އައްޑޫގެ މަގުހެދުމާއި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

އައްޑޫ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫގެ މަގުތައް ހަދަން އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާއާ ހަވާލުކުރީ 1.1 ބިލިއަން ރުފިޔާއަށް
27 މާރިޗު 2022

އައްޑޫގެ މަގުހެދުމާއި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ މަގުތައް ހަދަން އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އާ ހަވާލުކުރީ 1.1 ބިލިއަން ރުފިޔާ އަށެވެ.

ރައީސް ސޯލިހު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު މެންދުރު އެވެ.

ތަފްސީލް - އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމަން އެއްބަސްވެފައި ވަނީ ދެ އަހަރުގެ ތެރޭގަ އެވެ. މިއީ، އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ހިންގާ އެއް މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި:

  • 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމު ގާއިމުކުރާނެ 

  • އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް 40 ކިލޯމީޓަރުގައި ތާރު އަޅާނެ 

  • އިތުރު 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔާ އަޅާނެ 

  • މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގެ ރީސާފޭސިން މަސައްކަތް ކުރާނެ

އެނގުން މުހިންމު - އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫ އާއި މަރަދޫ ގުޅާލަން ބުރިޖެއް އަޅަން ވެސް ވަނީ ނިންމައިފަ އެވެ. އެ ބްރިޖުގެ އަމަލީ މަސައްކަތް މިދިޔަ އޮކްޓޫބަރުގައި ވަނީ ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް