އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އާންމު އަޑުއެހުމެއް ބާއްވަނީ

އައިކޮމްގެ ނިންމުމާ ދެކޮޅަށް މިފްކޯއަށް މައްސަލަ ހުށައެޅޭނެ: ސުޕްރީމް ކޯޓު

ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައި ވަނީ އައިކޮމްގެ މައްސަލަތައް އެ ކޯޓަށް ނުބެލޭނެ ކަމަށް
4 ފެބްރުއަރީ 2022

އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމާފައި އޮތް ނަމަވެސް، ގާނޫނުން އެ ބާރުލިބިދޭ ކަމަށް ބުނެ، މިފްކޯއަށް އޭގެ މައްސަލައެއް ހައި ކޯޓަށް ހުށައެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ވީ ކިހިނެއް؟- މިފްކޯގެ މައުލޫމާތުތަކެއް އާއްމުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަކާ މެދު ހިތްހަމަ ނުޖެހިގެން އެ ކުންފުނިން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު ހައި ކޯޓުން މައްސަލަ ބަލައިނުގަތުމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އެންގީ ހައި ކޯޓުން އެ މައްސަލަ ބެލުމަށެވެ. 

އެނގުން މުހިއްމު: ސުޕްރީމް ކޯޓުން މިގޮތަށް އަމުރު މި ނެރުނީ، މިދިޔަ އަހަރު، އެމްޑަބްލިއުއެސްސީގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލައަކާ މެދު ހިތްހަމަނުޖެހިގެން އެކަން އެމްޑަބްލިޔުއެސްސީން ހައި ކޯޓަށް ހުށަހެޅުމުން، އެފަދަ މައްސަލަތައް އެ ކޯޓަށް ނުބެލޭނެ ކަމަށް ނިންމާފައި ވަނިކޮށެވެ.

މިފްކޯގެ މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށްލީ، އެ ނިންމުމަށް ރިއާޔަތްކޮށެވެ.

ތަފްސީލު: މިފްކޯގެ މައްސަލަ ހައި ކޯޓުން ބަލައި ނުގަތުމުން އެ ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އަދި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނީ އައިކޮމްގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެފަދަ މައްސަލަތައް ހައި ކޯޓަށް ހުށަހެޅޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި މައްސަލަ 10 ދުވަސް ތެރޭގައި އަލުން ހުށަހަޅައިފި ނަމަ އެ މައްސަލަ ހައި ކޯޓުން ބަލަން ނިންމުމުގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް