މާލެ އަށް އުދައަރައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން ފެންހިންދުމުގެ މަސައްކަތުގައި (ފޮޓޯ/އެމްއެންޑީއެފް)

އުދައެރުން

މާލެއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

އެމްއެންޑީއެފް އިން ބުނީ މާލޭގެ މަގުތަކަށް އުދަ އަރައި ފެން ބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު އިން ކުރަމުން އަންނަ ކަމަށް

މާލެއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން ފެން ހިންދަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހަވީރުން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރު ދަނީ ކުރަމުންެނެވެ.

ތަފްސީލް - ކާނިވާ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނުމަގު އަލަށް ހެދި ސަރަހައްދާ ދިމާލުން ވެސް ވަނީ އުދަ އަރައިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ މަގުތަކަށް އުދަ އަރައި ފެން ބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު އިން ކުރަމުން އަންނަ ކަމަށެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ. އެ އިދާރާ އިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ5-2 ފޫޓާ ދެމެދަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް