީއެއްގައި ބަޔަކު ޒަހަމްކޮށްލާފައިވެ އެވެ. އޭގެ ފަހުން ރޭ ވެސް ހުޅުމާލޭގައި ދެ ފަހަރެއްގެ މަތިން މާރާމާރީ ހިންގާފައި ވާތީ ފުލުހުން ވަނީ އެކަން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ވަރުގަދަކޮށް އޮޕަރޭޝަނެއް ފަށައިފަ އެވެ.

ތަފްސީލް - ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ' ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި' މައްސަލައަކާ ގުޅޭ ހަތް މީހަކު ހޯދުމަށް އެ މީހުންގެ ވަނަވަރާ އެކު ފުލުހުން މިއަދު ވަނީ ފޮޓޯ އާންމުކޮށްފަ އެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ:

  • 1-

    މައުސޫމް މުހައްމަދުދީދީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260 ، (27އ)

  • 2-

     އަހުމަދު ޝިމްހާޒު. ތ. ތިމަރަފުށި/ ސީނުގެ،(22އ)

  • 3-

     ލޫތު އަހުމަދު އާސިފް، ކ. މާލެ/ މ. ލޮނުމިދިލިގެ (18އ)

  • 4-

     އަހުމަދު ރަބީއު، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ (24އ)

  • 5-

    އަހުމަދު ނާޒިހު، ގއ. ގެމަނަފުށި/ ކެނެރީގެ(27އ)

  • 6-

    މުނާދު ޖައުފަރު، ސ. ހުޅުދޫ/ ނާދީ (20އ)

  • 7-

    އަހުމަދު ސާތިއު، ސ. މަރަދޫ/ ކޮރަލް(21އ)

އެނގިފައިވާ ގޮތުގައި މި ހަތް މީހުންނަކީ ވެސް ހޯމަ ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން ހޯދަމުންދާ މީހުންނެވެ.

ފުލުހުން އެދުނީ، އެ މީހުންނާ ބެހޭ މައުލޫމާތެއް އެނގޭ ނަމަ:

  • ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް

  • ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް

އެނގުން މުހިންމު - ހޯމަ ދުވަހު މާލޭގައި ހިންގި ދެ މާރާމާރީގައި ހަތަރު މީހަކު ޒަހަމްވި އެވެ. އޭގެ ތެރެއިން އައިޖީއެމްއެޗަށް ގެންދިޔަ އެކަކު ހަމަ އެ ދުވަހު ދޫކޮށްލިއިރު، ދެން ޒަހަމްވި ތިން މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރޭ ހުޅުމާލާގައި ވަނީ ދެ މާރާމާރީއެއް ހިންގައިފަ އެވެ. އެންމެ ފުރަތަމަ މާރާމާރީ ހިންގީ، ގަޑިން 9:17ހާއިރު ފޭސް 1ގައި ހުންނަ ލަޔާ ކެފޭ ކައިރީގަ އެވެ. ދެވަނަ މާރާމާރީ ހިންގީ، 9:32ގައި ފޭސް-2ގެ ބްރިޖް ކައިރީގަ އެވެ. އެ މާރާމޜިގައި ވަޅި ހެރުމުގެ ސަބަބުން ދެ މީހަކު ޒަހަމްވި އެވެ. އެ މާރާމާރީތަކާ ގުޅިގެން ފަސް މީހަކު ރޭ ހައްޔަރު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް