ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް: ތިލަފުށީގެ ކުނި ހދ. ކުނބުރުދުއަށް ގެންދަން އޭނާ ދެކޮޅު ހައްދަވާ (ފޮޓޯ/ކުޅުދުއްފުށީ ކައުންސިލް)

ހދ. އަތޮޅު

ހދ. ކުނބުރުދުއަށް ކުނި ގެންދާތީ މޭޔަރު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި

ތިލަފުށީގައި ރޯވި ކުނިތައް ކުނބުރުދުއަށް ގެންދަން ވެމްކޯއިން ވަނީ ނިންމާފައި. އެކަމަކު ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި އެއީ ކޮށްގެންވާނޭ ކަމެއް ނޫން
52 މިނިޓު ކުރިން
1

ކ. ތިލަފުށީގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ނިންމުމުން، އެ އަތޮޅު ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވެވަޑައިގެންފި އެވެ.

ތަފްސީލް - ވެމްކޯއިން މިއަދު ބައެއް މީޑިއާތަކަށް ބުނިގޮތުގައި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މާދަމާ ފަށާނެ އެވެ.

އެކަމަކު ހދ. އަތޮޅުގެ މައި ރަށުން މިކަމާ ހިތްހަމައެއްނުޖެހެ އެވެ.

ވެރިރަށް ކުޅުދުއްފުށީ މޭޔަރު އާތިފް ވިދާޅުވި ގޮތުގައި މިއީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވީ:

  • މާލެ ކައިރީގައި ގުޅިފަޅާއި އުތުރު ތިލަފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި އަދި ފުށިދިއްގަރު ފަޅު ކަހަލަ ބޮޑެތި ފަޅުތައް ހިއްކަމުން ދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށް

  • އެއާއެކު ވެސް، ހދ. އަތޮޅު ފަދަ ފަޅުރަށްތައް މަދު، އަތޮޅުގެ މެދުގައި އޮތް ގުދުރަތީ ރީތި ރަަށަކަށް، ގައުމުގައި އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް

އާތިފް ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ ކުނި ވެސް އެ ރަށަށް ޖަމާކުރުން ރަނގަޅެއް ނޫނެވެ.

 'ހދކުނިގޮނޑަކަށްހެދުމާދެކޮޅު' ހޭޝްޓެގާ އެކު ސޯޝަލް މީޑިއާގައި އޭނާ ދެއްކެވި އެ ވާހަކައަށް އެ އަތޮޅުގެ ބައެއް މީހުން ތާއީދުކުރި އެވެ.

އެ މީހުން ބުނީ މިހާ ދުވަސްވީ އިރު ވެސް ސަރުކާރަށް އެ އަތޮޅުގައި ރިސޯޓެއް ގާއިމްނުކުރެވުނު ކަމަށާއި އެކަމަކު ގައުމުގެ ކުނި އަންދަންވީމާ އެ އަތޮޅު ފެނިއްޖެ ކަމަށެވެ. އަދި އެހެން އެކަން ކުރިޔަނުދޭނެ ކަމަށް ބުންޏެވެ.

"ރަސްމާލެއަށް އަޅަންްވީނުން އެ ހުރިހާ ކުންޏެއް. ހަރަދުކުޑަވެފައި ފަސޭހަ ވެސް ވާނެ،" އާތިފްގެ ވާހަކައަށް ތާއީދުކޮށް، ކޮމެންޓު ކުރި މީހަކު ބުންޏެވެ.

އެނގުން މުހިއްމު - ކުރިން މީހުން ދިރިއުޅުނު އެކަމަކު މިހާރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ކުނބުރުދޫ ބޭނުން ކުރަނީ، ސަރަހައްދީ ފެންވަރުގައި އުފެދޭ ކުނި ނައްތާލުމަށެވެ.

ކޮމެންޓް (1)

profile-image-placeholder

ކޮސް

19 މިނިޓު ކުރިން
އެއްގޮތަކަށްވެސް ތިލަފުށީ ކުނި ހދ. އަތޮޅަށް ކީއްކުރަން އެހެން އަތޮޅަކަށްވެސް ގެންދިޔަދީގެންނުވާނެ. ކުޅުދުއްފުށީ މަށި މާލިތައް މަގުތަކަށް ނެރެލުމުން އެވެރިންނަށް ހިޔެއްނުވޭ މިކަން ކުރަން ކެރޭނެހެނެއް...

އިތުރު އާޓިކަލް

އިތުރު އާޓިކަލް