ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން (ފޮޓޯ/ޖޭއެސްސީ)

ސުލޫކީ މައްސަލަ އުޅޭ ފަނޑިޔާރުންނަށް ޝަރަފުވެރި ރިޓަޔާމަންޓާއި އިނާޔަތް ނުލިބޭނެ

ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި އިނާޔަތް ނުލިބޭނެ
6 އޭޕްރީލު 2022

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ޝަރަފުވެރިކަމާއެކު ރިޓަޔާނުވެވޭ ގޮތަށް، އަދި އެފަދަ ފަނޑިޔާރަކަށް އިނާޔަތް ނުލިބޭނެ ގޮތަށް ގަވާއިދު ހަދައި އަމަލުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީން އިއްޔެ ވަނީ 'އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ސިއްހީ ސަބަބުތަކަށް ޓަކައި އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގެޒެޓުކޮށްފަ އެވެ. އާ ގަވާއިދު ގެޒެޓުކުރުމާއެކު އަމަލުކުރަން ފެށިއިރު، ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދު ވަނީ އުވިފަ އެވެ.

ތަފްސީލް - އާ ގަވާއިދުގެ ދަށުން އިނާޔަތް ލިބޭނެ ކަމަށް ބުނެފައި ވަނީ:

  • އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ޖޭއެސްސީއަށް ލިޔުމަކުން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނުން ވަކިކުރަން ކަނޑައަޅާ ފަނޑިޔާރުން

  • ފަނޑިޔާރުންގެ ގާނޫނުގެ ދަށުން މުސްކުޅިކުރާ ފަނޑިޔާރުން

ނަމަވެސް ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާނަމަ ނުވަތަ އެ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ބަލަމުންދާ ނަމަ، އިނާޔަތް ނުލިބޭނެ އެވެ.

ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ފަނޑިޔާރަކު ކަމުގައި ކޮމިޝަނުން ބަލާނީ، އެ ފަނޑިޔާރަކު މުސްކުޅިކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހަޅާ ތާރީހާ ހަމައަށް ކޮމިޝަނުން އެ ފަނޑިޔާރަކާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ގެންދާނަމަ އެވެ. ނުވަތަ އެ ފަނޑިޔާރަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފައިވާނަމަ އެވެ.

ފަނޑިޔާރަކު މަގާމުން މުސްކުޅިކޮށްދިނުމަށް ޖޭއެސްސީއަށް ހުށަހަޅާ ތާރީހުގެ ފަހުން އެ ފަނޑިޔާރެއްގެ ޝަކުވާއެއް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ ޝަކުވާއެއްގެ ކުޑަބޮޑުމިނަށް ބަލައި ފަނޑިޔާރު މަގާމުން މުސްކުޅިކުރުމާމެދު ގޮތެއް ނިންމާނީ ވަޒީފާ ކޮމިޓީންނެވެ.

ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ފަނޑިޔާރަކު މަގާމުން މުސްކުޅިކޮށްދެވޭނީ، އެ މައްސަލައަށް ޖޭއެސްސީން ގޮތެއް ނިންމުމަށް ފަހު އެވެ.

ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް، ލިބިދެވޭ އިނާޔަތްތައް:

1- އެއްފަހަރާ ދެވޭ އިނާޔަތް:

2- މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް

3- އެހެނިހެން އިނާޔަތްތައް

4- ސިއްހީ ސަބަބަކާހުރެ ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތް

މި ގަވާއިދުގެ ދަށުން ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި އެ އިނާޔަތްތައް އެ މީހަކަށް އެ މުއްދަތުގައި ނުދެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް