ށ. ކޮމަންޑޫ އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިވާ 1 ނަންބަރު ވޯޓު ފޮށި: މި ފޮޓަށް ވޯޓުލުުމަށް ހަމެޖެހިފައިވަނީ ކޮމަންޑޫގެ 365 މީހުން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކޮމަންޑޫ ދާއިރާގެ ވާދަވެރި އިންތިހާބުގައި ވޯޓުލާން ފަށައިފި

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވޭ

ކޮމަންޑޫ - މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މި ދާއިރާގެ ރަށްތަކާއި މާލޭގައި ވޯޓު ލާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ބާއްވާ މި ބައި-އިލެކްޝަންގައި ވޯޓު ލާން ފަށާފައި ވަނީ މިއަދު ހެނދުނު 8ގަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 3 އިން ހަވީރު 4 އަށެވެ.

ތަފްސީލު - މި ދާރިރާގެ މައި ރަށް ކަމަށްވާ ކޮމަންޑޫގައި މީހުން ހެނދުނު 7 އިން ފެށިގެން މީހުން ވަނީ ކިއޫ ޖެހެން ފަށާފަ އެވެ.

  • ށ. ކޮމަންޑޫ އަތޮޅު ތައުލީމީ މަރުކަޒުގައި ބަހައްޓާފައިވާ 1 ނަންބަރު ވޯޓު ފޮށި މަރުކަޒު: މި ފޮޓަށް ވޯޓުލުުމަށް ހަމެޖެހިފައިވަނީ ކޮމަންޑޫގެ 365 މީހުން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މި އިންތިހާބުގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާއިރު، އޭގެ ތެރޭގައި ކޮމަންޑޫގެ 1،406 މީހަކު ހިމެނެ އެވެ. ދެން ހިމެނެނީ:

  • ފޯކައިދޫން 1،202 މީހުން

  • މަރޮށިން 701 މީހުން

ތިން ރަށުގެ 1،300 މީހަކު ވޯޓުލުމަށް ހަމަޖެހިފައި ވަނީ މާލޭގެ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ބާކީ ތިބި މީހުން ވޯޓު ލާނީ ތިން ރަށުގައި ބަހައްޓާފައިވާ ވޯޯޓު ފޮށިތަކަށެވެ. އެގޮތުން:

  • ކޮމަންޑޫގައި 712 މީހުން

  • ފޯކައިދޫގައި 929 މީހުން

  • މަރޮށީގައި 367 މީހުން

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް