މުހައްމަދު އަމީން. ޕީޖީ ވިދާޅުވަނީ ދައުލަތުން އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް.

ޕީޖީ އޮފީސް

އަމީނަށް ކުރި ދައުވާތައް ބޭރުކޮށްލި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރު ކަމަށް ތުހުމަތުކުރާ އަމީން، ހައިކޯޓުން ދޫކޮށްލީ މުއްދަތު ހަމަވި ފަހުން ދައުލަތުން ދައުވާ ކުރުމުން ކަމަށް ބުނެ
20 ސެޕްޓެމްބަރު 2021

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލީ، ދައުވާކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށް ކަނަޑައަޅައި އޭނާގެ މައްޗަށް އުފުލި ދައުވާތައް ހައިކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާތިލުކޮށްފަ އެވެ.

ތަފްސީލް - ހައިކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ، ހައިކޯޓުން ސުޕްރީމް ކޯޓުގެ ހުކުމެއް މާނަކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި މައްސަލައިގައި ދައުލަތުން އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ޕީޖީ ވިދާޅުވެފައިވެ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، ހައިކޯޓުގެ ހުކުމް މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

މައްސަލަ އިސްތިއުނާފް ކުރަން ނިންމީ:

  • ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ

  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1 އިން 28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީ

  • އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލިދާތީ

އެނގުން މުހިންމު  - އަމީނަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އޭނާ މިނިވަންކުރަން ހައިކޯޓުން އަމުރުކުރީ، ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ: 

  • ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

  • ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 

އަމީނަކީ ކާކު؟ 

  • އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރޭ

  • ސަލްޓަން ޕާކުގައި ބޮން ގޮއްވި ކަމަށް ތުހުމަތުކުރެވޭ

  • ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތުކުރުމުން ރާއްޖޭން ފިލި

  • އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ)ގެ ޓެރަރިސްޓް ލިސްޓުގައި ހިމެނޭ 

  • އޯއެފްއޭސީގެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެހި މީހާ

  • އަފްގާނިސްތާނާއި ޕާކިސްތާނުގައި އައިއެސް އިން ހިންގާ ގޮފިތަކަށް އެހީވާ ކަމުގެ ތުހުމަތުކުރޭ

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް