ސްކޫލެއްގައި ބޭއްވި ހަފްލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ސްކޫލުގެ ޓީޗަރުންނާ ސަލާމްކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތައުލީމު

މުސާރަ ބޮޑުކުރުމުން ރަށްރަށަށް ޕްރިންސިޕަލުންނާއި ޓީޗަރުން ހޯދޭނެ: ރައީސް

ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުންނާއި ޓީޗަރުން ނުލިބުމުގެ މައްސަލަ ބޮޑު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިއަދުން ފެށިގެން ބޮޑުކުރުމުން، މި ދާއިރާއަށް ވަނުމަށް މީހުން ޝައުގުވެރިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިއުލާނުކުރުމަށް މިއަދު މެންދުރުފަހު ރައީސް ވަނީ ޓީވީ ހިތޯބެއް ދެއްވާފަ އެވެ. އެ ހިތޯބުގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ނުލިބުމުގެ މައްސަލަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިއަދު ގެނައި ބަދަލަކީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު.

ޓީޗަރުކަމުގެ ފަންނާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުން ނޫން ކަމަށެވެ. އެ ދިރާސާއިން ފާހަގަކުރެވުނު މައިގަނޑު ހަތަރު މައްސަލައަކީ، ރައީސް ވިދާޅުވި ގޮތުގައި:

  • މުސާރަ ކުޑަވުން 

  • މަސައްކަތުގެ ބުރަކަމާއި މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަވުން 

  • ހައްގުތައް ކަށަވަރުނުވުމުގެ މައްސަލަ 

  • ވަސީލަތްތައް މަދުވުމުގެ މައްސަލަ 

ރައީސް ވިދާޅުވީ އެ މައްސަލަތައް ހައްލުކުރަން މިހާރު އަމަލީ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ގައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ މީހުންގެ އަދަދު ވެސް އިތުރުވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް