ހުޅުމާލެ ފޭސް ދޭއްގައިވާ އިމާރާތްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ދައުރު ޕޯލް: ގިނަ ވޯޓު ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ބަދަލުކުރަން ތާއީދު
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ކައުންސިލަށް ބަދަލުކުރުމާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔަ 'ދައުރު ޕޯލް'އަށް ލިބުނު ގިނަ ވޯޓު އެކަމާ އެއްކޮޅަށް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭ މުނިސިޕަލް ހިދުމަތާ ގުޅޭ ގޮތުން 'ދައުރު ޕޯލް' ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ޕޯލް ކުރިއަށް ގެންދިޔައީ ފަސް ދުވަހަށެވެ.
ތަފްސީލު - ޕޯލްގެ މުއްދަތު ހަމަވިއިރު، ލިބުނު ނަތީޖާއަށް ބަލާއިރު:
-
އެ ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ގެންދަން ފެންނަ ކަމަށް: %59.7
-
އެ ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ގެންދަން ނުފެންނަ ކަމަށް: %40.3
އެނގުން މުހިންމު - ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދެމުން އަންނަނީ ސަރުކާރު ހިއްސާވާ ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިންނެވެ.
ހުޅުމާލޭގެ ބާރުވެރިކަން ކައުންސިލަށް ބަދަލުކުރާނެ ކަމަށް ކައުންސިލް އިންތިހާބުގެ ކުރިން މި ސަރުކާރުން ވައުދުވި އެވެ. ނަމަވެސް އިންތިހާބު ނިމި، މާލޭގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއަށް ލިބުމުން ސަރުކާރުގެ ރާގު ބަދަލުވި އެވެ
ސިޓީ ކައުންސިލް ވަނީ ހުޅުމާލޭގެ ބިން އެޗްޑީސީގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފަ އެވެ. ކައުންސިލްގެ އެ ނިންމުމާ މެދު ސުވާލު އުފައްދައި އެޗްޑީސީން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. މިހާރު އެ މައްސަލަ ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އިތުރަށް ކިޔާލަން -