ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފުލުހުން

ފުލުހުންގެ އަހަރީ ދުވަހު ރައީސް ދެއްވީ ފްލެޓުތައް ނިންމާނެކަމުގެ ޔަގީންކަން

އެ ޕްރޮޖެކްޓު 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް މިދިޔަ ޑިސެމްބަރު 30ގައި އަމިން ކޮންސްޓްރަކްޝަނާ އޮތީ ހަވާލުކޮށްފައި
29 މާރިޗު 2022

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާތާ ގިނަ އަހަރުތަކެއް ވެގެން ގޮސްފައިވާ ކަމަށެވެ.

އެނގުން މުހިންމު - ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޕޮލްކޯ އިން ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް 2012ގައި އޮތީ ފަށައިފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު މިހާތަނަށް އައިއިރު ވެސް ނުނިމެ އެވެ.

ރައީސްގެ ބަސް - އެ ފްލެޓުތަކުގެ މަސައްކަތް ރައީސް ސިފަކުރެއްވީ "އެއް ސަރުކާރުން ނެއްޓެމުން އަނެއް ސަރުކާރަށް ލައްގަމުން އަންނަ" ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

މި ސަރުކާރުން ވަނީ އެ މަޝްރޫއު އެއްކޮށް ނިންމަން 30 ޑިސެމްބަރު 2021 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެ ފްލެޓުތަކުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމުން،" ރައީސް ވިދާޅުވި އެވެ.

ޕޮލްކޯ ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތް ނިންމަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމުމަށް 30 ޑިސެމްބަރު 2021ގައި ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ހައުސިން މިނިސްޓްރީ)

އަމިންއާ ހަވާލުކުރި މަަޝްރޫއުގެ ތަފްސީލު:

  • އަގު: 274.5 މިލިއަން ރުފިޔާ 

  • ކޮންޓްރެކްޓުގެ މުއްދަތު: އަށް މަސް ނުވަތަ 240 ދުވަހުން ނިންމަން ޖެހޭ 

  • ތިން ޓަވަރުގައި ހިމެނޭ 361 ޔުނިޓުގެ ފިނިޝިން މަސައްކަތް ކުރާނެ 

  • ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖުކޮށް 1،100 އަކަފޫޓު

އެ ޓަވަރުތަކުގައި ހުންނަ ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ޕާކިން އޭރިއާއެއް  

  • ކޮމާޝަލް އޭރިއާއެއް  

  • މަލްޓިޕާޕަސް ހޯލެއް

ފަސްމަންޒަރު - ސިފައިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވެސް ފްލެޓު އަޅަން 2013ގައި ފެށި އެވެ. ނަމަވެސް މިދިޔަ ނުވަ އަހަރުގެ ތެރޭގައި ޕޮލްކޯ އާއި ސިފްކޯގެ ފްލެޓު މަޝްރޫއުގެ ކޮންޓްރެކްޓަރު ދެ ފަހަރެއްގެ މަތިން ވަނީ ބަދަލުވެފަ އެވެ. އެގޮތުން:

  • ފުރަތަމަ އެ ދެ މަޝްރޫއު ވެސް ހަވާލު ކުރީ ނޫމަޑިއާ 

  • އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު ދެން އެ ދެ މަޝްރޫއު ހަވާލުކުރީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓްއާ 

  • މަސައްކަތް ނުނިމި މައްސަލަތަކެއް ކުރިމަތިވުމުން، ޕޮލިސް ފްލެޓުގެ މަޝްރޫއު އެ ކުންފުނީގެ އަތުން ނެގުމަށް ފަހު އެހެން ކުންފުންޏަކާ ހަވާލުކުރަން މި އަހަރުގެ ކުރީކޮޅު އަގުމަގުކުރުމުގެ އޮޑިޓެއް ވަނީ ހަދާފައި 

  • ސިފައިންގެ ފްލެޓުތައް އަތުލި ކަމެއް އަދި އަތުލުމަށް ފަހު އެހެން ބަޔަކާ ހަވާލުކުރިކަން އެނގިފައެއް ނުވޭ 

  • ފުލުހުންގެ ފްލެޓުތައް އެޅުމުގެ މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން 30 ޑިސެމްބަރު 2021ގައި އަމިން ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައި

ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް