ސްޓެލްކޯ ހިންގާ އިމާރާތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ކުރިއަށް އޮތް ދެ އަހަރު ތެރޭ މާލެ ސަރަހައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރަން ޖެހޭނެ: މުޣުނީ

މުޣުނީ ވިދާޅުވީ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ޕްލޭނިން މަރުހަލާގައި އޮތް ކަމަށް
24 ސެޕްޓެމްބަރު 2021

ކުރިއަށް އޮތް ދެ އަހަރު ތެރޭ މާލޭ ސަރަހައްދުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރަން ޖެހޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުޣުނީ ރޭ ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރު ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ސްޓެކްލޯ ފިފުތު ޕަވާ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި މިހާރު 50 މެގަ ވޯޓްގެ ހަ ޖަނަރޭޓަރު ބަހައްޓައި ބޭނުން ކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހުޅުމާލޭގައި ބަހައްޓާފައި ހުރި 50 މެގަވޯޓު މިހާރުު ފުލީ އޮޕަރޭޝަނަލް. މިހާރު މާލެ އަށް ވެސް އޭގެއިން ކަރަންޓު އެބަ ޓްރާންސްފާ ކުރަން،" މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ބަހައްޓާފައިވާ ޖެނެރޭޓަރުތައް ފުލްކޮށް މަސައްކަތް ކުރަނީ، އޭގެން އެއްވެސް މައްސަލައެއް ދިމާވޭތޯ ބެލުމަށް ކަމަށެވެ. އަދި 50 މެގަވޯޓަކީ މިހާރު ހުޅުމާލެ އަށް ބޭނުންވާ ކަރަންޓަށް ބަލާ އިރު، ބޭނުން ކުރާ ކަރަންޓަށްވުރެ، އިތުރު އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުޅުމާލޭގެ ކަރަންޓަށް ލޯޑު ބޮޑުވާނެތީ، ކެޕޭސިޓީ އިތުުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ؛

  • ހުޅުމާލޭގައި ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ފެއްޓުމުގެ ޕްލޭނިން މަރުހަލާގައި އޮތް ކަމަށް

  • ލޯޑު ފޯކާސްޓަށް ބަލާއިރު 2023 އަންނަ އިރު މާލެ ސަރަހައްދަށް އިތުރު ކަރަންޓު ކެޕޭސިޓީ ބޭނުންވާނެ ކަމަށް

  • އެހާތަނަށް މާލެ އަދި ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށް

  • އަހަރުން އަހަރަށް ބަލާއިރު މާލޭގެ ކަރަންޓު ޑިމާންޑު %10 އިިތުރުވޭ

  • ހުޅުމާލޭގައި އިތުރުވަނީ ކުއްލި ކުއްލި އަށް، ސީދާ ޕަސެންޓެއް ވިދާޅެއް ނުވޭ

މުޣުނީ ވިދާޅުވީ ފިފްތު ޕަވާ ޕްރޮޖެކްޓުގެ ދަށުން މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލުމުން ކަރަންޓު ކެނޑުނަސް އަލުން ކަރަންޓު ދޭން ހޭދަވާ ވަގުތު ކުޑަވާނެ ކަމަށެވެ.

ފިފްތު ޕަވާ ޕްރޮޖެކްޓު

  •  ޖުމްލަ 50 މެގަ ވޯޓްގެ ކަރަންޓު އުފެއްދޭނެ ނުވަ މެގަވޮޓްގެ ހަ އިންޖީނު ބަހައްޓާފައިވޭ

  • މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅާލާފައި

  •  104 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށްގެންދިޔަ މަޝްރޫއެއް

  • 76 މިލިއަން ޑޮލަރު ހޯދީ ޗައިނާގެ އެގްޒިމް ބޭންކުން

  • ބާކީ ފައިސާ ހޯދީ ކޮންޓްރެކްޓަރު، ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަން މެދުވެރިކޮށް

  •  ފިފްތު ޕަވާ ޕްރޮޖެކްޓުގެ ދެވަނަ ފޭސްގެ ދަށުން އިތުރު 50 މެގަވޯޓުގެ ކަރަންޓު އުފައްދާނެ ޖެންސެޓުތައް ބަހައްޓާނެ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް