ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ފާއިޒް: އޭނާގެ މައްޗަށް ސީރިއަސް ތުހުުމަތުތަކެއް ކުރެވި މަގާމުން ވަނީ ސަސްޕެންޑްކޮށްފައި

ސުޕްރީމް ކޯޓު

ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފި

އޭނާގެ މައްޗަށް ހިންގާ ތަހުގީގުގައި ސީރިއަސް ކަންތައްތަކެއް ފާހަގަ ކުރެވޭ ކަމަށް ޑީޖޭއޭއިން ބުނޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލައި އެ ކޯޓުގެ ސިއްރު ބައެއް މައުލޫމާތުތައް ބައެއް ފަރާތްތަކާ ހިއްސާކުރި ކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީީ) ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ)ގެ އިސްވެރިޔާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިރޭ 'ދައުރު'އަށް ވިދާޅުވީ ފާއިޒް ސަސްޕެންޑް ކުރީ އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރުމުގެ ތެރޭގައި ފާހަގަވި ސީރިއަސް ކަންތައްތަކަކާ ގުޅިގެން ކަމަށެވެ. ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓެއް ހެދުމުގެ ތެރޭގައި ފާހަގި ކަންތައްތަކުގެ ގޮތުގައި ރިޒްނާ ފާހަގަކުރެއްވި ކަންކަމަކީ:

  • ސުޕްރީމް ކޯޓުގެ ސީސީޓީވީ ބޭނުންކޮށްގެން ފަނޑިޔާރުންގެ ހަރަކާތްތަކަށް ބަލައި ފާރަލާކަމުގެ ތުހުމަތު

  • ކޯޓުގެ އެތެރޭގެ ބައެއް މައުލޫމާތުތައް ކޯޓުން ބޭރު ފަރާތްތަކަކާ ހިއްސާކުރުމުގެ ތުހުމަތު

"ތަހުގީގު ނިމެންދެން ނޫނީ ސަސްޕެންޝަނާ މެދު އިތުރު ގޮތެއް ނިމެންދެން މިއަދުން ފެށިގެން ފާއިޒު ސަސްޕެންޑްކޮށްފައި ވަނީ،" ރިޒްނާ ވިދާޅުވި އެވެ.

ފާއިޒާ މެދު ހުށަހެޅި ތަހުގީގު ކުރަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް ރިޒްނާ ވިދާޅެއް ނުވެ އެވެ.

ކޮމެންޓް (1)

ސއފފފފ

31 މާރިޗު 2022
އިލެކްޝަންސް ކޮމިޝަންގައި އުޅުނު އިރުވެސް މިފަދަ ޢަމަލެއް ހިންގި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް