ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްގާޒީ މުހައްމަދު އިބްރާހިމް: އޭނާ މިއަދު ވަނީ ސަސްޕެންޑްކޮށްފައި

މަސްލަހަތު ހިމެނޭ ކަމެއްގައި ބައިވެރިވުމުން ކޮނޑޭ ކޯޓުގެ އިސް ގާޒީ ސަސްޕެންޑްކޮށްފި

މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރީ، އޭނާގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ، މުހައްމަދު އިބްރާހިމް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީއިން މިއަދު ބުނިގޮތުގައި މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރަން ނިންމީ، އޭނާގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ އެވެ. އެގޮތުން:

  • އެ މައްސަލައިން ތަނާޒުލުވުމަށް ފަހު، މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވި ކޯޓު އަމުރުތަކުގައި ސޮއިކޮށްފައި ވަނީ މުހައްމަދު އިބްރާހިމް ކަމަށް

  • އަމުރުތަކުގައި ސޮއިކުރުމާ ހަވާލުވެ ހުރި މެޖިސްޓްރޭޓް ބުނާގޮތުން، އޭގައި ސޮއި ކުރުމަށް މުހައްމަދު އިބްރާހިމަކަށް އޭނާ ނާންގާ

ޖޭއެސްސީ އިން ބުނީ މަސްލަހަތު ފުށުއަރާ މައްސަލައެއްގައި މުހައްމަދު އިބްރާހިމް ބައިވެރިވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށާއި އެހެންވެ، މުސާރަ ނުހިނގާ ގޮތަށް މިއަދުން ފެށިގެން އެއް މަސް ދުވަހަށް އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. 

ގުޅުން ހުރި ކަމެއް - މުހައްމަދު އިބްރާހިމްގެ ސުލޫކީ އެހެން މައްސަލަތަކެއް ވެސް، މިދިޔަ އަހަރު ޖޭއެސްސީއިން ވަނީ ތަހުގީގުކޮށްފަ އެވެ.

އެއީ އޭނާއާ ހަވާލުކޮށްފައިވާ ކޯޓުތައް ހުންނަ ރަށްރަށަށް ދަތުރު ކުރަނީ އުސޫލުތަކާ ހިލާފަށް ކަމާއި މައްސަލަތައް ނިންމުމުގައި ޒިންމާއަށް އިހުމާލުވުމާއި ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ވާހަކަ، ކޯޓުން ބޭރުގައި ދައްކާ ކަމަށް ބުނާ މައްސަލަތަކެކެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް