ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން: ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ
ހެލްތު މިނސްޓްރީގެ ދަށުން ހިންގާ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާނުވާއިރު މިއަދު މެންދުރުފަހު 2ގެ ކުރިން އެ މުވައްޒަފުންނަށް މުސާރަ ޖަމާވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ޖަމާވުން ލަސްވި އެވެ. އެގޮތުން:
-
މިނިސްޓްރީން ކުރިން ބުނެފައި ވަނީ، މުވައްޒަފުންނަށް މުސާރަ ޖަމާވުން ލަސްވީ، މުސާރައިގެ ކަންކަން ބަލަހައްޓާ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނުގައި ތިބުމުން މުސާރަ ޝީޓު ނިންމަން ޖެހޭ ދުވަހަށް ނުނިންމުމުން ކަމަށ
-
މިދިޔަ ބުދަ ނުވަތަ ބުރާސްފަތި ދުވަހު މުސާރަ ޖަމާވާނެ ކަމަށް އޭރު ބުނި
-
ނަމަވެސް ބައެއް އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް މުސާރަ ޖަމާވެފައެއް ނުވޭ
ބުނީ ކީކޭ؟ - ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމިނަތު ޝަތުފާ މިއަދު 'ދައުރު'އަށް ވިދާޅުވީ އެއް އަތޮޅުގެ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ޖަމާވުން ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، މިއަދު މެންދުރު 2ގެ ކުރިން އެ މުވައްޒަފުންނަށް ވެސް މުސާރަ ޖަމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ކޮން އަތޮޅެއްކަން ހެލްތުން ނުބުންޏަސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެއީ ނ. އަތޮޅެވެ.
އެނގުން މުހިއްމު - ސިވިލް ސާވިސް މުވައްޒަފުންނަށް، އެ މަހެއްގެ މުސާރަ ޖެހިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެ އެވެ.
ސަރުކާރު އޮފީސްތަކުގެ މުސާރަ ޝީޓުތައް އެ އިދާރާއަކުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.