އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހްމަދު އާހިދު ރަޝީދު އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައި މިވަނީ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން، 06 ސެޕްޓެމްބަރު 20(ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އައްޔަންކޮށްފި

6 ސެޕްޓެމްބަރު 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހުމަދު އާހިދު ރަޝީދު އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް މުހައްމަދު އާސިފް މިއަދު އައްޔަން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އީސީގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ  މި އަހަރުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުންނެވެ.

  • އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އަދި އީސީގެ މެންބަރު ކަމަށް އާސިފް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް މުހައްމަދު އާސިފް އައްޔަންކުރެއްވުން. އާސިފް ވަނީ މީގެ ކުރިން އިލެކްޝަންސްގެ މަގާމުތައް ފުރުއްވާފައި-- (ފޮޓޯ/ ރައީސް އޮފީސް)

އެނގުން މުހިންމު - އިންފޮމޭޝަން ކޮމިޝަނަރު ކަމަށް މިއަދު އާހިދު އައްޔަންކުރެއްވި އިރު، އެ މަގާމަށް މީހަކު އައްޔަންކުރަން ގާނޫނުގައި ދީފައި އޮންނަ 60 ދުވަހުގެ މުއްދަތު ވަނީ މިހާރު ފަހަނައަޅައި ގޮސްފަ އެވެ.

ބޭފުޅުންގެ ވަނަވަރު - އިންފޮމޭޝަން ކޮމިޝަނަރަށް އައްޔަންކުރި އާހިދުއަކީ؛

  • އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަ ޔުނިވާސިޓީ އިން ބެޗެލާ އޮފް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައި.

  • އޭނާ އެންމެ ފަހުން ފުރުއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަނަންސް މެނޭޖަރުގެ މަގާމު.

  • ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ލީގަލް އެޑްވައިޒަރުގެ މަގާމާއި ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުކަން ކުރެއްވި.

  • އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރުގެ މަގާމު ފުރުއްވި.

  • މޯލްޑިވްސް ވޮލަންޓިއާސް ކޯޕްސްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވި.

އީސީގެ މެމްބަރު ކަމަށް އައްޔަންކުރި އާސިފު ވަނީ؛

  • އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަ ޖެނެރަލްގެ މަގާމު ފުރުއްވި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް