ބޮޑުތަކުރުފާނު މަގު އެކި ސަރަހައްދުތަކަށް އުދަ އަރާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުދައެރުން

މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މެޓު އޮފީހުން ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 3 ޖެހުމާ ހަމައަށް ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފައި
1 ގަޑިއިރު ކުރިން

މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު 3 ޖެހުމާ ހަމައަށް ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2-5 ފޫޓާ ދެމެދަށެވެ.

ތަފްސީލް - އިއްޔެ ހަވީރު މާލެއަށް ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވި އެވެ. މާލޭ ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގެ އިތުރުން ނަސަންދުރައާ ދިމާލުން ވެސް އުދަ އެރި އެވެ. ބައެއް ރެސްޓޯރެންޓުތަކަށް ވެސް އުދައިގެ އަސަރު ކުރި އެވެ.

މީގެ އިތުރުން، އުދަ އެރި ވަގުތު ފަޅުން ނުކުންނަން އުޅުނު ލޯންޗެއް އުރި، އޭގައި ތިބި ބަޔަކަށް އަނިޔާވި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް