މިނިވަން ދުވަސް ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް (ފޮޓޯ/ރައީސް އޮފީސް)

ހަވާ އެރުވުމާ އެކު މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވައިފި

ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމަކާއި 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލާފައިވާ ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުން ވެސް މިރޭ ކުރިއަށް ގެންދިޔަ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މިރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ އިތުރުން މި އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ އަރަބިއާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތުއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު ބައްލަވާލެއްވި އެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - މިރޭގެ ހަރަކާތްތައް ރަސްމީ ގޮތުން ފެށީ ރައީސް އަށް އެރުވި ރިޔާސީ ކުރުނީހުންނެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ.

ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމަކާއި 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލާފައިވާ ގައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުން ވެސް މިރޭ ކުރިއަށް ގެންދިޔަ އެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް (ފޮޓޯ/ރައީސް އޮފީސް)

މީގެ އިތުރުން ސްކޫލު ދަރިވަރުންނާއި އެމްއެންޑީއެފް އަދި ހޭވައްލާ ގްރޫޕުން ވަނީ ހަރަކާތްތައް ހުށަހަޅައިދީފަ އެވެ. މިރޭގެ ކުޅިވަރުތައް ނިންމާލީ ހަވާ އެރުވުމުގެ ހަރަކާތުންނެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތައް ބަލައިލުމަށް އާންމުންގެ ގިނަ ބަޔަކު ވެސް ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް