ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު. (ފޮޓޯ/ ރައީސް އޮފީސް)

ސުލޫކީ މައްސަލައެއްގައި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުކުރަނީ

އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމަށް، މައްސަލައިގެ މައުލޫއަށް ނުބަލައި ހުކުމްކުރި ކަމަށް ޖޭއެސްސީން ބުނޭ
22 ސެޕްޓެމްބަރު 2021

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ހުރި މަގާމަށް ވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ ސިވިލް ކޯޓުގެ ދެ މައްސަލައެއްގައި ހިމެނޭ މީހުން، އެ ދެ މައްސަލަ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ސަބަބެއް އެ ވަގުތު ނެތް ކަމަށް ކަނޑައަޅައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރުމުންނެވެ.

ބުނީ ކީކޭ؟ - ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދައުވާ ފޯމު ބާތިލުކުރަން އަލީ ނަސީރު ނިންމެވީ، އެ މައްސަލައިގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.  

ތަފްސީލް - ޖޭއެސްސީން ބުނީ:

  • ކޯޓަށް ހުށަހަޅާފައިވާ ކަންކަމާ މެދު ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގައި ހިމެނޭ މީހުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް

  • އެއީ ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އަސަރުކޮށް ނާޖާއިޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާ ފަދަ ކަމެއް ކަމަށް

ނިންމުން - އަލީ ނަސީރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް