ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ބައްދަލުވުމެއްގައި (ފޮޓޯ/ ރައީސް އޮފީސް)

ކުދިން ރުޅި އަންނަނީ މީހުން އެއްވާތީ، ދުރަށް ދިއުން އެދެން: މިނިސްޓަރު

ފިޔަވަތީގެ ކަންކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓަރު އާއިޝާ މިރޭ 'ދައުރު' އަށް ވިދާޅުވީ ކުދިންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މިރޭ ދިމާވި ކަންކަން ހައްލުކުރައްވާނެ ކަމަށް.
17 ސެޕްޓެމްބަރު 2021
2

ފިޔަވަތީގެ ކުދިންގެ ހިތްހަމަނުޖެހުން ބޮޑުވެ، އެތެރޭގައި މައްސަލަތަކެއް ބޮޑުވެފައި ނުވާ ކަމަށާއި ކުދިން ހިތްހަމަނުޖެހެނީ އެ ސަރަހައްދަށް އާންމުން ޖަމާވާތީ ކަމަށް ވިދާޅުވެ، އާންމުން އެ ސަރަހައްދުން ދުރަށް ދިއުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ފިޔަވަތީގައި ތިބި އުމުރުން 12-13 އަހަރުގެ ކުދިން ފުރާޅުމައްޗަށް އަރައިގެން އުޅޭތީ އާއި އެ ތަނުގައި ރޯކޮށްލަން އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިރޭ ފިޔަވަތީގައި ވަނީ އަލިފާން ރޯކޮށްލައިފަ އެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލިފާން ވަނީ ނިއްވާލައިފަ އެވެ. އޭގެ އިތުރުން ކުޑަދޮރުތަކެއްގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ.

އަޅުގަނޑުމެން ވަރަށް ތަރުތީބުން ކަންކަން ކުރިއަށް ގެންދަނީ. އެކަމަކު އެ ތަރުތީބު މިރޭ މިއޮތީ ކޮންމެސް ވަރަކަށް ގޮސްފައި. އެކަމަކު އަޅުގަނޑުމެން އެކުދިން ހަމައަކަށް އަޅުވާނަން. ހައެއްކަ ކުދިން މި އުޅެނީ އަސްލު.

އާއިޝާ
ފިޔަވަތީގެ ފުރާޅުމަތީގައި މިރޭ ކުދިންތަކެއް ތިބި އިރު ބޭރުގައި ބަޔަކު މަޑުކޮށްގެން. (ދައުރު ފޮޓޯ/ އައިޝަތު ފަރީހާ އަބްދުﷲ)

މިނިސްޓަރުގެ ބަސް - ފިޔަވަތީގެ ކަންކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓަރު އާއިޝާ މިރޭ 'ދައުރު' އަށް ވިދާޅުވީ ކުދިންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިއަދު ވެސް އެކުދިންނާ އެކު ގިނަ ވަގުތަކެއް ހޭދަކުރެއްވި ކަމަށާއި، އެފަދަ އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާއިޝާ ވިދާޅުވީ އެކުދިންގެ ރައްކާތެރިކަމަށް އިސްކަންދީގެން، ކަންކަން ރާވާފައި ހުންނާނީ ވަރަށް ތަރުތީބުން ކަމަށެވެ. އެކަމަކު މިރޭ އެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލިއްޖެ ކަމަށާއި ނަމަވެސް ކުދިންނާ ވާހަކަ ދައްކައިގެން އެކުދިން ހަމައަކަށް އަޅުވާނެ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިމާޔަތް ކުރަންޖެހޭނެ އެކުދިންގެ ހައްގުތައް. އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ތަރުތީބުން ކަންކަން ކުރިއަށް ގެންދަނީ. އެކަމަކު އެ ތަރުތީބު މިރޭ މިއޮތީ ކޮންމެސް ވަރަކަށް ގޮސްފައި. އެކަމަކު އަޅުގަނޑުމެން އެކުދިން ހަމައަކަށް އަޅުވާނަން. ހައެއްކަ ކުދިން މި އުޅެނީ އަސްލު،" އާއިޝާ ވިދާޅުވި އެވެ.

"ފުރާޅަށް އަރަނީ އަރާ ހިތުން"

މިނިސްޓަރު ވިދާޅުވީ ކުދިން ފުރާޅަށް އެރުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި އެއީ އެކުދިން ކުރާ ހިތްވާ ކަމެއް ކަމަށެވެ. ކުދިން ފުރާޅަށް އަރައިގެން އުޅުނަސް އެކުދިން ބަލަހައްޓަށް އަބަދުވެސް މުވައްޒަފަކު ހުންނާނެ ކަމަށާއި މިރޭ ވެސް އެކުދިންނާ އެކު ފުރާޅުމަތީގައި ވެސް މީހަކު އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކުދިން އުޅޭނީ ވެސް ބަލައިގެން. އަނެއް ސައިޑްގަ އޮންނާނީ ޕެޑިން އަޅާފަ. ސޭފްކޮށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުދިންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިއަދު ވެސް އެކުދިންނާ އެކު ގިނަ ވަގުތަކެއް ހޭދަކުރެއްވި ކަމަށާއި އެފަދަ އެއްވެސް ކަމެއް ފާހަގަ ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަމަ ވަރަށް ހަމަޖެހިގެން އުޅުނީ. މިއަދު ސްޓާފުންނާ އެކު މޫދަށް ވެސް ދިޔަ، ކުދިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކުދިން ހިތްހަމަނުޖެހެނީ ފިޔަވަތި ބޭރަށް މީހުން އެއްވާތީ ކަމަށެވެ. މިރޭ އެ ސަރަހައްދަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެގޮތަށް އެކަން ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

ފިޔަވަތި ސަރަހައްދު ފުލުހުން މިރޭ ބަންދުކޮށްފައިވާ އިރު އާއްމުން އެއްވެ. (ދައުރު ފޮޓޯ/ އައިޝަތު ފަރީހާ އަބްދުﷲ)

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ އެތަނުގައި ތިބެ ހީ ހަދާކަން ވެސް އާންމުން. އެހެންވީމަ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން އާންމުން އެތަނުން ދުރަށް ދާން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން 

ކޮމެންޓް (2)

ސަންފަ

18 ސެޕްޓެމްބަރު 2021
ފިޔަވަތި ފަޅާލައި ކުދިން ބޭރަށް ނިކުމެ އާންމުންނަށް ގޮވައި އިންޒާރުދީ އަދި ބިއްލޫރިގަނޑު ފަދަ ތަކެތި އުކައި ހުޅު ޖެހީމަ މީހުން އެއްވާނެ އަދި ފޮޓޯވެސް ނަގާނެ. އެ ހާދިސާ އެހެން ހިނގުމުން އަމިއްލަ ކުށް ގަބޫލު ނުކޮށް އާންމު ރައްޔިތުން ބޮލުގައި ޖެންޑަރ އަކަށް އިލްޒާމެއް ނޭޅުވޭނެ.
0 0

ސަންފަ

18 ސެޕްޓެމްބަރު 2021
މިނިސްޓަރު ބަހައްޓާ ފުރަތަމަ ތަނާ ހަވާލުވެ ހުރި މީހާ ކޮބާ، ނާޖާއިޒް ގޮތުގަ މަގާމު ހޯދަިގެން ތަންހިންގަން އިނގޭ އަންހެނެއް ނޫން ލާފަ ހުންނަނީ. ތި ވިޔަވަތި އަށް އެހެން މީހަކު ލާ. ކަމެއް ކުރަން އިންގޭ މީހެއް ނުން ތީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް