ހައިޑްރޯގްރަފީގެ ސާވޭ ހަދައިގެން ތައްޔާރުކުރި ޗާޓުތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ރާއްޖެއަށް ލިބެންޖެހޭ ރޯޔަލްޓީ ފައިސާގެ ޗެކް އިއްޔެ ހަވާލުކުރަނީ. (ފޮޓޯ/ޑިފެންސް)
ޗާޓުތައް ވިއްކައިގެން އިންޑިއާއަށް 24،834 ޑޮލަރު؛ ރާއްޖެއަށް 8،278 ޑޮލަރު
ރާއްޖޭގެ އުތުރުގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޖޮއިންޓް ހައިޑްރޯގްރަފިކް ސާވޭއިން ތައްޔާރުކުރި ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ރާއްޖެއަށް ރޯޔަލްޓީ ފައިސާގެ ގޮތުގައި ލިބުނީ 8،278 ޑޮލަރު ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެ ޗާޓުތައް ވިއްކައިގެން ރާއްޖެއަށް ލިބުނު ރޯޔަލްޓީ ފައިސާގެ ޗެކް އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - ހައިޑްރޯގްރަފިކް ސާވޭގެ ޗާޓުތައް ވިއްކައިގެން ލިބުނު ފައިސާގެ ޗެކް ހަވާލުކޮށްފި
އެނގުން މުހިންމު - ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރުސަތު ދެ ގައުމަށް ވެސް އޮވެ އެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން:
-
އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން
-
އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25
އެގޮތަށް ބަލާ ނަމަ، ޗާޓުތައް ވިއްކައިގެން ރާއްޖެއަށް ލިބުނު ކަމަށް ބުނާ 8،278 ޑޮލަރަކީ %25 ކަމިޝަނެވެ. އެހެންވެ، އެ އަދަދު ޖުމްލަ އަގުން ކެނޑުމުން އިންޑިއާއަށް 24،834 ޑޮލަރު އޮންނާނެ އެވެ.
-
އިތުރަށް ކިޔާލަން - ރާއްޖޭގެ ޗާޓުތައް ވިއްކައިގެން އިންޑިއާއަށް ބޮޑު މާލީ ފާއިދާއެއް
ބުނީ ކީކޭ؟ - އެ ސާވޭއާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހައިޑްރޮގްރަފީ އަކީ ކަނޑުގެ ސަރަހައްދާއި ބަނދަރުގައި އަދި ކޯސްޓަލްޒޯންގައި ކުރެވޭ އިގްތިސޯދީ އެންމެހާ މަސައްކަތްތަކުގެ ތަނބު ކަމަށެވެ.
"... ހައިޑްރޮގްރެފިކް ހިދުމަތުގެ ތަރައްގީއަށް އިންވެސްޓްކުރާ ކޮންމެ ޑޮލަރަކަށް އަނބުރާ 10 ޑޮލަރު ލިބޭނެ،" ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން، މިއީ މުސްތަގުބަލުގައި ވިޔަފާރި އާއި ކޮމާސް ކުރިއަރައިދާނެ ފަދަ ކަމެއް ކަމުގައިވުން އެކަށީގެންވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
ހައިޑްރޯގްރަފީ މެދުވެރިކޮށް ރާއްޖޭގައި ކުރިއެރުވޭނެ ކަންކަމުގެ ތެރޭގައި އިންޑިއާއިން ފާހަގަކުރީ:
-
ކަނޑުމަތީގެ ޓްރެފިކް ބެލެހެއްޓުމުގައި ރައްކާތެރިކަމާއި ޔަގީންކަން ކަށަވަރުވުން
-
ކޯސްޓަލް ޒޯން މެނޭޖްމެންޓް
-
ކަނޑުގެ ވަސީލަތްތައް ހޯދައި ދަސްކޮށް އޭގެ ފައިދާ ލިބިގަތުން
-
ތިމާވެށީގެ ރައްކާތެރިކަން
-
ކަނޑުމަތީގެ ސަލާމަތްތެރިކަން
-
ބަނދަރުތަކުގެ ތަރައްގީ
-
ގޮނޑުދޮށް ގިރުމާއި ބިން ހިއްކުމުގެ ކަންކަން ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުން
-
ސިނާއީ ރަށްރަށުން އުފައްދާ ކުނި އުކާލުމަށް ސަރަހައްދު ކަނޑައެޅުން
-
އެކުއަކަލްޗާ ހަރަކާތްތަކުގެ ކުރިއެރުން
-
ފަތުރުވެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން، މުރަކައިގެ މިންވަރު ދެނެގަތުން
-
ރާޅާއެޅުމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ރައްކާތެރި ނެވިކަން ދެނެގަނެ، ސީޕްލޭން އޮޕަރޭޓްކުރުން ރައްކާތެރި ސަރަހައްދުތައް ދެނެގަތުން
އިންޑިއާއިން ދަނީ 2004އިން ފެށިގެން ހައިޑްރޮގްރަފީއާ ގުޅޭ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"މިއީ ހާއްސަ ދާއިރާއަކަށްވެފައި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި މި ދާއިރާއިން މި ފަންނު އިތުރު އެހެން އެއްވެސް ގައުމެއްގައި ނެތްކަމުން، އިންޑިއާއިން ރާއްޖެއަށް ދޭ އެއްބާރުލުމަކީ މި ސަރަހައްދުގެ ކުރިއެރުމަށް ކޮންމެހެން ވެސް ލާޒިމްކަމެއް ކަމުގައި ދެކެން،" ހައި ކޮމިޝަނުން ބުންޏެވެ.
ހައިޑްރޯގްރަފީ ދާއިރާގައި ރާއްޖެ-އިންޑިއާގެ ގުޅުން:
-
މި ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫގައި ސޮއިކުރީ 8 ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި
-
ފުރަތަމަ ޖޮއިންޓް ކޮމިޓީ ބައްދަލުވުން ބާއްވަން އިންޑިއާގެ ވަފުދެއް ރާއްޖެ އައީ 26 ސެޕްޓެމްބަރު 2019ގައި
-
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފެއްދީ މިދިޔަ މާޗު 7ގައި
-
ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ އޮބްޒާވަރެއްގެ ހައިސިއްޔަތުން 20 ވަނަ ނޯތު އިންޑިއަން އޯޝަން ހައިޑްރޮގްރެފިކް ކޮމިޝަން ބައްދަލުވުމުގައި ބައިވެރިވެފައި
ކޮމެންޓް (1)
މުނައްވަރު