ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކށްފއފިވާ ހިޔާ ފްލެޓް ސަރަހައްދުގައި މީހުން އުޅޭ ތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާ ފްލެޓްތައް

ހިޔާ ސަރަހައްދުގެ މައި ކޭބަލަކަށް ގެއްލުންވެ، ކަރަންޓާއި ފެން ކެނޑިއްޖެ

މައްސަލަ ހައްލުކޮށް، ހުރިހާ ޓަވަރަކަށް ކަރަންޓު ދޭން ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަވާނެ؛ މިހާރު ވަނީ އަށް ޓަވަރަކަށް ކަރަންޓު ދީފައި.
17 ޖެނުއަރީ 2022
3

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަށް ގެއްލުންވެ، މުޅި ސަރަހައްދުން ކަރަންޓާއި ފެން ކެނޑިއްޖެ އެވެ. ނަމަވެސް، މިހާރު ވަނީ އަށް ޓަވަރަކަށް އަލުން ކަރަންޓު ދީފަ އެވެ.

ވީ ކިހިނެއް؟ - ހިޔާ ޔޫނިއަން އިން ކުރި ޓުވީޓެއްގައި ބުނީ މުޅި ހިޔާ ސަރަހައްދުން މިވަގުތު ކަރަންޓާއި ފެން ކެނޑިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ހިޔާ ސަރަހައްދުން ކަރަންޓާއި ފެން ކެނޑުނީ މިއަދު ހެނދުނު 9:15 ހާއިރު އެވެ.

ތަފްސީލް - އެކަމާ ގުޅިގެން ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތް ކުރުމަށް ކޮނުމުގެ ތެރޭގައި ގެއްލުން ވެފައި ވަނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށެވެ.

"މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ،" ސްޓެލްކޯ އިން ބުންޏެވެ.

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން ވަޅުލާފައިވާ ކޭބަލަކަށް، މަގު ހެދުމަށް ކޮނުމުގެ ތެރޭގައި މިއަދު ގެއްލުން ލިބިފައި. (ފޮޓޯ/ސްޓެލްކޯ)
ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން ވަޅުލާފައިވާ ކޭބަލަކަށް، މަގު ހެދުމަށް ކޮނުމުގެ ތެރޭގައި މިއަދު ގެއްލުން ލިބިފައި. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ އިން ފަހުން ބުނީ، ހިޔާގެ 16 ޓަވަރުގެ ތެރެއިން އަށް ޓަވަރަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ނުދެވި ވަނީ:

  • އެޗް1 އިން އެޗް8އަށް

"ބާކީ ހުރި ފްލެޓުތަކަށް ވީހާ ވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ފަހުން ކުރި ޓުވީޓެއްގައިވެ އެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.

ފްލެޓުތަކުން ކަރަންޓު ކެނޑުމާ ގުޅިގެން، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުން އަންނަ އިރު، މަތީ ފްލޯތަކުގައި ދިރިއުޅޭ މީހުންނަށް އަރާފޭބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވާތީ، އެކަމުގެ ޝަކުވާތައް ވެސް ގިނަ އެވެ.

ކޮމެންޓް (3)

ހިތަދޫ

17 ޖެނުއަރީ 2022
ދެން ހިޔާފްލެޓް ވިއްޔާ ހުރިހާކަމެއް އޮންނަންވަނީ ސެޓްވެފަ ދޯ؟ ތިތަން ނޫނަސް ތަންތަނުން ކަރަންޓުދެ މައްސަލަދިމާވެގެން.. ކީކޭ ބުނާނި! ތިތަނުން މީހަކު ފޮޑިއެއްޖެހިޔަސް ކަލޭމެން ހޭރޭތި!
1 5

ދާލުލާ

17 ޖެނުއަރީ 2022
@ހިތަދޫ މިދައްކަނީ ހައެއްކަ ހާސް މީހުންގެ ވާހަކަ. ޙަތަރު ގަޑިއިރުވީ ފެނާއި ކަރަންޓު ނެތްތާ
2 0

އަލީ

17 ޖެނުއަރީ 2022
އަމިއްލަ އަތުން އަޅާފައި އޮތްކޭބަލް އަކަށް ކޮނުމުގެ ތެރޭ ގެއްލުމެއް ލިބޭނީ ހާދަ ފަރުވާކުޑަ ވީމައޭ، އެވަރުގެ ބޮޑު ކެޕޭސިޓީ އަކަށް ކަރަންޓް ސަޕްލައި ކޮށްފައި އޮންނަ ކޭބަލެއް އޮންނަންވާނީ ވަރަށް ބޮޑަށް ޕްރޮޓެކްޓް ކުރެވިފަ، ކީއްކުރާނީ ކުރަން އިނގޭ ހަމައެއް ކަމެއްވެސް ނެތް،
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް