މީގެ ކުރިން މާލެއަށް އުދަ އަރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުދައެރުން

އުދަ އަރާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ10 އިން ފެށިގެން2:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް އެލާޓު ނެރެފައި
1 ގަޑިއިރު ކުރިން

އުދަ އަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހުދު ސަމާލު މިރޭ ސަރުކާރުގެ ކަމާ ބެހޭ އިދާރާ އިން ނެރެފި އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ 10 އިން ފެށިގެން 2:30 އާ ހަމައަށް މި ސަރަހައްދުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ.

ތަފްސީލް - މިއަދު މެންދުރުަ ފަހާއި ހަވީރު މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވި އެވެ. މާލޭ ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގެ އިތުރުން ނަސަންދުރައާ ދިމާލުން ވެސް އުދަ އެރި އެވެ. ބައެއް ރެސްޓޯރެންޓުތަކަށް ވެސް އުދައިގެ އަސަރު ކުރި އެވެ.

މީގެ އިތުރުން އުދަ އެރި ވަގުތު ފަޅުން ނުކުންނަން އުޅުނު ލޯންޗެއް އުރި އޭގައި ތިބި ބަޔަކަށް އަނިޔާވި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް