އައްޑޫގައި ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ އަންހެން މީހާގެ މައްސަލައިގައި އިއްޔެ ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން،

ޕީޖީ އޮފީސް

ދައުވާކުރާ ވަރަށް ހެކި ނެތިގެން އާމިނަތުދިޔެ ދޫކޮށްލައިފި

އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ ތުހުމަތުކުރެވޭ ވަރަށް ހެކި ހުރެގެން ކަމަށް ދައުލަތުން ބުނޭ
21 އޭޕްރީލު 2022

އައްޑޫގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދުވަސްވީ އަންހެން މީހާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ބަންދުން ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އާމިނަތުދިޔެ، 59 އެވެ. އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފަ އެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ، ހެއްކާއި ގަރީނާއަށް ބަލައި ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ވަނީ ނިންމައިފަ އެވެ.

ތަފްސީލް - ނަމަވެސް އޭނާ މިއަދު ވަނީ ދޫކޮށްލައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު 'ދައުރު' އަށް ވިދާޅުވީ އޭނާ ބަންދުން ދޫކޮށްލީ، އޭނާގެ މައްޗަށް ދައުވާއެއް ކުރެވޭ ވަރަށް ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ ކަމަށެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ހުރިހާ ފަރާތްތަކާ ސުވާލުކޮށް ހެއްކާ ގަރީނާ ހޯދާފައި ވާނެ ކަމަށެވެ.

މައްސަލައިގެ ތަހުގީގުގައި ހޯދި ހުރިހާ ހެކި ގަރީނާތަކާއެކު، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ އިއްޔެ އެވެ. ނަމަވެސް އެ ހެކިތައް ވަޒަންކުރުމަށް ފަހު، މައްސަލައިގައި ދައުވާއެއް އުފުލައި ސާބިތުކުރެވޭނެ މިންވަރަށް ހެކި ގަރީނާ ނެތް ކަމަށް ނިންމައި ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

އެހެންކަމުން، މިރޭ އަންހެން މީހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހެއްކާއި ގަރީނާ ހޯދަން ފުލުހުން މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އަންހެން މީހާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާ އެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރެގެން ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ. ހައި ކޯޓުން ކުރި ހުކުމްގައި ފާހަގަކުރި ހެކިތަކަކީ:

  • ކުއްޖާގެ މަންމައަށް ކުއްޖާއާމެދު ޖިންސީ އަނިޔާ ހިނގާފައިވާ ގޮތް ކިޔާދީފައިވުން 

  • އަނިޔާލިބުނު ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓް

  • ސުކޫލުގައި ކުއްޖާގެ ބެލުމާ ހަވާލުވެ ހުރި ފަރާތުގެ ބަޔާން

ތަހުގީގު މަރުހަލާގައި އޭނާ ބަންދުކުރަން ނިންމީ މައްސަލާގައި ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި ތުހުމަތުކުރެވޭ މީހާއާއިއެކު މަސައްކަތްކުރާ މީހުން ތިބި ކަމަށް ބުނާތީ އާއި ތުހުމަތުކުރެވޭ މީހާ ބަލަމުންދާ 18 އަހަރުން ދަށުގެ ތިން ކުދިން ތިބުމުން އެކުދިން ވެސް މިފަދަ އަމަލެއްގެ ޝިކާރައަކަށް ވެދާނެ ކަމަށް ފުލުހުން ބުނުމުންނެވެ. އަދި އަންހެން މީހާއަކީ ކުޑަކުދިން ތައުލީމު ހާސިލުކުރަމުންދާ ސުކޫލެއްގައި ޒިންމާދާރު މަގާމެއްގައި ހުރި ފަރާތަކަށް ވުމަކީ ވެސް އޭނާ ބަންދުކުރި ސަބަބެކެވެ.

ކުއްޖާ މެޑިކަލް ލީގަލް ރިޕޯޓުން ކުއްޖާގެ ކުރިމަތި ފަރާތުންނާއި، ފުރަގަސް ފަރާތުން "ފްރެޝް އިންޖަރީސް" ފެންނަން ހުރިކަމަށް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް