ރަށެއްގައި ހުންނަ ފެނަކައިގެ އިމާރާތެއް: މުވައްޒަފުން ވަކިކުރީ ހަތަރު މަހުގެ މުސާރައާ އެކުގައި ކަމަށް އެ ކުންފުނިން ބުނޭ (ފޮޓޯ/ފެނަކަ)

މުވައްޒަފުން ވަކިކުރީ ހަތަރު މަހުގެ މުސާރައާ އެކުގައި: ފެނަކަ

ފެނަކައިން ބުނިގޮތުގައި މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި އުސޫލެއް އެކަށައަޅައި، މުވައްޒަފުން އަމިއްލައަށް ވަކިވާން ހުޅުވާލީ ޝަރަފުވެރިކަމާ އެކު ވަކިވުމުގެ ފުރުސަތު ހޯދައިދިނުމަށް
46 މިނިޓު ކުރިން

ފެނަކަ 'ރައިޓް ސައިޒް' ކުރުމުގެ މަސައްކަތުގެ ތެރެއިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުން ވަޒީފާއިން ވަކިކުރީ ހަތަރު މަހުގެ މުސާރައާ އެކުގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟- ފެނަކައިން މުވައްޒަފުން މަދުކުރުމުގެ ގޮތުން އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުންފުނިން ބުނިގޮތުގައި މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި އުސޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ، މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާ އެކީ ވަކިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

ތަފްސީލް - ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ:

  • ހަަތަރު މަހުގެ މަހުގެ މުސާރައާ އެކީ ވަކިވާން ބޭނުން މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށައެޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމީ، ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމުގައި

  • އަދި އެ އެއްބަސްވުމާ އެއްގޮތަށް، އެ މުވައްޒަފުންގެ މުސާރައަށްވާ ހަތަރު މަހުގެ މުސާރަ ދޫކޮށްފައިވާ ކަމަށް

ފެނަކައިން ބުނީ އެ ކުންފުނިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ވާހަކަ ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އެނގުން މުހިންމު - ފެނަކައިގެ އާމްދަނީއާ ނުބައްދަލުވާ މިންވަރަށް ވަޒީފާ ދިނުމާއި އުސޫލުން ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މީގެ ކުރިން ނެރުނު އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.

މުވައްޒަފުންގެ މުސާރައަށް ކުރަން ޖެހޭ ބޮޑު ހޭދައިގެ ސަބަބުން ފެނަކައިގެ ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުންވާ ސާމާނު ނުގަނެވުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް