މާފުށީގައި މީހަކު ޕެރަސެއިލިން ކުރަނީ. (ދައުރު ފޮޓޯ/އަހްމަދު ލައުހު މުހައްމަދު)

ކ. މާފުށި

މާފުށީގައި ގަދަ ވައިގައި ފެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި

ޭއޭގައި ތިބި މީހުން ސަލާމަތްކުރީ އެ ވަގުތު ޖެޓްސްކީގައި ތިބި ބައެއް؛ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ
1 ގަޑިއިރު ކުރިން

ވައި ގަދަވެ، ކ. މާފުށީގައި އަރުވައިގެން އުޅުނު ފެރެސެއިލިން ވައިކުޑައެއް މިއަދު ފަޅައިގެން ގޮސްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު އެ ހާދިސާ ހިނގަން މެދުވެރިވީ، ޕެރެސެއިލް މަތީގައި އޮއްވާ ކުއްލިއަކަށް ވައިގަދަވެ ފަޅައިގެން ގޮސްގެންނެވެ.

ތަފްސީލް - ޕެރަސެއިލް ފަޅައިގެން ގޮސް އެ ރަށުގައި އޮތް ޒިޕްލައިނަށް އޮޅުނު އިރު، އޭގައި ތިބި މީހުން ސަލާމަތްކުރީ އެ ވަގުތު ޖެޓްސްކީގައި ތިބި ބަޔެކެވެ. 

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ގުޅުން ހުރި - ބައެއް ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް