ކުރީގެ މެމްބަރު އަބްދުއްރަޝީދު އަލީ

ކުރީގެ މެމްބަރު އަބްދުއްރަޝީދު އަވަހާރަވެއްޖެ

އޭނާއަކީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބައްޕަ
15 މާރިޗު 2022

އ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އދ. އަތޮޅުގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، އަބްދުއްރަޝީދު ޢަލީ މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގަ އެވެ. އަވަހާރަވީ އުމުރުން 75 އަހަރުގަ އެވެ.

ތަފްސީލް - އަބްދުއްރަޝީދަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ކުރެއްވި އިރު، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ.

  • އ. އަތޮޅު މެމްބަރުކަން (23 ފެބުރުއަރީ 1980 - 23 ފެބުރުއަރީ 1985)

  • އ. އަތޮޅު މެމްބަރުކަން (24 ފެބުރުއަރީ 1995 - 23 ފެބުރުއަރީ 2000)

  • އދ. އަތޮޅު މެމްބަރުކަން (24 ފެބުރުއަރީ 2000 - 27 މޭ 2009)

  • ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ. އަތޮޅު މެމްބަރުކަން

އޭގެ އިތުރުން ސަރުކާރުގެ ބައެއް މަގާމުތައް ވެސް ފުރުއްވި އެވެ. އޭނާއަކީ ފުލުސް ކޯޓުގެ ފުރަތަމަ އިސް ގާޒީ އެވެ. ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި މާފަންނު އަވަށު އޮފީހުގެ އިސްވެރިއެއްގެ މަގާމު ވެސް އަދާކުރެއްވި އެވެ.

އަބްދުއްރަޝީދަކީ އަހްމަދިއްޔާ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް