ހައި ކޯޓުން ހުކުމް ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި އާޒިމާ (ވ) އާއި އޭނާގެ ވަކީލުން.

ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިދޭން އެދި އާޒިމާ ސުޕްރީމް ކޯޓަށް ދަނީ

އިއްޔެ ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ އާޒިމާގެ މައްޗަށް ކުރި ދައުވާތައް ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް
21 އޭޕްރީލު 2022

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ ކަމަށް ކަނޑައަޅަން އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނި މައްސަލައިގައި އެ އެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ލިޔުންތައް ފޮނުވުމުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2019ގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ:

  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ

  • މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ

ވީ ކިހިނެއް؟ - އެ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ހައި ކޯޓުން ވަނީ އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފަ އެވެ.

ބުނީ ކީކޭ؟ - އާޒިމާގެ ވަކީލު މަރިޔަމް ނިހާޔަތު ވަނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާކަން 'ދައުރު'އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު، އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވުން ހެދި ނަމަވެސް، ޔާމީން އެ އެކައުންޓަށް ޖަމާ ކުރެއްވީ އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ. ދައުލަތުން ބުނަނީ ޔާމީން އެކަންކޮށް އޮޅުވާލަން އާޒިމާ މަގުފަހިކޮށްދިން ކަމަށެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރި ސަބަބު:

  • ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު އެ މަނިކުފާނާއި އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ދައުލަތުން ބުނޭ

  • ޔާމީން އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވީ ގޯއްޗެއް ވިއްކައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި 1 މިލިއަން ޑޮލަރު

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރި ސަބަބު:

  • އާޒިމާ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަކި ގޮތަކަށް ލިޔުން ހޯއްދެވި ކަމަށް ދައުލަތުން ބުނޭ

  • އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކު

މަދަނީ މިންގަނޑުން ބެލުން:

  • ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން މަދަނީ މިންގަނޑުން ބަލާއިރު ބަލަނީ ދައުވާއެއް ކުރުމަށް ފުދޭ ވަރުގެ ހެކިތަކެއް ހުރިކަން ނުވަތަ ނޫން ކަމުގެ މައްޗަށް

  • އެގޮތަށް ބަލާއިރު ފަނޑިޔާރުން ބަލަން ޖެހޭނީ ހުށަހެޅިފައިވާ ދައުވާ އާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް

  • އެ މަރުހަލާގައި ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަށް އެންމެ ފުނަށް ވަޒަން ކުރާކަށް ނުޖެހޭނެ

  • ހުށަހަޅާފައިވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ނުވުމަށް ވުރެ ވުން ގާތް ކަމަށް "ޕްރީޕޮންޑަރެންސް އޮފް ޕްރޮބަބިލިޓީ"ގެ ގާނޫނީ މިންގަނޑުން ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ




އިތުރު އާޓިކަލް

އިތުރު އާޓިކަލް