ކޮމަންޑޫ ދާއިރާގެ ތިން ކެންޑިޑޭޓުން ވޯޓުލައްނީ: ތިން ބޭފުޅުން ވެސް ވޯޓުލެއްވީ ތިން ތަނުގައި.

ކޮމަންޑޫ ދާއިރާގެ 3 ކެންޑިޑޭޓުން ވެސް ވޯޓުލައްވައިފި

އެމްޑީޕީގެ ރާޝިދު ވޯޓުލެއްވީ ފޯކައިދޫއަށް؛ ޕީިޕީއެމްގެ މޫސާ ފަތުހީ ކޮމަންޑޫގައި ވޯޓުލެއްވިއިރު، އެމްއެންޕީގެ ހަންނާން ވޯޓުލެއްވީ މާލޭގައި

ކޮމަންޑޫ - ވާދަވެރި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑޭޓުން ވެސް ވޯޓުލައްވައިފި އެވެ.

ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ:

  • މި ދާއިރާގެ މައި ރަށް، ށ. ކޮމަންޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕިއެމްގެ މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ ހަންނާން އިދުރީސް 

  • ފޯކައިދޫއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ރާޝިދު

ތަފްސީލު - ވެރިކަންކުރާ އެމްޑީޕީގެ ރާޝިދު ވޯޓުލެއްވީ މިއަދު ހެދުނު 11 ޖަހާ އެހާކަންހާއިރު، އޭނާގެ އުފަން ރަށް ފޯކައިދޫގައި ބަހައްޓާފައިވާ އެ ރަށުގެ ދެ ނަންބަރު ވޯޓު ފޮއްޓަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ވޯޓުލައްވަނީ: އޭނާ ވޯޓުލެއްވީ އުފަން ރަށް ށ. ފޯކައިދޫއަށް. (އެމްޑީޕީ ފޮޓޯ/ ޝަމްމޫން ޖަލީލް)

ޕީޕީއެމްގެ މޫސާ ފަތުހީ ވޯޓުލެއްވީ، ކޮމަންޑޫ ޕްރީސްކޫލްގައި ބަހައްޓާފައި ހުރި ދެ ނަންބަރު ވޯޓު ފޮއްޓަށެވެ. ވޯޓުލާ މަރުކަޒަށް ފަތުހީ ވަޑައިގެންނެވިއިރު، މި ރަށުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވެސް އޭނާ އެކު ވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ ފަތުހީ ވޯޓުލައްވަނީ: އޭނާ ވޯޓުލެއްވީ ކޮމަންޑޫ ޕްރީސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ވޯޓުލެއްވުމަށް ފަހު، ފަތުހީ އޭނާގެ އިނގިލީގައި ޖަހާފައިވާ ނިޝާން ދައްކާލައްވަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެމްއެންޕީގެ ހަންނާން ވޯޓުލެއްވީ، މާލޭގެ އިސްކަންދަރު ސްކޫލްގައި ކޮަމަންޑޫ މީހުންނަށް ހާއްސަކޮށްފައިވާ ވޯޓު ފޮއްޓަށެވެ.

އެމްއެންޕީގެ ހަންނާން ވޯޓުލެއްވުމަށް އިސްކަންދަރު ސްކޫލްގައި. (ފޮޓޯ/ އެމްއެންޕީ)
އެމްއެންޕީގެ ހަންނާން ވޯޓުލެއްވުމަށް އިސްކަންދަރު ސްކޫލްގައި. (ފޮޓޯ/ އެމްއެންޕީ)

ފަސްމަންޒަރު - މި އިންތިހާބަކީ، މި ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު 14 ޑިސެމްބަރު 2021ގައި އަވަހާރަވުމާ ގުޅިގެން ބާއްވާ އިންތިހާބެކެވެ. އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އަލަށް އުފެއްދި އެމްއެންޕީން ވެސް އިންތިހާބަށް ފޯރިގަދަ ކެމްޕެއިނެއް ތިން ރަށާއި މާލޭގައި ވަނީ ކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް