ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ޓީޗަރުންތަކެއް ދަރިވަރުންނާއެކު މަޑުކޮށްލައިގެން

ރިޔާސީ ބަޔާން

މޭ މަހު ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކުރަނީ؛ ޓީޗަރުންގެ މުސާރަ %56 ބޮޑުވާނެ

ރައީސް ވިދާޅުވީ އިތުރު ގަޑި ނުލާ ގުރެޖުއޭޓް ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 19،000ރ. އަށް އަރާނެ ކަމަށް
3 ފެބްރުއަރީ 2022

މި އަހަރުގެ މޭ މަހުން ފެށިގެން، ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށާއި އެ ބަދަލާއެކު ޓީޗަރުންގެ މުސާރައަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މި އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ކުރިން، ޑޮކްޓަރުންނާއި ޓިޗަރުންގެ މުސާރަ ބޮޑުކުރަން، ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު އޮތީ ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ އެދުރުން ކަމަށާއި އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ.

މިބަދަލާ އެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628ރ. އިން 19،740ރ. އަށް ބޮޑުވެގެންދާނެ

ރައީސްސޯލިހު

އެގޮތުން، އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ބަސް - "މިބަދަލާ އެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628ރ. އިން 19،740ރ. އަށް ބޮޑުވެގެންދާނެ،"

"މިއީ 56 ޕަސެންޓުގެ ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް - ތައުލީމީ ދާއިރާގެ ތަފާސްހިސާބުތައް ދެއްވަމުން ރައީސް ވިދާޅުވީ 2021ގައި 4،082 ޓީޗަރަކަށް ބޭނުންވާ ތަފާތު ހުނަރާއި ތަމްރީނު ދީފައިވާ ކަމަށާއި 20 ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީންވުމަށް ރާއްޖޭން ބޭރުން ފުރުސަތު ހޯދާދެވުނު ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ. 

ތައުލީމީ ދާއިރާގެ ބައެއް ނަންބަރުތައް:

  • މުޅިން އަލަށް 23 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރުން 

  • މިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސް ރޫމާ 6 މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިންމުނު 

  • އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާ 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ދަނީ ކުރިއަށް 

  • އެ މަސައްކަތްތަކަށް 941 މިލިއަން ރުފިޔާ ހޭދަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް