ކަރަންކާމަގުގައި ހުންނަ ސްޓެލްކޯގެ ފޮއްޓެއް ހުޅުވައިގެން އެ ކުންފުނީގެ ޓެކްނީޝަނުން މަސައްކަތް ކުރަނީ: މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ މިއަދު ވަނީ ކުރިމަތިވެފައި. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ސްޓެލްކޯ

ސްޓެލްކޯގެ ކޭބަލަކަށް ގެއްލުންވެ، މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެނީ

ކޭބަލަކަށް ގެއްލުން ލިބުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް

ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ ކޭބަލްއަކަށް މިއަދު ހެނދުނު ގެއްލުންވެ، މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9:30އިން ފެށިގެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓް ކެނޑެމުންނެވެ. ބައެއް ގެތަކަށް 30 މިނިޓް ފަހުން ކަރަންޓް އައި ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކުގެ ގެތަކުގައި ކަރަންޓެއް ނެތެވެ.

ބުނީ ކީކޭ؟ - ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ބުނީ ކަރަންޓް ދިނުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅެނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ.

"... ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް ވަނީ މެދުކެނޑިފައި. މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިން ކަމަށް ވާތީ، އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި،" ސްޓެލްކޯއިން ކުރި ޓުވީޓެއްގައިވެ އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެންގުން މުހިންމު - މިިދިޔަ ޖެނުއަރީގައި ވެސް، އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިޔާ ފްލެޓަށް ކަރަންޓް ދޭ ކޭބަލެއް ވަނީ ބުރިވެފަ އެވެ. އެއާ އެކު އެތައް ގަޑިއިރެއް ވަންދެން ހިޔާ ފްލެޓްގެ ޓަވަރުތަކުން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުނެވެ.

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް